
ބާރަށު ސްކޫލްގައި 3 ބުރީގެ ޢިމާރާތެއް އަޅަން ވޯޓަރޕާކް މޯލްޑިވްސް އާޙަވާލުކޮށްފި
ހއ. ބާރަށު ސްކޫލްގައި 3 ބުރީގެ ޢިމާރާތެއް އަޅަން ވޯޓަރޕާކް މޯލްޑިވްސް އާޙަވާލުކޮށްފިއެވެ.
އެގޮތުން އެރަށު ސްކޫލްގައި އަލަށް ކުރެވޭ ޢިމާރާތުގައި ދަރިވަރުންނަށް ކިޔަވައިދިނުމަށް 10 ކްލާސްރޫމާއި ޓީޗަރުން ބޭނުންކުރުމަށް ސްޓާފްރޫމަކާއި ދަރިވަރުންނާއި ޓީޗަރުން ބޭނުންކުރުމަށް ލައިބްރަރީއެއް ޢިމާރާތް ކުރާނެއެވެ. އަދި ދަރިވަރުން ބޭނުންކުރުމަށް 7 ފާޚާނާއާއި މުވައްޒަފުންނަށް 2 ފާޚާނާ އާއި ސައިންސް ލެބޯރެޓަރީއަކާއި ހޯލެއްވެސް ޢިމާރާތް ކުރާނެއެވެ.
މި މަސައްކަތަށް 14.4 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވާ އިރު، މި މަސައްކަތަކީވެސް އަތޮޅުތެރޭގެ ތަރައްޤީއަށް ސަރުކާރުން ހިންގަވާ ގިނަގުނަ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ. މި މަޝްރޫޢުގައި ބާރަށު ސްކޫލްގައި އަޅަނީ ތިންބުރީގެ ޢިމާރާތެކެވެ.



