ކަނޑުގެ ދަރިން ކަނޑުގައި ކަނޑުވެފަ….؟

ދިވެހި ރާއްޖެ އަކީ ކަނޑަށް ބަރޯސާވާ ޤައުމެކެވެ. ރާއްޖޭގެ 99 އިންސައްތަ އަކީ ކަނޑު ކަމަށް ވިޔަސް ދިވެހިންނަށް ލިބިފައިވާ ކަނޑުގެ ނިޢުމަތް އެންމެ ފުރިހަމަ އަށް ބޭނުން ކުރުމުގައި ދިވެހިން ވަނީ ނާކާމިޔާބުވެ ކަނޑުވެފައެވެ.

ސަބަބުތައް ބައިވަރެވެ. ރާއްޖެ އަކީ ފަތުރުވެރި ކަމަށް ބަރޯސާވާ ޤައުމަކަށް ވާއިރު، ރާއްޖޭގެ ޤުދުރަތީ ރީތި ކަމުގެ ބޮޑު އިންސައްތަ އަކީ ވެސް ކަނޑެވެ. އެހެން ކަމުން ފީނާން ނުދަންނަ ނުވަތަ ފަތަން ނޭނގޭ މޫދަށް އާ ފަތުރުވެރިންނަށް ދިވެހިންގެ ހިތްގައިމު ޖަޒީރާ ތަކުގެ ކަނޑުގެ އަޑީގައިވާ ޤުދުރަތީ އަޖައިބުތައް ދައްކާލެވޭނެ ހަމަ އެއްގޮތެއްވެސް ނެތެވެ. މި ޢަޖާއިބުތައް އަޅުގަނޑުމެންނަށް ދައްކާލެވިއްޖެ ނަމަ ރާއްޖެއަށް ފަތުރުވެރިންގެ ޝައުޤުވެރިކަން އިތުރު ކުރެވޭނެކަން ޤައިމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިހެން ހަމަ ބުނާއިރަށް ބަޔަކު ބުނެފާނެއެވެ. ރާއްޖޭގައި ސަބްމެރީނާއި ކަނޑު އަޑީގެ ރެސްޓޯޜަންޓް ތަކާއި މޫދު ކޮޓަރިތައް ހުރެއެއް ނޫންހެއްޔެވެ! ރަނގަޅެވެ. ރާއްޖޭގައި ބުނެވިދިޔަ ތަންތަން އެބަހުއްޓެވެ. އެހެނަސް މޫދު ކޮޓަރިން ފެންނަނީ މޫދެވެ. ކަނޑު އަޑީގެ ރެސްޓޯރަންޓްހުރީ ފަޅުތެރޭގައެވެ. އެހެން ކަމުން އެތަނުން ފެންނަނީ ޢާއްމުކޮށް ތެޔޮފާނަ ލާފައި އޮންނަ ދުވަހަކު އެއްގަމުގައި ހުންނަ މީހަކަށް ނުވަތަ ފާލަމެއްގެ މަތީގައި ހުންނަ މީހަކަށް މޫދަށް ނުވެސް އެރެނީސް ފެންނަ މަންޒަރު ތަކެވެ. ސަބްމެރިންގައި ދަނީ ވަރަށް އާދައިގެ އެހާމެ ތިލަ ހިސާބަކަށެވެ. އަބަދު އެއްތާކަށެވެ.

 

Underwater World 4634440

ބަޔަކު އެކުއޭރިއަމެއްގައި….

