އަޑު ގަލަމުން (2)

14 ޑިސެންބަރު 2016 އާ ގުޅޭ

މިލިޔުމަކީ ޖަމްޢިއްޔަތުއް ސަލަފްގެ ފަރާތުން ދީނީހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން 6 ނޮވެންބަރ 2006 ގައި ސޯސަލް ސެންޓަރުގެ ސެމިނާރޫމްގައި ފަޟީލަތުއްޝައިޚް އާދަމް ޝަމީމް ދެއްވާފައިވާ ދަރުސް އަޑުއަހައިގެން ލިޔެފައިވާ ލިޔުމެކެވެ. މިދަރުސްގެ މައުޟޫއަކީ إجتنبوا السبع الموبقات “ ގެއްލިހަލާކު ކުރަނިވި ހަތް ފާފައިން ދުރުހެލިވެ ހުންނާށެވެ.“ 

……….. ރަސޫލާއަށް މުޚާތަބު ކުރައްވާ، ކަލޭގެފާނުވެސް ޝަރީކުކުރައްވައިފިއްޔާ ހުރިހާ ޢަމަލެއް ބާޠިލު ވިއްޔޭ، ﷲ ގެ ރަސޫލާގެ ކިހާހެޔޮ ޢަމަލެއްވާނެތޯ އެކަމަކު، ޝިރުކު ކުރުމާއެކުގައި އޭގެ އެއްވެސް މަންފާއެއް ފައިދާއެއް އެކަލޭގެފާނަށްވެސް ނުކުރާނެކަމަށް الله سبحانه وتعالى ކުރީބައިގައި އަންގަވައިފައި އޮތީ، ޝިރުކުގެ ބޮޑުކަން އޭގެ ނުރައްކައުތެރިކަން،

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

 

އެހެންވީމާ الله سبحانه وتعالى ވަޙީކުރައްވަނީ  إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّـهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا ﴿٤٨﴾النساء: ٤٨ . الله سبحانه وتعالى އަށް ޝަރީކުކުރުމުގެ ފާފަ އެކަލާނގެ އެކަލާނގެ ނުފުއްސަވާނޭ އެހެންނަމަވެސް އެނޫން ފާފަތައް الله سبحانه وتعالى ބޭނުން އަޅަކަށް، ސަޒާ ދެއްވަވާފަ ނުވަތަ ނުދެއްވަވާ ފުއްސަވާނެ އެހެންނަމަވެސް ޝަރީކުކުރާ މީހާ އޭނާ މަރުވުމުގެ ކުރިން ޝަރީކު ކުރުން ހުއްޓާ، ތެދުހިތުން ތައުބާ ނުވެއްޖެނަމަ، އޭނާއަށް ފަހުން އެޝިރުކު ވަރަށް ބޮޑު ގެއްލުމަކަށްވާނެ، އެއީ ސުވަރުގެ އޭނާގެ މައްޗަށް ޙަރާމްވާނެ ނަރަކަޔަކީ އަބަދާއަބަދު އެނާ ދިރި އޮންނަންޖެހޭ ތަނެއްކަމުގަ އުޅެންޖެހޭ ތަނެއްކަމުގައިވާނެ، އެގޮތަށް الله سبحانه وتعالى ޚަބަރު ދެއްވާފައިވަނީ. އެހެންވީމާ ޝިރުކުގެ ނުބައި ޢަމަލުން ސަލާމަތްވާންޖެހޭނެ. އާދެ އަޅުގަމޑުމެންނަށް ޝިރުކުގެ ނުބައިކަން އިނގޭ ވަރަށް އެހާމެ މުހިންމުކޮށް ޝިރުކަކީ ކޮންއެއްޗެއްކަންވެސް ވަރަށް ރަގަޅަށް އެގެންޖެހޭ، އަޅުގަނޑު މެންނަށް އަޅުގަނޑުމެންގެ އަނބިދަރީންނަށް އަޅުގަނޑުމެންގެ ގާތްތިމާގެމީހުންނަށް އެއްބަނޑު އެއްބަފާމީހުންނަށް މައިންބަފައިންނަށް ރަޙްމަތްތެރީންނަށް އަޅުގަނޑުމެންގެ ވަށައިގެންވާ އެންމެނަށް އިސްލާމީ މުޖްތަމަޢުގައި ދިރިއުޅޭ އެންމެނަށް އެނގެންޖެހޭ ޝިރުކަކީ ކޮބައިކަން، އެދަސްކުރަން ޖޭހޭ އުނގެނެންޖެހޭ ތައުޙީދު، ﷲ ގެ އެއްކައުވަންތަކަން، ނަމާދު ޤާއިކުރުމުގެ ގޮތްތަށް، ޒަކާތް ދިނުމާ ރޯދައިގެ ގޮތްތަށް ޙައްޖުގެ އަޙްކާމްތަށް ދަސްކުރާފަދައިން، ޝިރުކަކީ ކޮބައިކަން ދަސްކުރަންޖެހޭ، عرفت الشر لا للشر لكن لتوقيه ، ޢިލްވެރިން ވިދާޅުވަނީ، މިއީ ޅެންބައިތެއް، ޢިލްމުވެރިން އެއްމެން ވިދާޅުވާ އެއްޗެއް، ނުބައިކަންތައްތައް ތިމަންނަ ދަސްކުރަނީ އެނުބައި ކަންތަކަށް އަރައިގަނާކަށް ނޫނެ! އޭގެން ސަލާމަތް ވުމައްޓަކައެ.އެހެންވީމާ އުންމަތުގައި ނުބައިކަންތައް ދަސްކުރާމީހުން އުޅޭ އެކަން ކުރުމަށްޓަކައި، އެހެން ނަމަވެސް އަޅުގަނޑުމެން ނުބައިކަންތައްތައް ޖެހެނީ އޭގެން ސަލާމަތް ވުމަށްޓަކައި، އެގޮތުން ޝިރުކަކީ ދަސްކުރަން ވާޖިބުއެއްޗެއް. އާދެ! ޝިރުކުގެ ތަޢުރީފް، ޢިލްމުވެރިން އަހްލުއްސުންނަ ވަލް ޖަމާޢަތުގެ ޢިލްމުވެރިންނާ ހުރިހާ އެންމެންވެސް ބަޔާން ކުރައްވާގޮތަކީ، ﷲ އާ ޝަރީކު ކުރުމުގެ މާނަޔަކީ ނުވަތަ ޝިރުކުގެ މާނަޔަކީ الله سبحانه وتعالى ގެ ރަސްކަންފުޅަށް އަދާކުރުމަށް އަމުރު ކުރެވިގެންވާ އަޅުކަންތައް، އެއިން އެއްވެސް އަޅުކަމެއް ﷲ ފިޔަވައި އެހެންފަރާތަކަށް އަދާކުރުން. އެގޮތުން، ނަމަދާ ޒަކާތާ ރޯދަޔާ ޙައްޖާ ޤިޔާމާ ރުކޫޢްއާ ސުޖޫދް، ކުރުމުގެ އިތުރަށް، ދުޢާ ކުރުމާ މުޞީބާތްތަކުން ފިއްލެވުމަށް އެދި ދެންނެވުމާ، އެންމެހައި ބޮޑެތި ކަންތައްތަކުގައި ދެންނެވުމާ،ބަލިމަޑުކަމުގެ ޝިފާޔަށް އެދި ދެންނެވުމާ، ޣައިބުގައި އެފަރާތަކަށް ދެންނެވުމާ، އަދި އުންމީދުކުރުމާ، ވަކީލުކޮށް އިޢުތިމާތު ކުރުމާ އިތުބާރު ކުރުންފަދަ، ނަދުރު ބުނުންފަދަ الله سبحانه وتعالى އަޅުކަމެއްގެގޮތުގައި އެ އިލާހު ޚާލިޞް ކުރުމަށް އަންގަވާފައިވާ، އެއްވެސްކަމެއް ﷲ ނޫން ފަރާތަކަށް ކުރުން އެއީ ޝިރުކު، ﷲ ނޫން އެހެން ފަރާތެކޭބުނީމައި ﷲ ފިޔަވައި އެކަލާނގެ ހުސް މަޚްލޫޤުން އޮންނާނީ ދުނިޔޭގައ، ﷲ ގެ ޛާތުފުޅު ފިޔަވައި، ދެންހުސް މަޚްލޫޤުން ތިބޭނީ.