އުރީދޫގެ ”ޓެސްޓް އަ ކޮފީ“ ތަފާތު ބަދަލުތަކާއެކު ކަސްޓަމަރުންނަށް.

އުރީދޫގެ މަގްބޫލު ”ޓެކްސްޓް އަ ކޮފީ“ ގެ ޚިދުމަތް ވަރަށް ތަފާތު ބަދަލުތަކާއި އެކު ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީފިއެވެ.

މިގޮތުން، މިހާރު އުރީދޫ ކަސްޓަމަރުންނަށް، މައި އުރީދޫ އެޕް ނުވަތަ ޓެކްސް އަ ކޮފީގެ އައު ވެބް ޕޯޓަލް މެދުވެރިކޮށް، ރާއްޖޭގެ މައްޝޫރު ބްރޭންޑްތަކުގެ އެންމެ މީރު އުފެއްދުންތައް ހަދިޔާކޮށްލެވޭނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

”އެހެން ގައުމުތަކާއި ޚިލާފަށް، ”ކޮފީއަކަށް ދިއުން“ ރާއްޖޭގައި މާނަކުރެވެނީ ވަރަށް ތަފާތު ގޮތަކަށް. އެއީ ކޮންމެވެސް އެއްޗެއް ކެއުމަށް ނުވަތަ ބުއިމުގެ ބަހަނާގައި، އާއިލާ ނުވަތަ ރައްޓެއްސަކާއި ދިމާވެލުން. މިގޮތުން، އުރީދޫގެ ޓެކްސްޓް އަ ކޮފީ ވެސް މި ފޯރުކޮށްދެނީ ގާތްތިމާގެ މީހުންނާއި ގުޅުން ބަދަހިކޮށްލަން، ވަރަށްވެސް ތަފާތު ފުރުސަތެއް. މި އުފެއްދުންތެރި އަދި ބޭނުންކުރަން މަޖާ ޚިދުމަތް މެދުވެރިކޮށް، ކޮފީ އެއް، ކާއެއްޗެއް ނުވަތަ އައިސްކްރީމް އެއްވެސް ހަދިޔާކޮށްލެވޭނެ. ޓެކްސްޓް އަ ކޮފީ އަށް ކުރިންވެސް ވަނީ އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބިފައި. އަޅުގަނޑުމެން އުންމީދު ކުރަނީ އަލަށް މި ތައާރަފްކުރި އަޕްޓޭޑްތަކާއި އެކު، ކަސްޓަމަރުންނަށް މި ޚިދުމަތް އިތުރަށް ފުރިހަމަވެގެން ދާނެ ކަމަށް.“ އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒު ވިދާޅުވިއެވެ.

މައި އުރީދޫ އެޕް އަދި ޓެކްސްޓް އަ ކޮފީ ގެ ޕޯޓަލް (ore.do/txtcofy) މެދުވެރިކޮށް، މިހާރު އުރީދޫ ކަސްޓަމަރުންނަށް ގިނަގުނަ ހަދިޔާތައް ފޮނުވޭނެއެވެ. އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ހުޅުވާލެވިފައިވާ މި ޚިދުމަތަށް، މޮބައިލް އެކައުންޓް މެދުވެރިކޮށް ކުރިއާއި އެއްގޮތަށް ވަރަށް ފަސޭހަކަމާއި އެކު ފައިސާ ދެއްކޭނެއެވެ.

އަލަށް ތައާރަފްކޮށްފައިވާ ޓެކްސްޓް އަ ކޮފީ މެނިއުގައި، ކެފޭ ލަޔާ، ދަ ސޭންޑްވިޗް ބާ އަދީ މޫވްއެންޑް ޕިކް ހިމެނިފައިވޭ:

 

އައުޓްލެޓްނަން
ކެފޭ ލަޔާއެމެރިކާނޯ
ކަޕަޗީނޯ
އޯރިއޯ ޝޭކް
ޗިލް ގޮލާ
ސޭންޑްވިޗް ބާޕެޕަރ ބީފް
ބައިވަރު ބީފް
ޑަބަލް ޗިކަން
ޓޫނާ
މޫވެންޕިކްސިންގަލް ސްކޫޕް
ޑަބަލް ސްކޫޕް
ސިންގަލް އެސްޕްރެސޯ
ޑަބަލް އެސްޕްރެސޯ

 

ޓެކްސް އަ ކޮފީ މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ ނެޓްވަރކެއް ބޭނުންކުރައްވާ ބޭފުޅަކަށްވެސް ހަދިޔާ ކޮށްލެވޭނެއެވެ. ހަދިޔާކޮށްލުމާއި އެކު، ހަދިޔާ ލިބިގެންދާ ފަރާތަށް އެސްއެމްއެސް މެދުވެރިކޮށް، ހަދިޔާގެ މައުލޫމާތާއި ޓްރާންސެކްޝަން ކޯޑެއް ހިމެނޭ ކޮންފަމޭޝަން މެސެޖެއް ލިބިގެންދާނެއެވެ. މިގޮތުން، ހަދިޔާ ލިބިގަތުމަށް، ކެފޭ ނުވަތަ ރެސްޓޯރަންޓަށް ވަޑައިގަންނަވައި ޓްރާންސެކްޝަން ކޯޑް ހިއްސާކޮށްލައްވާށެވެ.

ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅުއްވާ ބޭފުޅުންނަށް، ތަފާތު ހަދިޔާ ފޮނުވޭނެ ގޮތަށް، ކުރިއަށް އޮތްތަނުގައި އުރީދޫގެ ޓެކްސްޓް އަ ކޮފީ މެނިއު އިތުރަށް ފުރިހަމަ ކުރަމުންދާނެއެވެ.

ޓެކްސްޓް އަ ކޮފީ އާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް، އުރީދޫގެ ވެބްސައިޓް www.ooredoo.mv އަށް ޒިޔާރަތް ކުރަށްވާށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.