އޮސްޓްރޭލިޔާފަދަ ޤައުމު ތަކުން ކަނޑުމަތީގައި އުދުހޭ އުޅަނދު ތަކަށް ދަންދެން އުފައްދައި ކަނޑުގައި އެމީހުންގެ ކުޅަދާނަކަން ދައްކަމުން ދާއިރު، ދިވެހިން މި ތިބެނީ އެއާކޯން ނުކުރާ ބާ ފެރީތަކުގަ ބައިގަޑި އިރުން ބައި މޭލު ކަނޑާލަ ކަނޑާލައެވެ. ދިވެހިންގެ ބަޔަކު ދެހާހުގެ ކުރީކޮޅު ރާއްޖެއަށްވެސް މިފަދަ އުޅަނދެއް ގެނެސް ދިވެހިންނާއި ފަތުރުވެރިން ކަނޑުމަތީގައި އަޖާއިބު ކުރުވާން އުޅުނު ކަމަށް ވެއެވެ. އެހެނަސް އޭރުގެ ސަރުކާރުގެ މަތިފަޑީގައި ތިބި ބަޔަކަށް ލިބޭ ”ކަޓު ކުޑަ“ ވެގެން މި ކަން ރާއްޖޭގައި ކުރެވޭނެ ހަމަ އެއްވެސް މަގެއް ނުދެއްކި އެވެ.

aquarium

 

ދަންނަވަން މިއުޅެނީ ދުނިޔޭގެ ބައެއް ޤައުމު ތަކުގައި ހުންނަ ކަހަލަ ބޮޑެތި ކަނޑުގެ މިޔުޒިޔަމް ތަކާއި އެކުއޭރިއަމްތައް ރާއްޖޭގައި ނުހުންނަ ވާހަކައެވެ. ޢަރަބި ޤައުމެއް ކަމަށްވާ ކުވޭތުގެ އެކުއޭރިއަމަކަށް ވަނުމުގެ ނަސީބު ޚުދު އަޅުގަނޑަށް ވެސް މިންވަރު ކުރެއްވި އެވެ. ބޯމަތިން ދަތުރު ކުރަމުން ގެންދިޔަ ބޮޑެތި ސިންގާ ބިޔަ މިޔަރު ތަކާއި މަސްތައް ފެނުމުން ހިތަށް އެރި އެވެ. ސަހަރޯ އެވެ. އަހަރެމެން ކަނޑަށް އުފަން ކަނޑުގެ އަހުލުވެރިން މި ކުރަނީ ކީއްހެއްޔެވެ؟

hqdefault

 

މިނޫނަސް މޫދު ކުޅިވަރު ތަކާއި، ކަނޑުގެ ދިރުންތައް އުފައްދާ އާލާކޮށް އެތަކެތި ގިނަ ކުރުމުގެ ޢިލްމުގައި ވެސް ދިވެހިން ތިބީ ނުހަނު ފަހަތުގައެވެ. ބޭރު ޤައުމު ތަކުން ފެންނަ މަންޒަރުތަކުން މިކަން ޔަޤީން ވެއެވެ.

އެހެނަސް އަދުގެ ސަރުކާރުން ކަނޑު ހުރަސްކޮށް އަޅާ ބްރިޖާއި އެކު ދިވެހިންވެސް ކަނޑުގައި ތަރައްޤީޤެ ކުލަތައް ޖައްސާނެ ކަމަށް ބެލެވެއެވެ. އެހެނީ މުނިފޫހި ފިލުވުމާއި ކުޅިވަރާއި ޒުވާނުންގެ ސަރުކާރުން މޫދުކުޅިވަު ތައް ދުނިޔޭގެ ފެންވަރުގައި ބޭއްވުމާއި، ކޮންމެ މީހަކަށްމެ ކުޅެވޭނެ ފަދަ ކުޅިވަރު ތަކެއް ކަމުގައި ހައްދަވައި ކަނޑުގެ ދިރުންތައް ރާއްޖެ އަށް އަންނަ ކޮންމެ ފަތުރުވެރިޔަކަށްމެ ފެންނާނެ ގޮތް ހަދައިދިނުމަކީވެސް ގާތް ކަމެކެވެ.

މިހެން މިކަން ވެއްޖެނަމަ ކަނޑުގެ ދަރިން ކަނޑުވެފައި ތިބުމުން އަރައިގަނެ ކުރިމަގުގައި ކަނޑުގައި އުދުހުމަކީ ވެސް ގާތްކަމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.