ދިވެހިންނަށް ކަނޑުގައި އުދުހެވޭނީ ކޮންއިރަކުންބާ؟

ފަލިން ރިޔަލުން އިންޖީނަށް އެންމެ އަވަހަށް ހިޖުރަކުރި ހިޖުރަވެރިންގެ ތެރޭގައި ދިވެހިން ހިމެނޭނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ޢާއްމުކޮށް ދިވެހިންނަށް އެނގިފައި ވަނީ މަސްދޯނިފަހަރުގައި އިންޖީނު އަޅައިދޭން ފެށީ 1974 ސެޕްޓެންބަރ 16 ގައި ރައީސް އިބުރާހިމް ނާޞިރުގެ ވެރިކަމުގައި ކަމަށެވެ.

މިއީ މުޅިއަކުން ގޯސް ވާހަކަ އެއް ނޫނެވެ. އެހެނަސް ރައީސް ނާޞިރު އިންޖީނު ގައި މަސްވެރިކަން ކުރެވޭތޯ ބައްލަވަން ހުލުލޭގައި ބޯޓްޔާޑެއް އުފައްދަވައިފި، ބޯޓުޔާޑުގައި މަސް ބޯޓެއް ބަނދެ އިންޖީނު އަޅައިގެން ބޭލީ 1964 ޖުލައި 30ވަނަ ދުވަހުއެވެ. ހަޤީޤަތުގައި މިއީ ދިވެހިންގެ އިންޖީނުގެ ފެށުމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެއީ މާޒީއެވެ. މިއަދުގެ ޒަމާނާއި ޓެކްނޮލޮޖީއަށް އައި ކުރިއެރުމާއި އެކު އެެއްބަޔަކު ކަނޑުގައި ބޮޑެތި ފަރުބަދަ ތަކެއް ކަހަލަ ބިޔަ ނައުޒޯނގު ފަހަރު ދުއްވާ ނަގަނީއެވެ. އަނެއްބަޔަކު ކަނޑުގައި އުދުހެނީ އެވެ. އެހެނަސް ދުނިޔޭގައި އެންމެ ފުރަތަމަ އިންޖީނުގައި މަސްވެރިކަން ކުރަންފެށި މީހުންގެ ތެރޭގައި ހިމެނޭ ދިވެހިން މި ދާއިރާގައި މިއަދު އުޅެނީ ވަރަށް ފަހަތުގައެވެ.

މިހެން ބުނާއިރުވެސް ދިވެހި ކަންނެލި އޮޑިފަހަރާއި، މާލެ ދަތުރުކުރާ ބައްތެލި ފަހަރަށް އައި ކުރިއެރުން ތަކެއް އެބަހުއްޓެވެ. އެހެނަސް އަރައިގެން ދާންވާ ވަރަށް ކުރި އެރުނުތޯ މިއީ އުފެދޭ ސުވާލެކެވެ.

ކޮންމެ އަކަސް ދިވެހިންގެ އަވައްޓެރިންވެސް ކަނޑުގައި އުދުހެން ފަށައިފިއެވެ. އަވައްޓެރި އިންޑިޔާގެ ކެރެލާ ސްޓޭޓުގައި މިހާރުވަނީ ކަނޑުމަތީ އުދުހޭ ފެރީގެ ޚިދުމަތް ދޭން ފަށާފައެވެ. މިމީހުން މި ޚިދުމަތް ދޭންފެށީ އެކުވެރި ޢަރަބި ޢިމާރާތުގެ ކުންފުންޏަކާ ގުޅިގެންނެވެ. ހެސްކިޔާފައި ދުވެލި ބާރަސް އިންތިހާ އަށް އަގު ހެވެވެ. ގަޑިއަކު 70، 80 މޭލު ބާރު މިނުގައި ކަނޑުމަތީ އުދުހުނަސް އަރާމު އެއާކޯނު ކޮޓަރީގައި ކަނޑުގެ ރާޅެއްވެސް ދޯންޏަށް ޖަހާނުލާ 5 ގަޑިއިރުގެ ދިގު ދަތުރެއްގައި ކޮޗިންގެ ބަދަރުން ފުރައިގެން ދުނިޔެ ދުރުގައި އޮތް ބޭޕޫރު ބަނދަރަށް ކޮށްލާ ދަތުރަކަށް ނަގަނީ އެންމެ 270 ރ އެވެ.

އިންޑިޔާގައި އަލަށް ތަޢާރަފުކުރި ހައިޑްރޯފޮއިލް ފެރީ ( ކަނޑުންއުދުހޭ ފެރީ ) ދަތުރުކުރަނީ

130 ޖާގައިގެ މި އުޅަނދަކީ ދިވެހި ރާއްޖެ އަށް އޭގެ ބޭނުން އިންތިހާ އަށް ބޮޑު އުޅަނދެކެވެ. ހުޅުމާލެ އާއި މާލެ އާއި ދެމެދު ބުރިޖެއް އެޅުނަކަސް ރާއްޖޭގެ ރައްޔިތުން އެއްރަށުން އަނެއް ރަށަށް، އެއް އަތޮޅުން އަނެއް އަތޮޅަށް ދަތުރުކުރާ ފެރީ ތަކަކީ ޒަމާނީ ބަދަލަށް އިންތިހާ އަށް ބޭނުންވެފައިވާ ފެރީ ތަކެކެވެ.

މިއީ ކިހިނަކުން ވާނެ ކަމެއް؟

މި ސުވާލު ތިޔަބޭފުޅުން އުފައްދަފާނެތީ މި ފެރީގެ ކުރެހުމެއް ތިރީގައި މި ވަނީ އެވެ.

hydrofoil ferry

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.