ރޯދަ އަށް ހުރުމަށް ދުލުން ނިޔަތް ކިޔުން

ބައެއް މީހުން ރޯދަ އަށް ހުރުމަށް ދުލުން ނިޔަތެއް ކިޔާ އުޅެއެވެ. މިއީ ރަގަޅު ކަމެއްތޯއެވެ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد

އިޝްތިހާރު Below Header ad

ހުރިހާ ޢަމަލުތަކެއްވެސް ގަބޫލު ކުރެއްވުން ބިނާވެގެންވަނީ ނިޔަތަށެވެ. ނިޔަތަކާއި ނުލާ ކުރާ އެއްވެސް ޢަމަލަކީ ﷲ ގަބޫލު ކުރައްވާނެ ޢަމަލެއް ނޫނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إِنَّمَا الأَعْمَالُ بِالنِّيَّاتِ ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى) މާނައަކީ: “ހަމަކަށަވަރުން ޢަމަލުތައް ގަބޫލު ކުރެއްވުން ބިނާވެގެން ވަނީ ނިޔަތަށެވެ. ކޮންމެ ނަފްސަކަށްވެސް އޮތީ އެމީހަކު ނިޔަތް ގަން ކަމެކެވެ”.

ރޯދަ އަށް ހުރުމަށް ނިޔަތް ގަންނަން ޖެހޭނީ ރޭގަނޑުއެވެ. ފަތިސް ވުމުގެ ކުރިންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ لَمْ يُجْمِعْ الصِّيَامَ قَبْلَ الْفَجْرِ فَلا صِيَامَ لَهُ  ) މާނައަކީ: “ފަތިސް ވުމުގެ ކުރިން ރޯދަ އަށް ހުރުމަށް ނިޔަތް ނުގަންފި މީހަކަށް ރޯދަ އެއް ނުވެއެވެ”. އެހެން ޙަދީޘެއްގައިވެއެވެ. (مَنْ لَمْ يُبَيِّتْ الصِّيَامَ مِنْ اللَّيْلِ فَلا صِيَامَ لَهُ ) މާނައަކީ: “ރޯދަ އަށް ހުރުމަށް ރޭގަނޑު ނިޔަތް ނުގަންފިނަމަ އެމީހަކަށް ރޯދަ އެއް ނުވެއެވެ”. ޔަޢްނީ: ރޯދަ އަށް ހުރުމަށް ނިޔަތްގަނެ، އެކަމަށް ރޭގަނޑު ޢަޒުމް ނުކޮށްފި މީހާ އަށް ރޯދަ އެއް ނުވުމެވެ.

ނިޔަތުގެ މަޙައްލަކީ ހިތެވެ. ނުވަތަ ނިޔަތް ގަންނަން ޖެހެނީ ހިތުންނެވެ. މާދަމާ ރޯދަ އަށް ހުރުމަށް ހިތުން ނިޔަތް ގަންނާނީ އެވެ. ދުލުން ނިޔަތް ކިޔާކަށް ނުޖެހޭނެއެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ- އެކަލޭގެފާނުގެ އަލްއިޚްތިޔާރާތު އޭ ކިޔުނު ފޮތުގެ 191 ވަނަ ޞަފްޙާ ގައި ވިދާޅުވެފައިވެއެވެ. “މާދަމާ ރޯދަ އަށް ހުރުމަށް ހިތަށް އަރުވައިފިނަމަ ރޯދަ އަށް ނިޔަތް ގަނެވުނީއެވެ”.

ރޯދަ އަށް ހުރުމަށް ނިޔަތް ގަންނާނީ ކޮންގޮތަކަށްތޯ ސަޢޫދީގެ ފަތްވާ ކޮމެޓީ އާއި ސުވާލު ކުރެވުމުން ޖަވާބުގައި ވިދާޅުވެފައިވެއެވެ.

“ރޯދަ ހުރުމަށް ޢަޒުމް ކަނޑައެޅުމުން ނިޔަތް ގަނެވުނީއެވެ. ކޮންމެ ރެއަކުވެސް އަނެއް ދުވަހު ރޯދަ ހިފުމަށް ނިޔަތް ގަންނަން ވާނެއެވެ”. ބައްލަވާ: ފަތާވާ އައްލަޖްނަތުއްދާއިމާ ( 10-246). والله أعلم

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.