
އަލްއައިން ބްރޭންޑުގެ ޓޮމާޓޯ ޕޭސްޓް އެސްޓީއޯ ސުޕަމާޓް އިން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފި
ޔޫ.އޭ.އީ ގެ 1 ވަނަ ޓޮމާޓޯ ޕޭސްޓް ބްރޭންޑް ކަމަށްވާ ”އަލް އައިން ޓޮމާޓޯ ޕޭސްޓް“ އެސްޓީއޯ ސުޕަމާޓް އިން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަން ފަށައިފިއެވެ.
ޔޫ.އޭ.އީ ގެ އަގްތިޔާ ކުންފުނިން އުފައްދާ މި ޓޮމާޓޯ ޕޭސްޓް އަކީ މިސްރުގައި ބަންދުކޮށްގެން އެކްސްޕޯޓްކުރާ ބްރޭންޑެކެވެ. އަގްތިޔާ އަކީ މެދުއިރުމަތީގައި ޓޮމާޓޯ ޕޭސްޓް އުފައްދާ އެންމެ ބޮޑު 3 ކުންފުނީގެ ތެރެއިން 1 ކުންފުނި އަދި މިސްރުގެ ޓޮމާޓޯ ޕޭސްޓް އުފައްދާ އެންމެ ބޮޑު ކުންފުންޏެވެ. އަލް އައިން އުފައްދާފައިވަނީ އެއްވެސްވަރަކަށް ޕްރިޒަވޭޓިވްސް ނުހިމަނާ މިސްރުގެ ދަނޑުތަކުގައި ހައްދާ ތާޒާ ޓޮމާޓޯ ބޭނުންކޮށްގެން ސްޓޭޓް އޮފް ދަ އާރޓް ޕްރޮސެސް ލައިނަކުންނެވެ.
އެސްޓީއޯ އިން މައުލޫމާތު ދޭގޮތުގައި މި ޓޮމާޓޯ ޕޭސްޓްގެ 3 ސައިޒެއް ވަނީ ބާޒާރަށް ނެރެ ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކަން ފަށާފައެވެ. މީގެތެރޭގައި 50 ގްރާމްގެ ޕެކެޓާއި، 40 ގްރާމްގެ، އަދި 800 ގްރާމްގެ ދަޅު ހިމެނޭ. އަދި އަލް އައިންގެ ދަޅުތަކަކީ ދަޅުކެންޑި ބޭނުންކުރަން ނުޖެހޭގޮތަށް އީޒީ އޯޕެން ލިޑް ހުންނަ ދަޅުތަކެއް ކަމަށްވެސް އެސްޓީއޯ އިން މައުލޫމާތުދެއެވެ.
އަލް އައިން ޓޮމާޓޯ ޕޭސްޓް ރީޓެއިލް އަދި ހޯލްސޭލްކޮށް ވިއްކާ އަގުތަކަކީ؛
| ތަފްސީލް | ރީޓެއިލް އަގު | ހޯލްސޭލް އަގު |
| 800 ގްރާމްް ދަޅު | 24ރ | 240ރ އަށް ކޭހެއް (ކޭހެއްގައި 12 ދަޅު) |
| 400 ގްރާމްގެ ދަޅު | 14ރ | 140ރ އަށް ކޭހެއް (ކޭހެއްގައި 12 ދަޅު) |
| 50 ގްރާމްގެ ޕެކެޕްޓް | 2.00ރ | 37.50ރ ފޮއްޓެއް) ފޮއްޓެއްގައި 24 ޕެކެޓް) އަދި 150ރ އަށް ކޭހެއް (ކޭހެއްގައި 4 ފޮށި) |
މީގެއިތުރުން 10 ކޭހަށްވުރެން މަތިން ނަންގަވާ ފަރާތްތަކަށް ކޭހަކުން 10ރ އަގުހެޔޮވެގެން ދާނެކަމަށް ވެސް އެސްޓީއޯ އިން މައުލޫމާތުދެއެވެ.
އަލް އައިންގެ ޓޮމާޓޯ ޕޭސްޓް އެސްޓީއޯ ސުޕަމާޓުންނާއި ސުޕަމާޓް ހޯލްސޭލް ސެންޓަރުގެ އިތުރުން އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުންވެސް ހޯލްސޭލް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.



