ހިލާލަު ޖަމްޢިއްޔާއިން އިންތިޒާމު ކޮށްގެން 18 މެއި 2018 ވާ ހުކުރު ދުވަހު ވަރަށް ޚާއްޞަ ދަރުހެއް ބޭވުމަށް ހަމަޖެހިއްޖެއެވެ.
މިދަރުސް ބާއްވަނީ ހުޅުމީދޫ ޕޮލިސް ސްޓޭޝަން އާއި އެ ރަށު ޒުވާނުން ގުޅިގެނެވެ.
ހިލާލު ޖަމިއްޔާގެ ރައީސް މަޢުލޫމާތުދިންގޮތުގައި މި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިޚް އަޙްމަދު ސަމީރެވެ.
ދަރުސްގެ މައުޟޫޢުއަކީ “ ޙަޔާތުގެ މަޤްޞަދ“ އެވެ. ހުޅުމީދޫ ޕޮލިސް ދަނޑުގައި ބެއްވުމަށް ހަމަޖހިފައިވާ މިދަރުސް ފެށުމަށް ހަމަޖެހިފައިވަނީ 21:15 ގައެވެ.
ހިލާލު ޖަމްޢިއްޔާ ޢަކީ ދާދިފަހުން ހުޅުމީދޫ ގައި އުފެދިފައިވާ ޖަމްޢިއްޔާއެކެވެ.