ސްރީލަންކަން އެއާލައިންސް ދަތުރުކުރާ ހުރިހާ މަންޒިލަކަށް ވެސް ދިއުމަށް ނަގާ ޓިކެޓުން 30 ޕަސަންޓުގެ ޑިސްކައުންޓެއް ދިނުމަށް އެ އެއާލައިނުން ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން މައުލޫމާތު ދެމުން ސްރީލަންކަން އެއާލައިންސް އިން ބުނީ 30 ޕަަސެންޓް ޑިސްކައުންޓް ލިބޭނީ މި މަހުގެ 27، 28 އަދި 29 ވަނަ ދުވަހު ބުކް ކުރާ ޓިކެޓުތަކަށް ކަމަށާއި މި ޓިކެޓުތައް ބޭނުންކޮށްގެން ދަތުރުކުރުމުގެ މުއްދަތަކީ އަންނަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހުން ފެށިގެން، ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެ އެއާލައިނުން ބުނީ ސްރީލަންކަންގެ ޓިކެޓިންގް އޮފީސްތަކުގެ އިތުރުން އޮންލައިންކޮށް ވެސް ޓިކެޓު ބުކް ކުރުމުގެ ފުރުސަތު ހުޅުވާލެވިފައި ވާނެކަމަށެވެ.
ސްރީލަންކަން އެއާލައިނުން މާލެ އާއި ކޮލޮމްބޯއާ ދެމެދު ހަފްތާއަކު 25 ދަތުރު ކުރެއެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓާ ކޮލޮމްބޯއާ ދެމެދު ގެ ދަތުރުތައްވެސް މިހާރުވަނީ ފަށައިފަ އެވެ.
މިއީ އާ އަހަރާއި ބޮޑު ޗުއްޓީގެ ދުވަސްވަރާ ދިމާކޮށް އެ އެއާލައިނުން ތައާރަފުކުރި ޚާއްސަ ޑިސްކައުންޓް ޕެކޭޖެކެވެ.
L