އެއްވެސް މަޚްލޫޤަކީ މިއިން އަޅުކަމެއް އެފަރާތަކަށް އެނބުރުމުގެ ޙައްޤު އޮތް ފަރާތެއްނޫން. އެއީ މަލާއިކަތް ބޭކަލެއްކަމުގައިވިޔަސް ރަސޫލުބޭކަލެއްކަމުގައިވިޔަސް ނަބީބޭކަލެއްކަމުގައިވިޔަސް ސިއްދީޤެއް ކަމުގައިވިޔަސް ޝަހީދެއްކަމުގައިވިޔަސް ވަލީވެރިޔެއްކަމުގައިވިޔަސް ކިޔަންމެބޮޑު ޢިލްމުވެރިއެއްކަމުގައިވިޔަސް ކިތަންމެ އިޙްތިރާމް ކުރެވޭމީހެއްކަމުގައިވިޔަސް އަދި އެއީ ގަހެއް ހިލައެއް ކަމުގައިވިޔަސް އިރުހަނދާ ތަރިތައް ކަމުގައިވިޔަސް އެއްވަސް އެއްޗަކަށް މިއިން ޢަމަލެއް އަނބުރައިފިނަމަ ނުވަތަ މިއިން ޢަމަލެއް އެއްވެސް ކަމެއްގައި މިއިން އެއްޗެއް ބައިވެރިކޮށްފިނަމަ، އެމީހާޔަށް އެކުރެވުނީ ޝިރުކު.އެއީ އެމީހާގެޢަމަލުތައް ބާޠިލުކޮށް އެމީހާގެއްލި ހަލާކުކުރުވަނިވި ނުރައްކައުތެރި ބިރުވެރި ޢަމަލެއް. އެހެންވީމާ މި އެންމެހައި އަޅުކަންތަކެއް الله سبحانه وتعالى އަށް ޚާލިޞްކޮށް އަދާކުރަންޖެހޭނެ. އެގޮތުން ޝިރުކުގެ ވާކަހަކަ މިތަޢުރީފު ކިޔައިދިނީމާ ބައެއްމީހުން، އަދި އަޅުގަނޑުމެންގެ ދިވެހިންގެތެރޭގައި އުޅޭ ބައެއްކިޔަވާފައި ތިބޭމީހުން ބުނޭ، ތީކޮންކަހަލަ ވާހަކައެއްހޭ ތިދައްކަނީ؟ ޝިރުކަކީ ބުދަށް އަޅުކަން ކުރުމޭ، އެހެންނޫނިއްޔާ ޝިރުކެއް ނުހުންނާނޭ މުސްލިމުނަކަށް ޝިރުކެއް ނުކުރާނޭ މުސްލިމުން ކުރާކަނތަކަށް ނުކިޔާނޭ ޝިރުކެއް، لا إله إلا الله ، ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކުނުވޭ، ބުދަށް އަޅުކަން ކުރުމަކީ ޝައްކެއްވެސްނެތް ޝިރުކު، އެހެންނަމަވެސް ބުދަށް އަޅުކަން ކުރުން އެކަންޏެއްނޫން ޝިރުކަކީ، ޝިރުކަކީ އެއިލާހަށް އެއިލާހު ޚާއްޞަ ކުރައްވާފައިވާ އެއްވެސް އަޅުކަމެއް އެހެން ފަރާތަކަށް އެނބުރުން ނުވަތަ އެހެނފަރާތެއް ބައިވެރި ކުރުން އެހެންވީމާ، އެއަޅުކަންކަން الله سبحانه وتعالى ވަރަށް ޞަރީޙަކޮށް ބަޔާން ކުރައްވާފައި ވަކިން ތަފްޞީލުކޮށް އެކަންކަން ބަޔާން ކުރައްވާފައި އެބަހުރި. އަޅުގަނޑުމެންނަކަށް އޮޅުމެއް ނުވަތަ ޝައްކުވުމެއް އަންނާކަށް ނުޖެހޭ އެގޮތުން މިސާލަކަށް އެންމެ އާންމުކޮށް ޝިރުކު ކުރެވޭކަންތައްތައް ދުޢާކުރުމާ ދެންނެވުން الله سبحانه وتعالى ވަޙީކުރައްވަނީ: وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ ….. ﴿٦٠﴾ غافر: ތިޔަބައިމީހުންގެ ربّ ތިޔަބައިމީހުންނަށް އަމުރު ކުރައްވަޔޭ، ادْعُونِي أَسْتَجِبْ لَكُمْ ، ތިމަން ﷲ އަށް ދަންނަވާށެ ތިޔަބައިމީހުން ތިމަން ﷲ، އިޖާބަ ކުރައްވާނަމެވެ. وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا ﴿١٨﴾ الجن: ١٨. ”ތިޔަބައިމީހުން ދުޢާ ކުރުމާ ދެންނެވުމުގައި ﷲ ފިޔަވައި އެއްވެސް ފަރާތަކަށް ނުދަންނަވާށެ.