ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ވިދާޅުވިގޮތުގައި މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްގައިވަނީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މާލެތެރެ ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ފުލުހުންނަށް އޭނާގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެންކަމަށެވެ.
އަދި އޭނާ ހައްޔަރު ކޮށްގައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ސެނަހިޔާ ސަރަަހައްދުން ޕިކަޕެއްގައި ދަނިކޮށް ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ވިދާޅުވީ ބަގުރާ ފުޅިތަށް ފެނިފައިވަނީ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑާއި ޕިކަޕު ބަލައިފާސްކުރިއިރު އެޕިކަޕުގައި ހުރި ފޮއްޓެއްގެ ތެރެއިން 11 ފުޅި ބަނގުރާ އަދި އެޕިކަޕު ތެރޭގައި ހުރި ފުޅިމަދު ފޮއްޓެއްގެ ތެރެއިން 12 ފުޅި ބަނގުރާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ވަނީ ހާޟިރުކުރުކޮށްގައެވެ.
އެގޮތުން އޭނާ ބަންދުގައި ބަހައްޓައިގެން ތަޙްޤީގު ކުރިއަށް ގެންދިއުމަށް ކުރިމިނަލް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތު ޖަހައިދީފައެވެ.