މާލޭގައި މަރުވާ މީހުން ވަޅުލުން ފެބުރުއަރީން ފެށިގެން ހުޅުމާލެއަށް ބަދަލުކޮށްފި

އަންނަ ފެބުރުއަރީ މަހުން ފެށިގެން މާލޭ ސިޓީގައި މަރުވާ މީހުންގެ ޖަނާޒާގެ ހުރިހާ ކަމެއް ހުޅުމާލޭ ސަހަރާގައި ކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިކަން ރަސްމީކޮށް އަންގާ މިދިއަ ބުރާސްފަތި ދުވަހު އިއުލާނުވެސް ކޮށްފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ން ފެށިގެން މަރުވާމީހުންގެ ޖަނާޒާ ހުޅުމާލޭ ސަހަރާގައި ބޭއްވުމަށް ނިމިސްޓްރީން އަންގާ އިއުލާން ކޮށްފައިވާއިރު
އެމިނިސްޓްރީން ވަނީ ހުޅުމާލޭ ސަހަރާއިން މައްޔިތާވަޅުލުމަށް ޖާގަ ހަމަޖައްސައިދިނުމުން މައްޔިތާގެ ޖަނާޒާއަށް ބޭނުންވާ ކަފުނާއި، ކަފައާއި، ސަންދޯއް ފަދަ ތަކެތި މައްޔިތާގެ އާއިލާއަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަންވެސް އިއުލާނުކޮށްފަ އެވެ.
މިނިސްޓްރީން ކުރި އެ އިއުލާނުގައި ބުނެފައިވަނީ އެ މަސައްކަތް ކުރާފަރާތަށް މިނިސްޓްރީން އެއްވެސް އަގެއް ނުދޭނެ ކަމަށާއި ހަރަދު ކުރަންޖެހެނީ އަމިއްލައަށް ކަމަށް ބުނެފައެވެ.
މިނިސްޓްރީން ކޮށްފައިވާ މި އިއުލާނުގައި ބުނެފައިވާ ގޮތުގައި މި މަސައްކަތް ކުުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ މެންދުރު 1:00 އަށް މިނިސްޓްރީއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު އަންނަ ބުދަ ދުވަހުގެ މެންދުރު 1:00 އަށް އެ މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހަޅަން ޖެެހެ އެވެ.

އިޝްތިހާރު Below Header ad

ހުޅުމާލެ ސަހަރާގައި ވަޅުލަން މީހުން ގެންދިއުމަށް ކުރަންޖެހޭ ހުރިހާ ހަރަދެއް އާސަންދައިގެ ދަށުން ކުރެވެ އެވެ. އަދި އަމިއްލައަށް ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.

މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި މައްޔިތާ ހުޅުމާލެއަށް ގެންދަން ހަމަޖެހިފައިވަނީ ހުޅުލޭ މަގުންނެވެ. އަދި މައްޔިތާ ހުޅުމާލެއަށް ގެންދިއުމަށްފަހު އާއިލާއިން ހުޅުމާލެއަށް ދިއުމުގެ އިންތިޒާމް އެމްޓީސީސީ އިން ހަމަޖައްސައިދޭނެކަމަށާއި އެކަން ހަމަޖެހޭނީ ރަސްމީކޮށް ގަވާއިދުން އޮންނަ ހުޅުމާލެ ފެރީގައިކަމަށެވެ.  ފެރީ ނޯންނަ ވަގުތެއްގައި ނަމަވެސް ހާއްސަ ފެރީއެއް އިންތިޒާމް ކުރެވޭނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި އައިޖީއެމްއެޗްގައި މަރުވާ މީހުން އެމްބިއުލާންސްގައި މައްޔިތާ އުފުލައި ފެރީ އޮންނަ ނަސަންދުރާ ކުރިމައްޗަށް 60ރ. އަށް ގެންގޮސްދޭނެ އެވެ. އަދި މައްޔިތާ ފެރީގައި ހުޅުމާލެ ސަހަރާއަށް ގެންގޮސްދިނުމަށް ނަގާނީ 608ރ. އެވެ. ހުޅުލެއިން ވެހިކަލެއްގައި ސަހަރާއަށް ގެންގޮސްދިނުމަށް ނަގާނީ 160ރ. ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.