ޚަބަރު ފީތާ

މައުމޫންގެ ޝަރީޢަތް މިއަދުވެސް ކެންސަލް

ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ކޮށްފައިވާ ޓެރަރިޒަމްގެ ޢަމަލެއް ހިންގަން އުޅުމުގެ ކުށުގެ ދަޢުވާގެ ޝަރީޢަތުގެ މިއަދުގެ އަޑުއެހުންވެސް ކްރިމިނަލް ކޯޓުން ކެންސަލްކޮށްފިއެވެ.

އެމަނިކުފާނުގެ ޝަރީއަތް އިއްޔެއާއި މިއަދުވެސް ކެންސަލް ކުރަން ޖެހުނީ ސިއްހީ ހާލަތު ތަން ނުދޭތީ ކޯޓަށް ހާޒިރު ނުކުރެވިގެންނެވެ.

މިއީ ރައީސް މައުމޫންގެ ޝަރީއަތް ކެންސަލް ކުރި ތިން ވަނަ ފަހަރެވެ.

ރައީސް މައުމޫނުގެ ސިއްހީ ހާލަތު ގޯސްވެ ކޮންމެ ވަގުތަކުވެސް ވެއްޓިވަޑައިގެންފާނެ ކަމުގެ ބިރު އޮތް ކަމަށް ޑޮކްޓަރާ ހަވާލާދީ ވަކީލުންނާއި ޢާއިލާއިން ދަނީ ބުނަމުންނެވެ. އަދި ރައީސް މައުމޫނު ގޭ ބަންދަށް ބަދަލުކޮށް ދިނުމަށްވެސް ވަނީ ތަކުރާރުކޮށް އެދިފައެވެ.

ފެބްރުއަރީ މަހުގެ 5ވަނަ ދުވަހުގެ ރޭ، ހައްޔަރުކޮށްފައިވާ ރައީސް މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ކުށުގެ ދައުވާއާއި ޢަދުލު އިންސާފު ޤާއިމް ކުރުމަށް ހުރަސް އެޅުމުގެ ދަޢުވާވެސް ވަނީ ކޮށްފައެވެ.

Rate this post