ބައިނަލް އަޤުވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން އެސްޓީއޯއާއި ހޯޕް ފޯރ ވިމެންއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން އެސްޓީއޯއާއި ހޯޕް ފޯރ ވިމެން އާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކޮށްފައިވަނީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަހުމަދު ޝަހީރުއެވެ. އަދި ހޯޕް ފޯރ ވިމެންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެޖަމްޢިއްޔާގެ ފައުންޑަރ މެމްބަރ އަލްފާޟިލާ އަނީސާ އަހުމަދުއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިއެއްބަސްވުމުގެ ދަށުން ހޯޕް ފޯރ ވިމެން އިން ހިންގާ އަންހެނުންގެ ލީގަލް ކްލިނިކްގެ ކުލި އެސްޓީއޯއިން ސްޕޮންސަރ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމައެއާއި އެކު އެސްޓީއޯއާއި ގުޅިގެން ހޯޕް ފޯރ ވިމެން އިން އެސްޓީއޯގެ މުއައްޒަފުންނަށް ގެވެށި އަނިޔާއާއި ބެހޭ މަޢްލޫމާތު ދިނުމާއި  މިފަދަ ކަންތައްތަކާއި ގުޅޭގޮތުން އެވެއަރނެސް ޕްރޮގްރާމް ހިންގައި ދިނުމާއި ސެލްފް ޑިފެންސް ފަދަ ޓްރެއިންގ ތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަނީސާ ވިދާޅުވީ މިފަދަ މުނާސަބު ދުވަހެއްގައި ހޯޕް ފޯރ ވިމެން ފަދަ އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ޖަމްޢިއްޔާއަކަށް މިފަދަ އެހީއެއް ދިނުމަށް އެއްބަސްވުމަކީ ހެޔޮ ފާލެއްގެ ގޮތުގައި ބަލަން ޖެހޭނެކަމުގައެވެ. އަދި އެ ޖަމްޢިއްޔާގެ މަސައްކަތްތައް ކުރިއަށްގެންދެވެނީ އެސްޓީއޯގެ މި ދީލަތި އެހީގެ ސަބަބުން ކަމަށާއި އެސްޓީއޯގެ މި އެހީ ކުރިއަށްއޮތްތާގައި ވެސް ދެއްވަމުންގެންދާނެ ކަމަށް އުންމީދުކުރަށްވާކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. އަނީސާގެ ވާހަކަފުޅު ނިންމަވާލައްވަމުން އެސްޓީއޯއިން އަންހެނުން ބާރުވެރިކުރުމަށް ކުރަށްވާ މަސައްކަތްތައް ޝުކުރު އަދާކުރެއްވިއެވެ.

އަދި މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ އެމްޑީ އަހުމަދު ޝަހީރު ވިދާޅުވީ އެސްޓީއޯގެ ސީއެސްއާރުގެ ދަށުން އަންހެނުން ބާރުވެރިކުރުމަށް ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވާކަމުގައެވެ.

2014 ވަނަ އަހަރުންފެށިގެން އެސްޓީއޯއިން ދަނީ މި ކްލިނިކްގެ ކުލި ސްޕޮންސަރ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.