ދިރިއުޅުމުގެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުމަށް އިތުރު ޓީޗަރުން ތަމްރީނުކުރަނީ..

ފުރާވަރު އުމުރުފުރައިގެ ދަރިވަރުންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ސްކޫލްތަކުގެ ޓީޗަރުންނަށް ތަމްރީނު ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފި އެވެ.

ތިން ބުރަކަށް ބަހާލައިގެން ހިންމަފުށީގައި ކުރިއަށް ގެންދިޔަ ލައިފް ސްކިލްސް ނުވަތަ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމްގައި ލައިފް ސްކިލްސް ފްސިލިޓޭޓަރުން  ތަމްރީނު ކުރުމުގެ ދެ ޕްރޮގްރާމެއް އަދި ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ލައިފް ސްކިލްސް އާއި ބެހޭ ގޮތުން އޮރިއެންޓޭޝަން ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ލައިފް ސްކިލްސް ފްސިލިޓޭޓަރުން ތަމްރީނުވެފައި ނެތް ސްކޫލްތަކަށް އަމާޒުކޮށްގެންނާއި އަދި އާބާދީ ބޮޑެތި ސްކޫލްތަކަށް އިތުރު ލައިފް ސްކިލްސް ފްސިލިޓޭޓަރުން ތަމްރީނުކުރުމަށް ކުރިއަށްގެންދާ ލައިފް ސްކިލްސް ފްސިލިޓޭޓަރުން ތަމްރީނު ކުރުމުގެ ފުރަތަމަ ބުރު މި މަހުގެ 19 އިން 27 އަށް ކުރިއަށްގެންގޮސްފައިވާ އިރު، އެ ބުރުގައި މާލެ އާއި އަތޮޅުތެރޭގެ 22 ޓީޗަރަކު ބައިވެރިވި އެވެ. އަދި ދެވަނަ ބުރު މި މަހުގެ 23 ން އަންނަ ފެބްރުއަރީ މަހުގެ 1 ގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިރު، މި ބުރުގައި މާލެ އާއި އަތޮޅުތެރޭގެ 18 ޓީޗަރަކު ބައިވެރިވެއެވެ.

އަދި ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ދިރިއުޅުމުގެ ހުނަރުތަކާއި ބެހޭ މައުލޫމާތު ދިނުމަށް މި މަހުގެ 28 ން 30 ގެ ނިޔަލަށް އޮރިއެންޓޭޝަން ޕްރޮގްރާމެއް ކުރިއަށްދާ އިރު، މި ޕްރޮގްރާމްގައި ގއ. ގދ. ލ. އަދި ދ. އަތޮޅުން 23 ޕަރިންސިޕަލަކު ބައިވެރިވެއެވެ.

ސްކޫލްތަކަށް ބޭނުންވާ ލައިފް ސްކިލްސް ފްސިލިޓޭޓަރުން ތަމްރީނުކުރުމުގެ މައިގަނޑު މަގްސަދަކީ ދަރިވަރުންނަށް ބޭނުންވާ ތައުލީމުގެ އިތުރުން، ދިރިއުޅުމުގައި ބޭނުންކުރެވިދާނެ މުހިއްމު ހުނަރުތައް ޓީޗަރުން މެދުވެރިކޮށް ދަރިވަރުންނަށް އުނގަންނައި ދީ އެ ދަރިވަރުންނަށް ފުރިހަމަ ތަރުބިއްޔަތެއް ދިނުމެވެ.

ކާމިޔާބު ދިރިއުޅުމެއް ބައްޓަން ކުރުމަށް ބޭނުންވާ ހުނަރުތައް ސްކޫލް ނިމިގެން ދާއިރު ކޮންމެ ދަރިވަރެއްގެ ކިބާގައި އަށަގެންންނެވުމަށް ހިންގާ މި ޕްރޮގްރާމް ގްރޭޑް ހަޔަކުން ފެށިގެން ބާރައިގެން ދަރިވަރުންނަށް ތިން އުމުރު ފުރައަކަށް ބަހާލައިގެން ސްކޫލްތަކުގައި ކުރިއަށް ގެންދެ އެވެ. އެއީ ގްރޭޑް 6 އަދި 7 ގެ ދަރިވަރުންނާއި ގްރޭޑް 8 އަދި 9 ގެ ދަރިވަރުންނާއި ގްރޭޑް   11 އަދި 12 ގެ ދަރިވަރުންގެ އުމުރުފުރަ އެވެ. މިއިން ކޮންމެ އުމުރުފުރައެއްގެ ދަރިވަރުންނަށް ކިޔަވައިދެނީ އެދަރިވަރުންގެ އުމުރާއި އެކަށޭނަ ދިރިއުޅުމުގެ ހުނަރުތަކެވެ.

ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ސްކޫލްތަކުން ތަމްރީނުވާ ޓީޗަރުން ސްކޫލްގައި މަސައްކަތްކުރާ އެހެން ޓީޗަރުންނަށާއި ބެލެނިވެރިންނަށް މި ޕްރޮގްރާމް ހިންގަ އެވެ.

ދިރިއުޅުމުގެ ހުނަރަކީ ސްކޫލްތަކުގެ މެންޑޭޓުގައި ހިމެނިގެން ސްކޫލްދައުރު ނިމުމުގެ ކުރިން ކޮންމެ ދަރިވަރަކަށް ވެސް އެނގެންޖެހޭ ކަމަކަށް ވާ އިރު، މިނިސްޓްރީގެ އަމާޒަކީ މި އަހަރުގެ ފުރަތަމަ ޓާމް ގެ ކިޔެވުން ނިމުމުގެ ކުރިން ލައިފް ސްކިލްސް ފްސިލިޓޭޓަރުން ތަމްރީނު ކުރުމުގެ އިތުރު 4 ތަމްރީނު ޕްރޮގްރާމެއް އަދި 4  ލައިފް ސްކިލްސް ޕްރިސިޕަލް އޮރިއެންޓޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމެވެ.

ލައިފް ސްކިލްސް ޕްރޮގްރާމްގައި ދަރިވަރުންނަށް އުނގަންނައިދޭ ބައިތަކުގެ ތެރޭގައި ކަންކަމުގައި ގޮތް ނިންމުމާއި، މައްސަލަ ހައްލުކުރުމާއި، މުއާމަލާތްކުރުމުގެ ހުނަރާއި، އުފެއްދުންތެރި ވިސްނުމާއި، އަމިއްލަ ނަފްސަށް އިތުބާރުކުރުން އަދި އަމިއްލަ އިހްސާސްތައް ދެނެގަންނަން އެނގުން ހިމެނެ އެވެ.

ފުރާވަރު އުމުރުގެ ދަރިވަރުންގެ ހައްގުތައް ރައްކައުތެރިކޮށް ނުރައްކަލަކަށް ހުށަހެޅިދާނެ ހާއްސަ ހާލަތަކުގައި ބޭނުންކުރެވިދާނެ ހުނަރުތައް ވެސް އުނގަންނައިދޭ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 624 ޓީޗަރުން މިކަމުގެ ފެސިލިޓޭޓަރުންގެ ގޮތުގައިވަނީ ތަމްރީންކުރެވިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.