އެސްޓީއޯ ”ވަރލްޑް ކަޕް ފެސްޓް“ ޕްރޮމޯޝަން ފަށައިފި

އެސްޓީއޯ އިލެކްޓްރޯނިކްސް އަދި ރީޖަނަލް ފިހާރަތަކުގައި ވަރލްޑް ކަޕް 2018 އަށް ޚާއްޝަކޮއްގެން ބާއްވާ ސޭލް ”ވަރލްޑް ކަޕް ފެސްޓް“ ޕްރޮމޯޝަން ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ 03 ޖޫން 2018 އިން 30 ޖޫން 2018 ގެ ނިއަލަށް އެސްޓީއޯ އިލެކްޓްރޯނިކްސް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

STO1 2

މިޕްރޮމޯޝަންގައި އެސްޓީއޯ އިލެކްޓްރޯނިކްސް އަދި ރީޖަނަލް ފިހާރަތަކުން ކުރައްވާ ކޮންމެ -/500 ރުފިޔާއިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ. އަދި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ދިމާވާ ފަރާތްތަކަށް ވަރަށް އަގުހުރި އިނާމުތަކެއް ލިބިވަޑައިގަންނަވާނެއެވެ.

މިގޮތުން އިނާމުތަކުގެ ތެރޭގައި އެއްވަނައަށް ހޮވޭފަރާތަކަށް 50،000 ރުފިޔާ ގެ އަގުހުރި އިނާމު ލިބިވަޑައިގަންނަވާ އިރު، ޑެލްގެ އޮޕްޓިޕްލެކްސް ކޮމްޕިއުޓަރ ސިސްޓަމްއަކާއި ޑެލް ކާރވްޑް މޮނީޓަރ އަދި ޖޭ.ބީ.އެލް ސައުންޑް ބާ އެއް ލިބިވަޑައި ގަންނަވާނެއެވެ. އަދި ދެވަނައަށް ހޮވޭފަރާތަކަށް ޖުމްލަ 30،000 ރުފިޔާ ގެ އަގުހުރި އިނާމުތަކުގެ ތެރޭގައި ހިޓާޗީ 65 އިންޗި ޓީވީ، ޖޭ.ބީ.އެލް ސައުންޑް ބާ އަދި އެސް.ޖޭ ކެމްގެ އެކްޝަން 4k ކެމެރާ ހިމެނެއެވެ.

STO4 1

މީގެ އިތުރުން ތިންވަނައަށް ހޮވޭފަރާތަކަށް ޖުމްލަ 20،000 ރުފިޔާގެ އަގުހުރި އިނާމު ލިބޭނެއެވެ. އޭގެތެރޭގައި ހުވާވޭ މޭޓް 10 ޕްރޯ ފޯނަކާއި އެޑިފަޔަރ ސްޕީކަރެއް ލިބިވަޑައިގަންނަވާނެއެވެ. އަދި ބައްލަވައިގަންނަވާ ކޮންމެ ޕްރޮޖެކްޓަރއަކާއި އެކު 24 އިންޗީގެ ފިލިޕްސް ޓީވީއެއް ލިބިވަޑައިގަންނަވާނެއެވެ.

STO4 2

އެސްޓީއޯ އިން ބުނީ މިޕްރޮމޯޝަނަށް ޚާއްޞަކޮށްގެން އެސް.ޓީ.އޯ އިލެކްޓްރޯނިކްސް އާއި ރީޖަނަލްސް ފިހާރަތަކުގައި ވިއްކާ މުދާ ވަރަށް ހެޔޮއަގެއްގައި ލިބެންހުނާނެ ކަމަށާއި މިގޮތުން ވަރލްޑް ކަޕްއަށް ޚާއްޞަކޮށް ޓީވީ އަދި ޕްރޮޖެކްޓަރސް ވަރަށް ހެޔޮއަގެއްގައި ލިބެން ހުންނާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.