އުރީދޫ މަސްރޭހުގެ ފައިނަލުގެ 2 ޖާގަ، ޓީމް މިލައިދޫ އާއި ޓީމް ތާޖް އެގްޒޯޓިކާ ކަށަވަރު ކޮށްފި

ރާާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މަސްރޭސް ކަމުގައިވާ އޫރިދޫ މަސްރޭހުގެ ދެވަނަ ސެމީފައިނަލް ބުރު ނިމި، ޓީމް މިލައިދޫ އަދި ޓީމް ތާޖް އެގްޒޯޓިކާ ވަނީ ފައިނަލް ގެ 6 ޖާގަ ތެރެއިން ދެ ޖާގަ ކަށަވަރު ކޮއްފައެވެ.

ބްރިޖް ވިއުއިންގ ޕްލެޓްފޯމްގައި ވަރަށް ފޯރިއާއެކު ރޭ ކުރިއަށްދިޔަ މި އިވެންޓުގައި ޓީމް މިލައިދޫ، ޓީމް ތާޖް އެގްޒޯޓިކާ، ޓީމް ނަލަހިޔާ އަދި ޓީމް އެމްޕީއެލް ވަނީ ވާދަ ކޮށްފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އުރީދޫ މަސްރޭހުގެ ފައިނަލްގައި ޓީމް މިލައިދޫ އަދި ޓީމް ތާޖް އެގްޒޯޓިކާ ވާދަކުރާނީ، ފުރަތަމަ ސެމީފައިނަލް ކާމިޔާބުކުރި ޓީމް މަލަހިނި އަދި ޓީމް ސްޓެލްކޯ އާއި ކުރިއަށްއޮތް ތިންވަނަ ސެމީފައިނަލް އިން އެންމެ ކުރި ހޯދާ ދެ ޓީމާއެވެ.

މިމުބާރާތުގެ ސެމީފައިނަލްގެ ތިންވަނަ އިވެންޓު ބޭއްވުމަށް ތާވަލުކޮށްފައިވަނީ ޖޫން 6 ވާ ބުދަ ދުވަހަށެވެ.

މިއިވެންޓުވެސް ވަރަށް ފޯރި އާއެކު ބްރިޖް ވިއުއިންގ ޕްލެޓްފޯމްގައި ބޭވުމައް ވަނީ ހަމަޖެހިފައެވެ. މިއިވެންޓުގައި ފައިނަލްގެ ފަސްވަަނަ ޓީމް އަދި ހަވަނަ ޓީމް ކަށަވަރު ވެގެން ދާނެއެވެ.
‎

ސެމީފައިނަލް ފަހު އިވެންޓުގައި ވާދަކުރުމައް ހަމަޖެހިފައިވަނީ ޓީމް ކޯސްޓްލައިން, ޓީމް އެޗްޑީސީ، ޓީމް އަމާރީ އަދި ޓީމް އެންސިސް، އަދި ޓީމް ކޮންރެޑް އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.