1370 މީހުންގެ އާބާދީއެއް އޮންނަ ލ އިސްދޫގެ ގަބަރުސްތާނު ފުރުމުގެ ސަބަބުން، އެރަށުގައި އެއް މައްޔިތަކު ވަޅުލުމަށް 3 މައްޔިތެއްގެ ކަށިތައް ނަގަންޖެހޭކަމަށް އެރަށު ކައުންސިލުގެ ރަޢީސް އިބްރާހީމް ޚަލީލް ވިދާޅުވެއްޖެ.
ރޭޑީއޯ އެޓޯލް 96ގެ ”ދުވަހުގެ ދަތުރަށް“ މަޢުލޫމާތު ދެއްވަމުން ޚަލީލު ވިދާޅުވީ ސަރުކާރުން ހުއްދަ ދެއްވާފައިވާ ތަނުގައި ގަބުރުސްތާނު ހަދަމުންދަނިކޮށް ލ ކަލައިދޫ ކައުންސިލުން މިމަސައްކަތަށް ހުރަސް އެޅުމުގެ ސަބަބުން ގަބުރުސްތާނުގެ މަަސައްކަތް ހުއްޓިފައިވާކަމަށާއި އަދި މިހާތަނަށްވެސް އެމައްސަލައަށް އެއްވެސް ޙައްލެއް ލިބިފައިވާ ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިމައްސަލަ ވާނީ ސަރުކާރުގެ ހުރިހާ އިދާރާއަކަށް ހުށައަޅާފަ، މިމައްސަލަ ހުށައެޅި އިދާރާތަކުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީއާ ހައުސިން މިނިސްޓްރީ ވެސް ހިމެނޭ. ޚަލީލު ވިދާޅުވިއެވެ.
މީގެ އިތުރުން، އިސްދޫގެ ރައްޔިތުންނަކީ ދީނަށް ލޯބިކުރާ ރައްޔިތުންތަކެއް އުޅޭ ރަށަކަށްވާއިރު، އެރަށަށް ކުރިމަތިވެފައިވާ މިފަދަ ދީނީ މައްސަލައަކަށް މިހާތަނަށް ޙައްލު ލިބިފައިނުވާތީ އިސްދޫގެ ކައުންސިލުގެ ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.