ޚަބަރު ފީތާ

ލ.ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ދެމީހަކަށް ބޮޑެތި އަނިޔާތަކެއް.

އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ "ރިޔާސް"

ލ.އަތޮޅު ލިންކް ރޯޑުން ކައްދޫ ފާލަމުން ކައްދޫއަށް އަރާ ހިސާބުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ބޮޑެތި އަނިޔާ ތަކެއް ވެއްޖެއެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލް ދުއްވަންއިން މީހާއަށާއި އެސައިކަލް ފަހަތުގައި އިން ޒުވާން އުމުރުގެ އަންހެން ކުއްޖަކަށެވެ.

އަނިޔާވި ދެމީހުންގެ ފައި ބިންދައިގެން ގޮސްފައި ވާއިރު އެކެއްގެ ބޯ ވަނީ ފަޅައިގެން ގޮސްފައެވެ. އަދި ދެމީހުންގެވެސް ގައިގެ އެކި ތަންތަން ވަނީ މަށައިގެން ގޮސްފައެވެ.

އިއްޔެ ހަވީރު 5:30 ކަންހާއިރު ލ.ލިންކް ރޯޑުގައި ހިނގި މި އެކްސިޑެންޓުގައި އަނިޔާވި ދެމީހުންގެ ތެރެއިން ސައިކަލް ދުއްވަންއިން މީހާއަށް މިހާރުވެސް ގަން ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންގެންދާއިރު ދެވަނަ މީހާވަނީ އިމަޖެންސީކޮށް އިތުރު ފަރުވާއަށް މާލެ ގެންގޮސްފައެވެ.

އަނިޔާވި އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫންކަމަށް މައުލޫމާތު ލިބެއެވެ.

މިއެކްސިޑެންޓް ހިނގަން ދިމާވެފައިވަނީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލް ކޮންޓްރޯލުން ނެއްޓިގެން ގޮސް ލިންކްރޯޑުގެ މެދުގައި ގަސްއިންދަން ހަދާފައިވާ ބެޑުގައި ޖެހިގެންނެވެ.

އެކްސިޑެންޓުވި ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

Rate this post