އެމެރިކާގެ 45 ވަނަ ރައީސް ކަމާ ރޭ ހަވާލުވެވަޑައިގެންނެވި ޑޮލަންޑް ޖޭ ޓްރަމްޕަށް ރައީސް އަބްދުﷲ ޔާމީން ތަހުނިޔާ ފޮނުއްވައިފި އެވެ.
ރައީސް ޔާމީން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއަށް ފޮނުވި ތަހުނިޔާގެ މެސެޖުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޒަޢާމަތުގައިވެސް، ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރުން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.
ދިވެހިރާއްޖެއާއި އެމެރިކާއާ ދެގައުމުގެ ދެމެދުގައިވާ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ގައުމުންވެސް ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވައި ރައީސް ޔާމީން އެމެރިކާގެ ރައްޔިތުންނަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ތަހުނިޔާގެ މެސެޖުގައި ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
ރައީސް ޔާމީން ފޮނުއްވި ތަހުނިޔާގެ މެސެޖްގައި ވިދާޅުވެފައި ވަނީ ޓްރަމްޕް ހޯއްދެވި ކާމިޔާބީ ދައްކުވައިދެނީ އެމެރިކާގެ ޑިމޮކްރެސީގެ ހަރުދަނާކަން ކަމަށާއި އެގޮތުން އެމެރިކާގެ ކުރިމަގު އުޖާލާވެގެން ދާނެކަމަށް އުންމީދުކުރާކަމަށެވެ.
އަދި ބައިނަލްއަގުވާމީ މުޖުތަމައު ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައި މިއީ ހަގީގީ ޑިމޮކްރެސީއަކުން ދައްކުވައިދިން މުހިންމު މިސާލެއް ކަމުގައި ރައީސް ޔާމީންގެ މި މެސެޖުގައި ވިދާޅުވެފައިވެއެވެ.
ރޭގެ ރަސްމިއްޔަތުގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާވެސް ވަނީ އެމަނިކުފާނުގެ އެންމެ ފަހުގެ ތަގުރީރު ކުރަށްވާފައެވެ.