މިއަހަރުގެ އޭޕްރިލް މަހުގެ 08 ވަނަ ދުވަހު ބާއްވަން ނިންމާފައި އޮތް ލޯކަލް ކައުންސިލް އިންތިޚާބު ދެވަނަ ފަހަރަށް ފަސްކުރަން ނިންމައިފިއެވެ.
އެހެން ކަމުން ދެން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވޭނެ ތާރީޚަކީ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއެވެ.
އަންނަ އޭޕްރީލް 15 ވަނަ ދުވަހަށް ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރިއިރު މިއީ މި އިންތިޚާބު ފަސްކުރި ދެވަނަ ފަހަރުކަންވެސް ފާހަގަކޮށްލަންޖެހެވެ.