ރަފީއިން ކުރިއަށްގެންދާ މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިންގް ޔޫތް (ރަފީ) އެންޖީއޯ އިން ކުރިއަށްގެންދާ މިލީނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް ޓެކްނިކަލް އަދި މާލީ އެހީ ފޯރުކޮށްދިނުމަށް، އުރީދޫ މޯލްޑިވްސް އިން މިއަދު ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

“އަޅުގަނޑުމެންގެ ކެޕޭސިޓީ ޑެވެލޮފްމަންޓް ސެންޓަރ އިން އެކުލަވާލައި، ކޮލޮމްބޯ ލީޑަރޝިޕް އެކެޑެމީ (ސީއެލްއޭ) އިން އެންޑޯޒް ކޮށްފައިވާ މިލީނިއަމް ޔޫތް އެމްބެސެޑަރ ޕްރޮގްރާމް އަކީ ޒުވާން ލީޑަރުންނަށް ބޭނުންވާ ހުނަރާއި ތަމްރީނު ފޯރުކޮށްދީ، ޒުވާނުންގެ މެދުގައި ކުރެވޭ ތަފާތު މުއާމަލާތްތައް މެދުވެރިކޮށް، އެކުދިން ބާރުވެރިކުރުމަށް މަސައްކަތް ކުރަމުންދާ ޕްލެޓްފޯމް އެއް. މިގޮތުން، ދިވެހި ޒުވާނުން ތަރައްޤީކުރުމަށްޓަކާ ކުރަމުންދާ މި މަސައްކަތްތަކުގައި އުރީދޫ އިން ބައިވެރިވުމާއި އެކު، އެކަމަށް ތަރުޙީބުދީ، އެކުންފުންޏަށް ޝުކުރު އަދާކުރަން” ރަފީ އެންޖީއޯގެ ބާނީ އަދި ރައީސާ، އައިޝަތް ރަފިއްޔާ ވިދާޅުވިއެވެ.

އިޝްތިހާރު Below Header ad

“އދގެ ދެމެހެއްޓެނިވި ތަރައްޤީ ލަނޑުދަނޑިތައް ތައާރަފްކުރީއްސުރެ، އުރީދޫ އިންވަނީ ރާއްޖޭގައި މި މުހިންމު ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެ، ފުރިހަމަ އެއްބާރުލުންދީފައި. ދެމެހެއްޓެނިވި ތަރައްޤީ ލަނޑުދަނޑިތަކުގައި ބަޔާންކުރެވިފައިވާ ފަދައިން، ޤައުމީ ތަރައްޤީގައި ޒުވާނުން ބައިވެރިކުރުމުގައި، މިލީނިއަމް ޔޫތް އެމްބެސެޑަރ ޕްރޮގްރާމް މުހިންމު ދައުރެއް އަދާކުރޭ. އެހެންކަމުން، ދިވެހި ޒުވާނުންގެ ކުރިއެރުމަށްޓަކައި ރީޖަނަލް އެލަޔަންސް ފޮރ ފޮސްޓަރިންގ ޔޫތު (ރަފީ) އާއި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ އުފަލެއް.” އުރީދޫގެ ސީއީއޯ، ވިކްރަމް ސިންހަ ވިދާޅުވިއެވެ.

މިލީނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް ތިން ބަޔަކަށް ބެހިގެންދާ އިރު، ފެށިގެންދަނީ ޔޫތް އޭސް މިލޭނިއަމް އެސެޓްސް ސީރީޒް (ވައިމާސް) ގެ ނަމުގައި ޒުވާން ލީޑަރުން ތަމްރީނު ކުރުމަށް، ކުރިއަށް ގެންދާ ލީޑަރޝިޕް ޓްރެއިނިންގް ޕްރޮގްރާމްތަކަކުންނެވެ. މިއަށް ފަހު، ޒުވާން ލީޑަރުން ބިނާކޮށް، އެކްސެކެޓިވް ކޯޗިން ފޯރުކޮށްދިނުމަށް، ކޮލޮމްބޯ ލީޑަރޝިޕް އެކެޑެމީ އިން ރާއްޖޭގައި ކުރިއަށްގެންދާ ތިން ދުވަހުގެ މިލީނިއަމް ޔޫތް ލީޑަރސް ކޭމްޕްގައި ބައިވެރިވެވޭނެއެވެ. ހަމައެހެންމެ، ސްރީލަންކާގެ ކޮލޮމްބޯ ލީޑާޝިޕް އެކެޑެމީގައި ބޭއްވޭ ހަދުވަހުގެ މިލީނިއަމް ޔޫތް އެމްބެސެޑަރ ކޯޗިންގް ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ.

މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން، އުރީދޫ ސްމާޓް ކެމްޕަސް މެދުވެރިކޮށް ވައިމާސް ޓްރެއިނިންގ ޕްރޮގްރާމް ރާއްޖޭގެ އެކިކަންކޮޅުތަކަށް ހުޅުވާލެވޭނެއެވެ. ހަމައެއާއި އެކު، މިލީނިއަމް ޔޫޓް ލީޑަރސް ކޭމްޕްގައި ބައިވެރިވާ ޒުވާނުންގެ އަޒުމްތަކާއި ހަމައަށް ވާސިލުވާން އެހީތެރިވެދޭނެ މުވާސަލާތީ އެހީތެރިކަން ފޯރުކޮށްދީ، ކޮލަމްބޯގައި ބާއްވާ މިލީނިއަމް ޔޫތް އެމްބެސެޑަރސް ކޯޗިންގް ކޭމްޕް ކުރިއަށްގެންދިއުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.