ލާއޯސްއާ ދެކޮޅަށް ކުޅޭ މެޗުގައި ދަގަނޑޭ ބައިވެރިނުވާނެ..

އަންނަ އަންގާރަ ދުވަހު އޭޝިއަން ކަޕް ކޮލިފިކޭޝަން ޕްލޭ އޯފްގެ ދެ ވަނަ ލެގުގައި ލާއޯސްއާ ދެކޮޅަށް ކުޅޭ މެޗުގައި ބައިވެރިނުވާނެ ކަމަށް އަލީ އަޝްފާގު (ދަގަނޑޭ) ބުނެފިއެވެ.

ފޭސްބުކް މެދުވެރިކޮށް އޭނާގެ ސަޕޯޓަރުންނަށް ފޮނުވާފައިވާ މެސެޖެއްގައި ބުނެފައިވާ ގޮތުގައި އެ މެޗުގައި އޭނާ ބައިވެރިނުވަނީ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ލާއޯސް އަށް ދިއުމަށް ދިވެހި ޤައުމީ ޓީމު މިރޭ ފުރާފައިވާ އިރު، އޭނާ އާގުޅުވައިގެން ބައެއް މީޑިއާއިން ދޮގު ޚަބަރުތަކެއް ފަތުރަމުންދާތީ އެކަމާ ހިތްހަމަނުޖެހުންވެސް ފާޅުކޮށްފައިވެއއެވެ. އެގޮތުން އޭނާބުނެފައިވަނީ އަނިޔާއާ ގުޅިގެން އެއްވެސް މީޑިއާއަކަށް އޭނާ އިންޓަވިއު ނުދޭ ކަމަށާއި ނޫސްވެރިން ޒިންމާދާރުވުމަށް އެދޭ ކަމަށެވެ.

އޭނާ ބުނެފައިވަނީ ޤައުމީ ޓީމަށް އޭނާ  ކުޅެމުން އައީ އިންޖެކްޝަން ޖަހައިގެން ކަމަށާއި އެހެންނަމަވެސް ލާއޯސް މެޗުގައި ބައިވެރިނުވީ އަނިޔާއިން ފުރިހަމައަށް ރަނގަޅުވާން އަރާމު ކުރަން ބޭނުންވާތީ ކަމަށެވެ.

ލާއޯސް މެޗަށް ނުކުންނަ އިރު، ފުރަތަމަ ލެގުގައި މި ދެޓީމު ބައްދަލުކުރި މެޗު ދަގަނޑޭގެ ދެ ލަނޑާއެކު ފރާއްޖެ މޮޅުވެފައިވަނީ 4-0 ލަނޑުންނެވެ.

ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު ލާއޯސްއަށް މިރޭ ފުރާފައިވަނީ 22 ކުޅުންތެރިންގެ ސްކޮޑަކާ އެކުއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.