ރޯދަ ވެރިންނަށްޓަކައި ސުވަރުގޭގައިވާ ޚާއްޞަ ދޮރުކޮޅު

ރޯދަވެރިންނަށް ޓަކައި ޚާއްޞަ ކުރެވިފައިވާ ދޮރުކޮޅެއް ސުވަރުގޭގައި ވޭހެއްޔެވެ؟ ވާނަމަ އެދޮރުކޮޅުގެ ނަމަކީ ކޮބައިތޯ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد:

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރޯދަވެރިނަށް ޓަކައި ޚާއްޞަ ކުރެވިފައިވާ ދޮރުކޮޅެއް ސުވަރުގޭގައި ވެއެވެ. އެދޮރުކޮޅުގެ ނަމަކީ ”އައްރައްޔާން“ އެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

(إِنَّ فِي الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانُ يَدْخُلُ مِنْهُ الصَّائِمُونَ يَوْمَ الْقِيَامَةِ لَا يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ يُقَالُ أَيْنَ الصَّائِمُونَ؟ فَيَقُومُونَ لَا يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ فَإِذَا دَخَلُوا أُغْلِقَ فَلَمْ يَدْخُلْ مِنْهُ أَحَدٌ) البخاري ( 1763 ) ومسلم ( 1947 )

މާނައަކީ: ”ހަމަކަށަވަރުން ސުވަރުގޭގައި ”އައްރައްޔާން“ އޭ ކިޔުނު ދޮރުކޮޅެއްވެއެވެ. ގިޔާމަތް ދުވަހުގައި އެދޮރުކޮޅުން ވަންނަ ހުށީ ރޯދަވެރިންނެވެ. އެނޫން އެއްވެސް ބަޔަކު އެދޮރަކުން ނުވަންނާނެއެވެ. ބުނެވޭނެއެވެ.

”ރޯދަވެރިން ކޮބައި ހެއްޔެވެ؟ އެހިނދު ރޯދަވެރިން ތެދުވާނެއެވެ. އެނޫން ބަޔަކު އެދޮރުން ސުވަރުގެ އަކަށް ނުވަންނާނެއެވެ. އެމީހުން ވަދެ ނިމުމުން އެދޮރު ބަންދު ކުރެވޭނެއެވެ. އިތުރަށް އެއްވެސް މީހަކަށް ނުވަދެވޭނެއެވެ.“ والله أعلم

ޖަވާބު ދެއްވީ: ޑރ. މުޙައްމު ޢިޔާޟު ޢަބްދުއްލަޠީފު.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.