ރަންވޭލާ ކެމްޕޭން ދ.އަތޮޅުގެ ހުރިހައި ރަށެއްގައި ކުރިއަށް ގެންގޮސްފި

ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ހިންގާ “ރަންވޭލާ” ކެމްޕޭންގެ ހަރަކާތްތައް ދ.އަތޮޅުގެ ހުރިހައި ރަށެއްގައި ކުރިއަށްގެންގޮސްފިއެވެ.

މި ކެމްޕޭންގެ ތެރެއިން ދޮށީ އުމުރުގެ މީހުންގެ ބައިވެރިވުން މުޖުތަމަޢުގައި އިތުރުކުރުމަށާއި، އެ ފަރާތްތަކަށް ބޭނުންވާ އަޅައިލުމާއި އެހީތެރިކަން ލިބޭނެ ގޮތްތައް މަގުފަހިކޮށްދިނުމަށާއި، އެ ފަރާތްތަކުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކެއް ދ.އަތޮޅުގެ ކުޑަހުވަދޫ، މީދޫ، ބަނޑިދޫ، ހުޅުދެލި، ރިނބުދޫ އަދި މާއެނބޫދޫގައި ހިންގިފައިވާއިރު، މި ސެޝަންތަކުގައި ދޮށީ އުމުރުގެ ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވެއެވެ.

އިޝްތިހާރު Below Header ad

ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްގެން ހެލްތު ސްކްރީނިންގ ޕްރޮގްރާމްތަކެއްވެސް ދ.އަތޮޅު ހޮސްޕިޓަލާއި ހެލްތު ސެންޓަރުތައް ގުޅިގެން ދ.އަތޮޅުގެ ހުރިހައި ރަށެއްގައި ހިންގައިފައިވެއެވެ. މީގެ އިތުރުން، ދޮށީ އުމުރުގެ މީހުންނާއި ޒުވާނުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށާއި، އެ ފަރާތްތަކަށް ޒުވާނުންގެ ފަރާތުން ލިބޭ އެހީތެރިކަން އިތުރުކުރުމަށްޓަކައި ދ.އަތޮޅުގައި ހިންގި ޚާއްޞަ ސެޝަންތަކުގައި 250 އަށްވުރެ ގިނަ ޒުވާނުން ވަނީ ބައިވެރިވެފައެވެ.

image1

މި ކެމްޕޭންގެ ހަރަކާތްތަކުގެ ތެރޭގައި، ދޮށީ އުމުރުގެ މީހުންނަށް ރަށު ފެންވަރުގައި ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމުގެ މަޤްޞަދުގައި ޞިއްޙީ އަދި އިޖްތިމާޢީ ޚިދުމަތްތެރިންނަށް އަމާޒުކޮށް ދ.ކުޑަހުވަދޫގައި 3 ދުވަހުގެ ވޯކްޝޮޕެއް ހިންގައިފައިވެއެވެ.

ދ.އަތޮޅުގެ ހުރިހައި ރަށަކުންނާއި، ތ.އަތޮޅުގެ 12 ރަށެއްގައި މަސައްކަތްކުރާ ހެލްތު ވަރކަރުންނާއި ސޯޝަލް ސަރވިސް ވަރކަރުން ބައިވެރިވި މި ވޯކްޝޮޕްގައި އަލިއަޅުވައިލާފައިވާ ބައިތަކުގެ ތެރޭގައި ދޮށީ އުމުރުގެ މީހުންނަށް ދިމާވާ ޞިއްޙީ އަދި ނަފްސާނީ މައްސަލަތަކާއި، އެ ފަރާތްތަކަށް މުޖުތަމަޢުގައި ދިމާވާ ދަތިތަކާއި، ދާނުގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ބޭނުންވާ އަޅައިލުމުގެ އިތުރުން ޕެންޝަނާ ގުޅޭ މުހިންމު މަޢުލޫމާތު ހިމެނެއެވެ.

image2

މި ޕްރޮގްރާމްގައި ޖުމުލަ 34 ޞިއްޙީ އަދި އިޖްތިމާޢީ ޚިދުމަތްތެރިން ބައިވެރިވެފައިވާއިރު، މި ފަރާތްތަކަށް ހަނދާނީލިޔުން ޙަވާލުކޮށްދެއްވީ ދ.ކުޑަހުވަދޫގައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީއެވެ.މި ރަސްމިއްޔާތުގައި ބައިވެރިންނާއި މުޚާޠިބުކުރައްވަމުން، “މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމުރުން ދުވަސްވީ ބޭފުޅުން ކަސްރަތާއި ޞިއްޙަތު ޕްރޮގްރާމްތަކުގައި ހަރަކާތްތެރިވެ އުޅޭތަން ފެނުމަކީ ވަރަށް ބޮޑު އުފަލެއް” ކަމުގައި މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

އަދި “އުމުރުން ދުވަސްވީ މީހުން، އާ ކަންތައްތައް ދަސްކޮށް، އެކި ކަންކަމުގައި މަސްއޫލުވެ، ގޭތެރޭގެ މާހައުލުގައްޔާއި މުޖުތަމަޢުގެ ތެރޭގައި އިސްދައުރެއް އަދާކުރުމަކީ މިއަދުގެ ޒުވާން ޖީލަށް ލިބޭ އާ ހިތްވަރަކާ ރީތި ނަމޫނާއެއްކަން ޔަޤީން” ކަމުގައި އެ ކަމަނާ ފާހަގަކުރެއްވިއެވެ. އަދި ހަމައެއާއެކު، މިދިޔަ އަހަރު މިނިސްޓްރީން އިފުތިތާހުކޮށްފައިވާ ދޮށީ އުމުރުގެ މީހުންގެ ޤައުމީ ސިޔާސަތަކީ، ރަންވޭލާ ކެމްޕޭންގެ ތަޖުރިބާތަކުގެ އަލީގައި، މި ކެމްޕޭން މެދުވެރިކޮށް ހިންގައިފައިވާ ސެޝަންތަކުން މިނިސްޓްރީއަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބިނާކޮށް އެކުލަވައިލާފައިވާ ސިޔާސަތެއްކަމަށާއި، މި ސިޔާސަތުގެ ސަބަބުން ކުރިއަށް އޮތްތަނުގައިވެސް ދޮށީ އުމުރުގެ ފަރާތްތަކަށް ފައިދާކުރަނިވި ތަފާތު ޕްރޮގްރާމްތައް ހިންގަން ގަސްދުކުރައްވާކަމުގައި އެ ކަމަނާ ވަނީ ވިދާޅުވެފައެވެ.

ރަންވޭލާ ކެމްޕޭނަކީ 2016ވަނަ އަހަރުގެ އޮގަސްޓު މަހު މިނިސްޓްރީން އިފުތިތާހުކުރި ކެމްޕޭނެކެވެ. ރާއްޖޭގެ ހުރިހައި އަތޮޅެއްގައި ހިންގުމަށް ރާވާފައިވާ މި ކެމްޕޭންގެ ހަރަކާތްތައް މިހާރު ވަނީ ބ.އަތޮޅާއި ޅ.އަތޮޅު އަދި މ.އަތޮޅުގެ ހުރިހައި ރަށެއްގައި ކުރިއަށް ގެންގޮސްފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.