ސަޢޫދީން ވިސާގެ އަގަށް ގެނައި ބަދަލުތަކަށް ޢަމަލު ކުރަން ފަށައިފި

ސަޢޫދީ ޢަރަބިއްޔާއިން ވިސާއަށް ނަގަމުން އައި ފީގެ އަގު ބޮޑުކޮށް، އެބަދަލުތަކަށް ޢަމަލުކުރަން ފަށައިފިއެވެ.

ވިސާގެ އަގަށް ބަދަލު ގެންނަން ސަޢުދީ ދަރުކާރުން ނިންމީ ތެލުގެ އަގުތައް ދަށްވުމާގުޅިގެން އެޤައުމުގެ އާމްދަނީ ދަށްވެފައިވާތީ ކުރިމަތިވަމުންދާ ގޮންޖެހުންތައް ފޫބެއްދުމުގެ ގޮތުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ވިސާގެ އަގު ބޮޑު ކުރަން އެޤައުމުގެ ކެބިނެޓުން މިދިޔަ މަހުގެ ތެރޭގައި ނިންމާފައިވީ ނަމަވެސް އެކަމަށް ޢާމަލު ކުރަން ފަށާފައިވަނީ މިއަދުއެވެ.

ވިސާގެ އަގަށް ގެނައި ބަދަލުގެ ސަބަބުން ސަޢޫދީއަށް އެތެރެވުމަށް ޖަހާ ވިސާއަށް 2000 ރިޔާލް ނުވަތަ ގާތްގަޑަކަށް 533 ޑޮލަރު ދައްކަން މިހާރު ދައްކަން ޖެހެއެވެ. މިއީ ދިވެހި ފައިސާއިން ނަމަ، 8220 ރުފިޔާ އެވެ.

އަލަށް ޢަމަލު ކުރަން ފަށާފައިވާ އުސޫލުގެ ދަށުން 6 މަސް ދުވަހުގެ މަލްޓިޕްލް އެންޓްރީ ވިސާއަށް ނަގާނެ 3000 ރިޔާލް، އަހަރު ދުވަހަށް 5000 ރިޔާލް އަދި ދެ އަހަރު ދުވަހަށް ދައްކަން ޖެހޭނީ 8000 ރިޔާލެވެ.

އައު އުޞޫލުގެ ދަށުން ތިން މަސް ދުވަހުގެ މަލްޓިޕްލް އެންޓްރީ ވިސާ ޖެހުމުގެ ފުރުޞަތުވެސް ލިބިގެންދާ އިރު،ތިން މަސް ދުވަހުގެ މަލްޓިޕްލް އެންޓްރީ ވިސާގެ އަގަކީ 133 ޑޮލަރު ނުވަތަ 500 ރިޔާލެވެ.

މި އުސޫލުގެ ދަށުން ޙައްޖާއި ޢުމްރާއަށް ދާ ފަރާތްތަކަށްވެސް މި ރޭޓުން ވިސާ ދޫކުން ހަމަޖައްސާފައިވީ ނަމަވެސް ޙައްޖަށް ނުވަތަ ޢުމްރާއަށް ފުރަތަމަ ފަހަރަށް ދާ ފަރާތްތަކުން މި ފީ ދައްކާކަށް ނުޖެހޭނެއެވެ. އެފަދަ ފަރާތްތަކަށް ދައްކަން ޖެހޭނީ މީގެ ކުރިން ވިސާއަށް އެޤައުމުން ނަގަމުން އައި ފީއެވެ.

 

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.