ޚަބަރު ފީތާ

ލީގު ކަޕްގެ ފުރަތަމަ ލެގުން މޮޅުވެ ޔުނައިޓެޑް ފައިނަލާއި ގާތަށް

 

އިނގިރޭސި ލީގު ކަޕްގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ހަލްސިޓީ އާ ދެކޮޅަށް ކުޅުނު މެޗު 0-2 ގެ ނަތީޖާއިން މޮޅުވެ މުބާރާތުގެ ފައިނަލާއި ގާތަށް މެންޗެސްޓަރ ޔުނައިޓެޑް ޖެހިލައިފިއެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެންގޮސްފައެއް ނުވެއެވެ. އެހެން ނަމަވެސް ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފްގެ ކުޅުން ރަނގަލުކޮށް މި ހާފުވެ ވަރަށް ކުރީކޮޅު ހުއާން މާޓާ ވަނީ ލަނޑެއް ޖަހާ ޔުނައިޓެޑަށް މެޗުގެ ލީޑުނަގާދީފައެވެ.

މި ގޯލަށްފަހު ވެސް ގޯލްޖަހާނެ ގިނަ ފުރުސަތުތަކެއް، ޔުނައިޓެޑުން ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން އެޓީމުގެ ދެވަނަ ގޯލް މެޗުގެ 87 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ  ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މަރުއަން ފެލައިނީއެވެ.

ރޭގެ މެޗުގައި ޔުނައިޓެޑުގެ އިތުބާރު ފޯވާޑް ރަލަޓާން އިބްރަހިމަވިޗް ކުޅެފައެއް ނުވެއެވެ. އެހެން ނަމަވެސް ދެންތިބި މުހިންމު ހުރިހާ ކުޅުންތެރިން ވަނީ ރޭގެ މެޗުގައި ކުޅެފައެވެ.

ރޭގެ މޮޅާއެކީ އެންމެފަހުން ކުޅުނު 9 މެޗުންވެސް ޔުނައިޓެޑް މޮޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ދެ ޓީމު ހަލްސިޓީގެ ދަނޑުގައި ބައްދަލުކުރާ، ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

Rate this post