ޑޮކްޓަރުން ބުނެނުދީ ހުރިވާހަކަތައް ( 1 )

ބެލްސް ޕަލްސީ (މޫނުމަތި ވާގިނެތުން)

ބެލްސް ޕަލްސީ އަކީ މޫނުމަތީގެ ނާރަކަށް (7ވަނަ ކްރެނިއަލް ނާރަށް ) ދިމާވާ މައްސަލައެއްގެ ސަބަބުން އަނގައާއި މުޅި މޫނު އޮރިދަމައިގަންނަ ހާލަތު މެދުވެރިކުރުވާ ބައްޔެކެވެ. މި ބަލި ހިމެނެނީ “ފޭސިއަލް ޕެރެލައިޒަސް” މޫނުމަތި ވާގިނތުމުގެ ބަލިތަކުގެ ތެރޭގައެވެ. މިގޮތަށް މިކަން ދިމާވާނީ މިވެނި ސަބަބަކާއި ހެދިކަމަށް ބުނަމަކީ އެހާ ފަސޭހަކަމެއްނޫނެވެ. ފުރަތަމަ މި ބަލި ހޯދާފައިވަނީ ސްކޮޓްލޭންޑް ގެ އެނަޓޮމިސްޓެއްކަމަށްވާ ޗާލްސް ބެލްސް މީގެ 200 އެތައް އަހަރެއް ކުރިންނެވެ. މިބައްޔަކީ އެންމެ ނާރަކަށް ދިމާވާ މައްސަލަ (މޮނޯނިއުރޯޕަތީ) އާއި ގުޅިގެން މިގޮތަށް ދިމާވާ އެންމެ އާއްމު އެއްބައްޔެވެ.

އިޝްތިހާރު Below Header ad

ބައެއްފަހަރަށް މިބަލި ޖެހިފައި ހުންނަނީ ނިދާހޭލާއިރު އެވެ. މިގޮތަށް މިބަލި ޖެހޭ އިރު މިބަލީގެ އަލާމާތެއް ނުފެންނާއެވެ. ބަލީގެ އަލާމާތެއްގެ ގޮތުގައި ބައެއްމީހުންނަށް ދިމާވަނީ ކަނދުރާގައި ރިއްސުމާއި ކަންފަތް ބުޑާއި އެކު ރިއްސުމެވެ. މިފަދަ ރިހުމެއް ރޯގާގެ ސަބަބުންވެސް އުފެދޭކަމުން މިގޮތަށް މެދުވެރިވާކޮނމެ ފަހަރަކު މިހެން މިވަނީ ބެލްސްޕަލްސީ ގެ ސަބަބުން ކަމަށް ދެނެގަތުމަކީ ފަސޭހަކަމެއްނޫނެވެ.

ބެލްސްޕަލްސީ ޖެހުމުން ރަނގަޅަށް ކޯފުއްޕުމަކީ ކުރެވޭ ކަމަކަށް ނުވާނެއެވެ. އަދި މޫނުގެ ޕެރެލައިޒް ވެފައިވާ ފަރާތުގެ ލޯމެރުމަށް އުނދަގޫވާނެއެވެ. މިހެން ދިމާވުމުން ލޯހިކި ލޮލުގައި ރިއްސާގޮތް މެދުވެރިވާނެއެވެ. އަދި ގިނަވަގުތުތަކެއްގައި ލޯ ނުމެރި ހުރުމުގެ ސަބަބުން ލޮލުގެ ފެނުމަށް ގެއްލުން ލިބިދާނެ އެވެ. މި ސަބަބަށްޓަކައި ނިދާއިރު ތުވާޔެއްފަދަ އެއްޗަކުން ލޯމެރުވުމަށް ޑޮކްޓަރުން ލަފާދެއެވެ.   މިބަލީގެ އަލާމަތް ފެންނުމާއި އެކު އަވަހަށް ފަރުވާދިނުމަކީ ވަރަށްމުހިއްމު ކަމެކެވެ.  ކަމާއި ގުޅޭ ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެއެވެ. މިބަލީގެ މައްސަލަ ދިމާވާ ބައެއްމީހުން (%45 މީހުން) މިކަމުގެ ފަރުވާ އެކަށީގެންވާ ގޮތެއްގައެއް ނުހޯދައެވެ. އެހެންކަމުން މިކަމުން އެމީހުން ސަލާމަތް ވުމަށް ނަގާމުއްދަތު ދިގުވެއެވެ. ބަލީގެ ކުރީކޮޅު އެކަށީގެންވާ ގޮތެއްގައި ފަރުވާ ނުދެވިއްޖެ ނަމަ މިބަލީގެ އަސަރު މުޅި އުމުރަށްވެސް ހުރެއެވެ.

މިބަލީގެ ހާލަތު އެކިމީހުންނަށް އެކިގޮތަށް ދިމާވުމާއި އެކު މިބަލިން ރަނގަޅުވުމަށް ނަގާ މުއްދަތުވެސް އެކިމީހުންނަށް ނަގަނީ އެކިމިންވަރަށެވެ. ބައެއްފަހަރަށް މިބައްޔަކީ މާބޮޑު ފަރުވާ އަކާއި ނުލާ ރަނގަޅުވާ ބައްޔެކެވެ.  އެހެނަސް މިކަން މިގޮތަށް ދިމާވާ ކަމަށް ބެލެވިފައިވަނީ މިބައްޔާއި އުމުރުގެ ޅަދުވުހުގައި ކުރިމަތިލާމީހުންނާއެވެ.

ދިރާސާތަކުން ދައްކާގޮތުގައި މިބަލީގެ އަސަރު ކޮންމެ އެއްލައްކަ މީހަކުން 20 މީހުންނަށް އެމީހުންގެ އުމުރެ ކޮންމެވެސް ދުވަސްވަރަކު ކުރެއެވެ. އެމެރިކާގައި ކޮންމެ އަހަރަކު 40 ހާސްމީހުނަށް މިބަލި ޖެހެއެވެ. މިބަލިޖެހިފައިވާ %4-14 މީހުންނަކީ މިބަލި ޢާއިލީގޮތުން ވާރުތަކޮށްފައިވާ މީހުންނެވެ. މާބަނޑު އަންހެނުނަށް މިބަލި ޖެހުން މާބަނޑު ނޫން އަންހެނުންނަށް ޖެހުމަށްވުރެ ތިންގުނަ އިތުރެވެ. ހަމައެހެންމެ ހަކުރުބަލީގެ މީހުންނަށް މިބަލި ޖެހުމުގެ ފުރުޞަތު އާދައިގެ މީހުންނަށް ވުރެ 4 ގުނަ އިތުރެވެ.

މިބަލި ޖެހުމުން ޤަވައިދުން ފިޒިއޮތެރަޕީ ހެދުމާއި މިބައްޔަށް ޑޮކްރު ދީފައިވާ ބޭސް ބޭނުންކުރުމަކީ މުހިއްމުކަމެކެވެ. ބެލްސްޕަލްސީ ޖެހޭމީހުންގެ ތެރެއިން  %50 މީހުންގެ ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި މުޅިން ރަނގަޅުވެއެވެ.  %35 މީހުން އަހަރަކަށްވުރެ ކުރުމުއްދަތެއްގެ ތެރޭގައި ރަނގަޅުވެއެވެ.  %10 މީހުން ބަލިން ރަނގަޅުވި ނަމަވެސް މޫނުމައްޗަށް އައި އައިބު ނުފިލާ ހުރެއެވެ.  މިބަލި ރަނގޅުވުން ބިނާވަނީ މިބަލީގެ ސަބަބުން ގެއްލުން ވެފައިވާ މިންވަރުގެ މައްޗަށާއި ދެވޭފަރުވާ ގެ މައްޗަށެވެ. އާއްމުގޮތެއްގައި މިބަލިން ރަނގަޅުވުމަށް ނަގަނީ ވަރަށް މަދު ދުވަސްކޮޅެކެވެ. ރަނގަޅުވާން ފަށާއިރު ގާތްގަނޑަކަށް 2-1 މިލިމީޓަރ ހާ މިންވަރަށް މޫނުގެ މަސްތައް ކުރިން ހުރިގޮތަށް ބަދަލުވަމުން އާދެއެވެ. މިހެން ކަމުން ބައެއް ފަހަރަށް މޫނުމައްޗަށް އައިސްފައިވާ ބަދަލު އެއްކޮށް ރަނގަޅުވުމަށް 18  މަސްދުވަސް ވަރު ހޭދަވެއެވެ.

މިބަލި ޖެހިފައިވާ މީހަކަށް ދެވަނަ ފަހަރަށް މިބަލި ޖެހުމުގެ ފުރުޞަތަކީ  %10-%20 އެވެ. މިގޮތުން ދެވަނަފަހަރަށް މިބަލި ޖެހުމުގެ ފުރުޞަތު ބޮޑު ކަމުގައި ބެލެވެނީ  10 އަހަރު ދުވަހުގެ މުއްދަތަށެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.