ފުވައްމުލައްސިޓީގެ ދެކިޅި ތަރައްޤީކުރަން އަ މޭން މޯލްޑިވްސް ކުންފުންޏަށް…

ފުވައްމުލައް  ސިޓީގައި ހިމާޔަތްކުރެވިފައިވާ ދަޑިމަގިކިޅި އަދި ބަންޑާރަކިޅި ސަރަހައްދުގެ ބޭނުން ކޮށްގެން އިޤްތިޞާދީ ފައިދާ ހޯދުމުގެ ގޮތުން އެސަރަހައްދުގައި އިކޯޓޫރިޒަމް ތަރައްޤީކުރުމަށް ކުރަންޖެހޭ ޢުމްރާނީ މަސައްކަތްތައް ކުރުމަށްޓަކައި މިއަދު އަ މޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ވަނީ ހަވާލުކުރެވިފައެވެ.

މިގޮތުން އަ މޭން މޯލްޑިވްސް އާއި ހަވާލު ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި  ރެކްރިއޭޝަން ފެސިލިޓީއެއް ހަދައި ދަޑިމަގި ކިޅި ސަރަހައްދު ބަލަހައްޓާނެ ރޭންޖަރސް ތިބޭނެ ހަޓުތައް ހެދުމާއި،ދެ ބަރޑް އޮބްޒަރވޭޓްރީ ހެދުމާއި، ބޯޑްވޯކް ހަދައި ޕިކްނިކް ސަރަހައްދެއް ޤާއިމްކުރުން ހިމެނެއެވެ. މިމަސައްކަތަކީ 2018 ވަނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށް ނިމަންޖެހޭގޮތަށް 8.88 މިލިއަން ރުފިޔާއަށް ހަވާލުކުރެވޭ މަސައްކަތެކެވެ.

އިޝްތިހާރު Below Header ad

ފުވައްމުލަކުގެ ހިމާޔަތްކުރެވިފައިވާ ކިޅި އަދި ޗަސްބިމުގެ ސަރަހައްދުން އިޤްތިޞާދީ ފައިދާ ހޯދުމުގެ މަސައްކަތް ތަރައްޤީކޮށް ކުރިއެރުވުމާއި، އެސަރަހައްދު ދެމެހެއްޓެނިވި ގޮތުގައި ބެލެހެއްޓުމުގެ މަސައްކަތަކީ ޔޫރަޕިއަން ޔޫނިއަންގެ ހިލޭއެހީގައި އުފައްދާފައިވާ، ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑު (ސީ.ސީ.ޓީ.އެފް)ން  އެކުލަވާލެވިފައިވާ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓްގެ ދަށުން ކުރެވޭ މަސައްކަތެކެވެ. އަދި އަދި މިޕްރޮޖެކްޓުގެ ފުރަތަމަ މަރުހަލާގައިވަނީ  ދަޑިމަގިކިޅި އަދި ބަންޑާރަކިޅި އަށް ހާއްސަކޮށްގެން ބެލެހެއްޓޭނެ ނިޒާމެއް އެކުލަވާލުމުގެ ކޮންޒަރވޭޝަން ޕްލޭނަކާއި އެ ސަރަހައްދުން އިޤްތިސާދީ ފައިދާ ހޯދޭނެ ޢުމްރާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް ބޭނުންވާ ޑިޒައިން ތައްޔާރުކޮށް، ކުރީގެ ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިތުރުން ފުވައްމުލަކުގެ ރައްޔިތުންނާއިވެސް ހިއްސާކުރެވިފައެވެ.

މިމަޝްރޫޢުގެ ސަބަބުން ކިޅި އަދި ޗަސްބިމުގެ ސަރަހައްދު ހިންގާ ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރެވި، މިސަރަހައްދަށް ޒިޔާރަތްކުރާ މީހުން އިތުރުވެގެންދާނެއެވެ. އަދި ހިމާޔަތްކުރެވިފައިވާ މިފަދަ ސަރަހައްދަކުން އިޤްތިޞާދީ މަންފާ އެއް ލިބޭގޮތަށް މި ސަރަހައްދު ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރެވިގެން ދިއުމަކީ، ހިމާޔަތްކުރުމުގެ އެއްބޭނުން ހާސިލް ކުރެވިގެން ދާނެކަމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.