އުރީދޫއިން 40 ރަށަކަށް 4ޖީގެ ހިދުމަތް ފޯރުކޮށްދީފި

 

އުރީދޫއިން އިތުރު 40 ރަށަކަށް 4ޖީގެ ހިދުމަތް ފޯރުކޮށްދީފިއެވެ.

އިޝްތިހާރު Below Header ad

އދ ދަނގެތީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫއިން ވަނީ މިކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.

އދ ދަނގެއްޗަކީވެސް މި ޚިދުމަތް ފޯރުކޮށްދީފައިވާ 40 ރަށުގެތެރޭގައި ހިމެނޭ ރަށެކެވެ.

އދ ދަނގެތީގައި މިއަދު މިކަމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުރީދޫގެ ސީ.އީ.އޯ ވިކްރަމް ސިންހް ވިދާޅުވީ މުޅި ރާއްޖެއަށް 4ޖީގެ ހިދުމަތްފުޅާކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމަށާއި އެގޮތުން އެ ކުންފުނިން އަންނަނީ އަންނަ މަހުގެ 15 ގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް މި ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންކަމަށެވެ.

ވިކްރަމް ސިގްހް ވިދާޅުވީ މިއީ އުރީދޫއިން ރާއްޖޭގެ މުޖުތަމައުއަށް ދޭ ހަދިޔާއެއްގެ ގޮތުން މިއަހަރު ކޮށްފައިވާ އެންމެ މުހިއްމު އެއް އިންވެސްޓްމަންޓް ކަމަށާއި އެ ކުންފުނީގެ އަމާޒަކީ ޑިޖިޓަލް މޯލްޑިވްސް އަށް ދޭ އެއްބާރުލުމުގެ ދަށުން، ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރިތަކުގެ ކުރިއެރުމަށް ބޭނުންވާ ވަރުގަދަ ނެޓްވާރކެއް ގާއިމްކުރުންކަމަށެވެ.

އަދި އަންނަ މަހުގެ މެދުތެރޭގައި 4ޖީ ނެޓްވާރކްގެ ހަލުވި ދުވެލިން މުޅި ރާއްޖެ ގުޅުވައިދިނުމަށް ވެސް އުރީދޫން  ތައްޔާރުވަމުން އަންނަ ކަމަށްވެސް އުރީދޫގެ ސީ.އީ.އޯ ވިދާޅުވިއެވެ.

އުރީދޫއިން މައުލޫމާތުދޭ ގޮތުގައި 4ޖީގެ މި އަޕްގްރޭޑް އާއިއެކު އއ، އދ، ބ، ދ، ކ، ޅ އަދި ރ އަތޮޅުގައި އުރީދޫގެ 4ޖީ ނެޓްވާރކްގެ ޚިދުމަތް ލިބެމުންދާނެއެވެ.

މި ޚިދުމަތް ލިބޭ ހުރިހާ ރަށަކާއި ރިސޯޓްތަކުގެ ލިސްޓެއް، އުރީދޫގެ ވެބްސައިޓްއިން (ޮރެ.ދޮ/4ޣޕލުސ) ލިބެން ހުންނާނެކަމަށާއި 4ޖީ ޓެކްނޮލޮޖީ މެދުވެރިކޮށް، ކަސްޓަމަރުންނަށް ހަލުވި ދުވެލީގައި އިންޓަނެޓް ޚިދުމަތް ފޯރުކޮށްދެވި، އިތުރު ފުރިހަމަކަމާއި އެކު އިންޓަރނެޓް ތަޖުރިބާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.