ތިމަރަފުށި ޒުވާނުންގެ މަރުކަޒުން ރޯދަމަހަށް ޚާއްޞަކޮށް 3 މުބާރާތެއް ފަށައިފި

ތިމަރަފުށީ ޒުވާނުންގެ މަރުކަޒުން އިސްނަގައިގެން ތ. ތިމަރަފުށީ ކައުންސިލްއާއި ގުޅިގެން  ޤުރުއާން، މަދަހަ އަދި ދީނީ ކުއިޒު މުބާރާތް 1439 ފަށައިފިއެވެ.

މިއީ ބަރަކާތްތެރި ރަމަޟާން މަހުގެ މުނާސަބަތުގައި މީގެ 3 އަހަރުކުރިން އެރަށުގެ ޒުވާނުން އިސްނަގައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިއަހަރުގެ މުބާރާތް 9 އުމުރުފުރާއަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އިރު، މިމުބާރާތުގައި 392 ބައިވެރިން ބައިވެރިވެފައިވެއެވެ. އެގޮތުން ޤުރުއާން ބަލައިގެން ކިޔުމުގެ ގޮފީގައި 90 ބައިވެރިން، ޤުރުއާން ނުބަލައި ކިޔުމުގެ ގޮފީގައި 80 ބައިވެރިން ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން މަދަހަ މުބާރާތުގައި 114 ބައިވެރިން ބައިވެރިވެފައިވާ އިރު، ދީނީ ކުއިޒު މުބާރާތުގައިވަނީ 108 ބައިވެރިން ބައިވެރިވެފައެވެ.

ތިމަރަފުށީ ޒުވާނުންގެ މަރުކަޒުން މަޢުލޫމާތު ދެއްވާގޮތުގައި މިމުބާރާތްތައް ކުރިއަށް ގެންދިޔުމުގައި ތިމަރަފުށީ މުއައްސަސާތަކާއި ކުންފުނިތަކާއި ރަށުގެ ވިޔަފާރިވެރިންނާއި މާލޭގައި ދިރި އުޅުއްވާ ރަށުގެ ވިޔަފާރިވެރިންނާއި ރަށުގެ ދެޖިންސުގެ ޒުވާނުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ވަނީ ލިބިފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.