
ޗައިނާގެ ކުލަބަކުން ރޮނާލްޑޯ އަށް 275 މިލިއަން ޕައުންޑުގެ ބިޑެއް ކޮށްފި.
ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަބަޔަކު ގަބޫލްކުރާ ޕޯޗުގަލްއާއި ރެއާލް މެޑްރިޑުގެ ތަރި އަދި އެންމެ ފަހުން ބެލޮންޑިއޯ އެވޯޑް ހޯދި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޗައިނާގެ ކްލަބަކުން 275 މިލިއަން ޕައުންޑުގެ ބިޑެއް ކޮށްފިއެވެ.
ޗައިނާގެ ކުލަބަކުން ރިނާކްޑޯއަށް 275 މިލިއަން ޕައުންޑްގެ ބިޑެއް ކޮށްފައިވާކަން ކަށަވަރުކޮށްދީފައިވަނީ ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑެސްއެވެ.
މިކަން މީޑިއާއަށް ކަށަވަރުކޮށްދެމުން މެންޑޭސް ބުނީ 275 ނިލިއަން ޕައުންޑްގެ ބިޑެއް ޗައިނާގެ ކުލަބަކުން ރޮނާލްޑޯއަށް ކޮށްފައިވާ ކަމަށާއި އަދި މި ހުށަހެޅުމުގައި ރޮނާލްޑޯ އަށް މަހަކު 85 މިލިއަން ޕައުންޑަށް ވުރެ ބޮޑު މުސާރައެއް ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ.
“ޗައިނާގެ ކްލަބަކުން ރޮނާލްޑޯ އަށް ވަނީ 275 މިލިއަން ޕައުންޑްގެ ހުށަހެޅުމެއް ލިބިފަ. މިއީ މުސާރަ އަށް ބަލާއިރު މަހަކު 85 މިލިއަން ޕައުންޑަށް ވުރެވެސް ބޮޑުއަދަދެއް ކަމަށް ބެލެވެނީ”. ރޮނާލްޑޯގެ އޭޖެންޓް މެންޑޭސް ބުންޏެވެ.
މެންޑޭސް ބުނީ ކިތަންމެ ބޮޑު މުސާރައެއް ހުށައެޅިއަސް ރޮނާލްޑޯ އިތުރު ކުލަބަކަށް ދިއުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށެވެ.
މެންޑޭސް ބުނީ ރޮނާލްޑޯ ރެއާލް މެޑްރިޑުގައި ހުރީ ވަރަށް އުފަލުން ހިންހަމަ ޖެހިގެންކަމަށާއި އެހެންކަމުން އޭނާ އިތުރު ކުލަބަކަށް ނުދާނެކަމަށެވެ.
ރޮނާލްޑޯގެ އިތުރުން ދާދި ފަހުން ޗައިނާގެ ކްލަބް ހެބޭއީ ޗައިނާ ފޯޗިއުން އިން ވަނީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަށް 500 މިލިއަން ޔޫރޯގެ ބިޑެއް ކޮށްފަ އެވެ.
މަސްހޫރު ގިނަ ކުޅުންތެރިންތަކެއް ޗައިނާގެ ސުޕަލީގާ ގުޅެމުން ގެންދާއިރު ދާދި ފަހުން ވަނީ ދުނިޔޭގެ އެންމެ މުސާރަ ބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި އާޖެންޓީނާގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ކާލޯސް ޓެވޭޒް ޗައިނާގެ ޝަންހާއި ޝެންހުއާ އަށް ސޮއިކޮށްފަ އެވެ.
މީގެއިތުރުން އިތުރުން ކުރިން ޗެލްސީއަށް ކުޅުނު ބްރެޒިލްގެ ކުޅުންތެރިޔާ އޮސްކާ ގެ އިތުރުން އަލެކްސް ޓަކްސޭރާ އާއި ރަމިރޭޒް އަދި ޖެކްސަން މާޓިނޭޒް ފަދަ ކުޅުންތެރިން ވަނީ ބޮޑު މުސާރައަކަށް ޗައިނާ ކްލަބްތަކަށް ސޮއިކޮށްފައެވެ.
މެންޑޭސް ބުނީ ޗައިނާ މާކެޓަކީ ޔޫރަޕުގެ ކުލަބުތަކަށް އޮތް ބޮޑު ބިރެއްކަމަށް ބުނެފައެވެ.