ނަމާދު ކުރުމާއި ރޯދަ ހިފުމުން ދުރުހެލިވެފައިވާ މީހަކު ތައުބާ ވުމަށް ފަހުގައި ގެއްލުނު ރޯދަތައް ގަޟާ ކުރުން

މުސްލިމް މަންމަ އަކާއި ބައްޕަ އަކަށް އުފަންވި ދަރިއަކަށް ވުމުން މެނުވީ އިސްލާމް ކަމަކީ ކޮބައިކަން އަޅުގަޑަކަށް ނޭގެއެވެ. ކުރީގައި އުޅެވިފައިވަނީ ވަރަށްވެސް ދީނާއި ދުރުގައެވެ. އެހެންނަމަވެސް މިހާރު މިހުރީ ތައުބާ ވެގެންނެވެ. ވީމާ، ކުރިން ދޫކޮށްލެވިފައިވާ ނަމާދު ތަކާއި ރޯދަތައް ގަޟާ ކުރަން ޖެހޭނެތޯއެވެ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަޚާ އަށް ހިދާޔަތް ދެއްކެވި ކަމަށްޓަކައި ﷲ ތަޢާލާ އަށް ޙަމްދާއި ޝުކުރު ކުރަމެވެ. އަޚާ އަށް ޢިލްމާއި ހިދާޔަތް އިތުރުކޮށްދެއްވުން އެދި ﷲ އަށް ދުޢާ ކުރަމެވެ. އަދި ﷲ ދެއްވި މަތިވެރި ނިޢްމަތަށް ޓަކައި ގިނަގިނައިން ﷲ އަށް ޝުކުރު ކުރުމަށް ހަނދާންކޮށްދެމެވެ. ސޫރަތު އިބްރާހީމްގެ 7 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

(وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ ) މާނައަކީ: “ އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (شكر ނުކޮށް) كافر ވެއްޖެނަމަ ދަންނާށެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ“.

ތައުބާ ވުމުގެ ކުރިން ދޫކޮށްފައިވާ ނަމާދާއި ރޯދަ ގަޟާ ކުރަން ޖެހޭނެތޯ ނުވަތަ ނޫންތޯ، މިމައްސަލާގައި ޢިލްމުވެރިން ދެގޮތަށް ވާހަކަ ދައްކަވާފައިވެއެވެ. ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި އެމީހާ ދޫކޮށްފައިވާ އަޅުކަންތައް ގަޟާ ކުރަން ޖެހޭނެއެވެ. މިއީ ޖުމްހޫރުންގެ ރައުޔެވެ.

އަނެއްބައި ޢިލްމުވެރިންގެ ރައުޔުގައި ނަމާދު ދޫކޮށްފައިވާ މީހާ އެނަމާދުތައް ގަޟާ ކުރާކަށް ނުޖެހޭނެއެވެ. ސަބަބަކީ ނަމާދު ދޫކުރުމުގެ ސަބަބުން އޭނާވަނީ ދީނުން ބޭރުވެފައެވެ. އެހެންކަމުން، އޭނާ އަލުން އިސްލާމްވުމުން ކުރީގެ ހުރިހާ ފާފަތަކެއް ފޮހެވިގެން ދިޔައީއެވެ.

އަނެއްބައި ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ގަޞްދުގައި ނަމާދު ދޫކޮށްފައިވާ މީހާ ނަމާދުތައް ގަޟާ ކުރާކަށް ނުޖެހޭނެއެވެ. ސަބަބަކީ ނަމާދު ގަޟާ ކުރުމަށް އަންގަވާފައިވަނީ ހަނދާން ނެތިގެންނާއި ނިދުމުގެ ސަބަބުން ނަމާދު ދޫކޮށްފައިވާ މީހުންނަށެވެ.

ތައުބާވާ މީހާ އޭނާ ކުރިން ދޫކޮށްފައިވާ ނަމާދުތައް ގަޟާ ކުރަން ލާޒިމް ކުރުމަކީ އޭނާ އަށް ނޫފުއްލޭ ވަރުގެ ބުރައެއް އުފުއްލަން ޖެއްސުމެވެ. އެހެންކަމުން އެފަދަ މީހުންގެ މައްޗަށް ވާޖިބު ވެގެންވަނީ ހެޔޮ ޢަމަލުތައް ގިނަ ކުރުމެވެ. ސޫރަތު ޠާހާގެ 82 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (

وَإِنِّي لَغَفَّارٌ لِّمَن تَابَ وَآمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدَىٰ  ) މާނައަކީ: “ توبة ވެ إيمان ވެ صالح عمل ކޮށް، ދެން ތެދުމަގު ލިބިގެންފި މީހާއަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަން ކަށަވަރެވެ“. والله أعلم

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢީޔާޟު ޢަބަދުއްލަޠީފު

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.