ޖެންޑަރ މިނިސްޓްރީން ކުރިއަށް ގެންދިޔަ އެޑްވާންސް ސައިން ލެންގުއޭޖް ޓްރޭނިންގގެ ދެވަނަ ޕްރޮގްރާމް ނިންމައިލައިފި

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ކުރިއަށް ގެންދާ އެޑްވާންސް ސައިން ލެންގުއޭޖް ޓްރޭނިންގގެ ދެވަނަ ޕްރޮގްރާމް ނިންމައިލައިފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެކިއެކި ޚިދުމަތްތައް ހޯދުމުގައި ކުރިމަތިވާ ހުރަސްތައް ނައްތައިލުމަށް އެހީތެރިވެދިނުމުގެ މަޤުޞަދުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމު ބާއްވާފައިވަނީ 11 ބައިވެރިންނާއެކު 1 މަސް ދުވަހުގެ މުއްދަތަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެޕްރީލް މަހުގެ 3އިން 30ގެ ނިޔަލަށް ކުރިއަށް ދިޔަ މި ޓްރޭނިންގ ނިންމުމުގެ ގޮތުން މިއަދުވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ އެންޑް ފެމިލީ ޑރ. މަރިޔަމް ޖަބީން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ މުޢާމަލާތު ކުރުމަށް މަގުފަހިވެގެން ދިޔުމަކީ އެ ފަރާތްތައް މުޖުތަމަޢުގެ އެކިއެކި ކަންކަމުގައި މިހާރަށްވުރެ ބޮޑަށް ޝާމިލުކުރުމަށް ހޯދޭނެ މަގެއްކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދެއްވާ ފަރާތްތަކާއެކު ކުރެވެނު މަޝްވަރާތަކުން އެނގުނު ގޮތުގައި މި ބަހަށް އަހުލުވެރިވެފައިވުމުގެ ސަބަބުން މަސައްކަތުގެ ހުނަރު ތަރައްޤީކުރުމާއި އިޖުތިމާޢީ ގުޅުންތައް ވަރުގަދަ ކުރުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާކަމަށެވެ.

IMG 3033

މި ޓްރޭނިންގ ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި އީވް ކްލިނިކް، މޯލްޑިވްސް ބްލަޑް ސަރވިސަސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވިކްޓިމް ސަޕޯޓް ޔުނިޓް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަދި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ހިމެނެއެވެ.

މި ދާއިރާއިން މިހާތަނަށް 270 އަށްވުރެ ގިނަ މީހުން މިނިސްޓްރީން ތަމްރީނުކޮށްފައިވާއިރު، އެޑްވާންސް ސައިން ލެންގުއޭޖް ޓްރޭނިންގ ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 34 މީހުން ބައިވެރިވެފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.