ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ދީނީގޮތުން ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން ބާއްވާ “ 29މިނިޓް“ މިޕްރޮގްރާމްގެ މިރޭގެ މައުޟޫޢުއަކީ ”ނިޤާބު“އެވެ.
މިއީ މިހާރު އަޅުގަނޑުމެންގެ މުޖްތަމަޢުގައި ވަރަށް ބޭނުންތެރި ގިނަބަޔަކަށް މި މައުޟޫޢުގެ މަުލޫމާތު ވަރަށް ފުރިހަމައަށް އެގެންޖެހޭ މައުޟޫއެއްކަން ފާހަގަ ކުރެވެއެވެ. މިހާރު ސޯސިއަލް މީޑިއާގައިވެސް އެންމެ ބާރު ދުވެއްޔެއްގައި ހުޅެނީ މިވާހަކައެވެ. ސަބަބު ތަކެއް ނެތިއެއްވެސް ނޫނެވެ.
މިރޭގެ މި ޕްރޮގްރާމުން ގިނަބައެއްގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ދީނީ ގޮތުން މިމައުޟޫޢުގައި ކޮންމެހެން އޮޅުން ފިލަން ޖެހޭ ގިނަ މައުލޫމާތުތަކެއް އޮޅުން ފިލާނެކަމަށް އުންމީދު ކުރެވެއެވެ.
އަލް އަޚް ޢަލީ ރަމީޒު ހުށަހަޅާއިދެއްވާ ”29 މިނިޓް“ މިރޭގެ ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިޚް އަޙްމަދު ސަމީރު އެވެ.
ޖަމްޢިއްޔަތުއްސަލަފްގެ “ 29މިނިޓް“ ޕްރޮގްރާމަކީ ފަހަކަށް އައިސް ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ޕްރޮގްރާމެކެވެ.
މިރޭގެ ޕްރޮގްރާމްވެސް ފެށުމަށް ހަމަޖެހިފައިވަނީ 10:30ގައެވެ.
މިޕްރޮގްރާމް ޖަމްޢިއްޔަތުއްސަލަފްގެ ފޭސްބުކް ޕޭޖުންނާއި ސަލަފް ރޭޑިއޯގެ އިތުރުން ވޮއިސް އޮފް އެޓޯލް ( އެޓޯލް ނިއުސް) ސައިޓުންވެސް ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.