“ ދެންނެވުމުގައި الله سبحانه وتعالى ނޫން އެއްވެސް ފަރާތެއް ބައިވެރިކޮށްގެންނުވާނެ. މުޞީބާތަކުން ސަލާމަތް ވުމަށް އެދި ދަންނަވަން ޖެހުނަސް، އެހީތެރިކަމަކަށް އެދިދަންނަވަން ޖެހުނަސް ނަޞްރާ މަދަދަށް އެދި ދަންނަވަން ޖެހުނަސް. إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ. (سورة الأنفال 9) رسول الله صلى الله عليه وسلم އާއި އަޞާޙާބުބޭކަލުން، ހަނގުރައިމައިގައި މަދަދަށް އެދި ދެންނެވީ الله سبحانه وتعالى އަށް، މުއުމިނުން، މުސްލިމުން، (إِيَّاكَ نَعْبُدُ وإِيَّاكَ نَسْتَعِينُ) الفاتحة: ٥ ، ”އިބަރަސްކަލާނގެއަށް ޚާލިޞްކޮށް ތިމަންމެން  އަޅުކަންކުރަމެވެ. އަދި. އެންމެހައި އެހީތަކަށް އެދި ދަންނަވަނީ އިބަރަސްކަލާނގެ ޙަޟްރަތަށެވެ“. وَإِلَىٰ رَبِّكَ فَارْغَبْ ﴿٨﴾ الشرح: ٨ ، ﷲ ގެ ރަސޫލާ އަށް އަމުރު ކުރައްވަނީ، ”ކަލޭގެފާނު އުންމީދު ކުރައްވާށޭ الله سبحانه وتعالى ޙަޟްރަތަށް“. އެހެން އެއްވެސް ފަރާތަކުން އެއްވެސް ކަހަލަ އުންމީދެއް ނުވޭ، އެއީ ދުނިޔެ މަތީގެ ކުދިކުދި ކަންތައްތަކެއްނޫން، އަޅުގަނޑުމެން ކުރާ ކަންތައްތަކަށް ޞަވާބު ދެއްވުމާ ނުބައިކަންތައްތަކަށް އޭގެ ސަޒާދެއްވުމުގެ ޙާއްޤާ ބާރު ލިބިގެންވާ ފަރާތް އެއީ، الله سبحانه وتعالى. އެހެންވީމާ! އިތުބާރު ކުރަންޖެހެނީ ވަކީލުކުރަންޖެހެނީ ނުވަތަ އުންމީދު ކުރަންޖެހެނީ الله سبحانه وتعالى އަށް، އެއިލާހު ޚާއްޞަވެގެންވާ އަޅުކަމެއް އެހެންފަރާތަކަށް ބައިވެރިއެއްނުކުރެވޭނެ. وَإِيَّايَ فَارْهَبُونِ﴿٤٠٠﴾  البقرة: ٤٠ ތިމަން ﷲ އަށް ތިޔަބައިމީހުން ބިރުވެތިވާށެވެ“ ، وَإِيَّايَ فَاتَّقُونِ ﴿٤١١﴾ البقرة: ٤١ ، ތިމަން ﷲ އަށް ތިޔަބައިމީހުން ތަޤުވާވެރިވާށެވެ“. ބިރުވެތިވާންޖެހޭނީ الله سبحانه وتعالى އަށް. ބިރުވެތިވާން ޖެހެނީ ﷲ އަށް ތަޤުވާވެރި ވާންޖެހޭނީ الله سبحانه وتعالى އަށް. އެނޫން އެއްވެސް ފަރާތަކީ ބިރުވެތިވާންޖެހޭ ފަރާތެއްނޫން. ސުވާލު އުފެދިދާނެ، ތިމަންމެން އެންމެންވެސް ބިރުގަނެޔޭ، ބިންމަތީގައިވާ ދުނިޔެމަތީގައިވާ ބައެއް ކަންތައްތައްދެކެ މިސާލަކަށް ބައެއް ނުރައްކައުތެރި އެއްޗިހިދެކެ، ހަރުފަދެޖެ ބިރުގަނޭ މީހުން، ނަގުލަންދާށި ދެކެބިރުގަނޭ، ބައެއް ތަންތާނގެ ބޮޑެތިނީހުން ،ވެރިން ދެކެވެސް ބިރުގަނޭ، އަދިވެސް މިހެން ބައިވަރު ބިރުގަންނަ ކަންތައްތަކެއް އެބަހުރޭ މަގުފޭރޭ މީހުންދެކެ ބިރުގަނޭ، މިހާރު އަޅުގަނޑުމެން ބިރުގަނޭ މަލޭގައި އުޅޭއިރު ތަންކޮޅެއް ހަށިގަނޑު ވަރުބަލިކޮށް ހުންނަކަހަލަ މީހަކު ކިލާމީހަކު ފެނުނަސް، އެއީ ޝިރުކަށް ވަންނާނެތޯ؟ ނޫންތޯ؟ ނޫން، ދުނިޔެވީގޮތުން ކުރިމަތީގައި ފެންނަންއިން ނުރައްކަލެއް، އޭގެން ގެއްލުމެއްލިބިދާނެކަމަށް ޠޮބީޢީ ގޮތުން އަންނަބިރު، އެއީކީ ޝިރުކެއްނޫން، އެހެންނަމަވެސް،ބައެއްމީހުން ތިބޭ، ވެރިމީހައަށް ނުވަތަ ބައެއް ތަޤުވާވެރި ޢިލްމުވެރިންނަށް، ނުވަތަ ބައެއް ޞާލިޙުންނާ ވަލީވެރިންގެ ހަނދުމަކުރެވޭއިރު، ޛިކުރު ކުރެވޭއިރުގައި ބިރުގަންނަ.އެމީހުންނަށް ބަދުބަހެއް، އެއީ އެމީހުންގެ ތަޤުވާވެރިކަމަކުން ނޫން އޭނަ ދެކެނީ އެމީހަކީ الله سبحانه وتعالى ގޮތަށް ސަޒާދެއްވޭ ބޭފުޅެއްކަމަށް، އެމީހަކީ الله سبحانه وتعالى ގޮތަށް ތިމަންނަޔަށް ގެއްލުމެއް ދެވިދާނެ މީހެއްކަމަށް، އެގޮތަށް ހީކޮށް ބިރުގަތުން. އަޅުގަނޑުމެންގެތެރޭގައި ބައެއްމީހުން ބަޑީއެދުރުގެ ނަން އިވުމުން ވަރަށް ބިރުގަނޭ، ކުޑަކުދިން އެހެން ކިޔަން ފަށާއިފީމު، ކޮޑެތިމީހުން ބޭބެމެން އެބަބުނޭ ތިހެން ނުކިޔާށެ،ތިޔަކަހަލަ އެއްޗިހި ނުކިޔާށެ، އެއީ ވަރަށް ނުރައްކާތެރި ބިރުވެރި އެއްޗެއް، ކޮންމެސް ޖިންނީ ޝައިޠާނާއެއް ކަންނޭގެ، އެޔަށް ކޮން ގެއްލުމެއްތޯ ދެވޭނީ؟ ކޮންބަޑި އެދުރެއްތޯ އޮންނާނީ، އެއްވެސް ބަޑިއެދުރެއް ހާންމުންޑިއެއް ޖިންނިއެއް ނޯންނާނެ މުސްލިމުން މުއުމިނުން ބިރުގަންނަންޖެހޭ. ﷲ އަށް ބިރުގަނަގޮތަށް ޣައިބުގަ އެއެއްޗިއްސަށް ބިރުގަންނަން ވެއްޖިއްޔާ އެއީ ޝިރުކުގެ ތެރެއަށް ވަންނާނެ. އެހެންވީމާ މިބިރުވެތިވުމާ، ތަޤުވާވެރިވުމާ، އުންމީދުކުރުމާ، އިތުބާރުކުރުމާ އިޢުތިމާދު ކުރުމާ މިފަދަ ކަންތައްތައް މުސްލިމުން ޖެހޭނެ ކިޔަވައި ދަސްކޮށް އޮޅުން ފިލުވައިފައި ބަހައްޓަން، އޭގެތެރޭގައި ޝިރުކާ ޝިރުކަށް ވަންނައެއްޗިއްސާ ނުވަންނަ އެއްޗިހި ވަކިކުރެވެން. އެހެންވީމާ! ޚާއްޞަކޮށް އަޅުކަމުގައި الله سبحانه وتعالى ޚާއްޞަ ކުރަންޖެހޭނެ. ނަދުރު ބުނުމާ ކަތިލުމާ ހުރިހާކަމަކީވެސް އަޅުކަން. އެއީ ބައެއްމީހުން ކުދިކުދި ކަންތައްތައް ކަމުގައި ފަރުވާކުޑަކުރާ ކަންތައްތައް. رسول الله صلى الله عليه وسلم އަށް الله سبحانه وتعالى އަމުރު ކުރައްވަނީ: قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ ﴿١٦٢﴾ الأنعام: ١٦٢ . ކަލޭގެފާނު އިޢުލާނު ކުރައްވާށެވެ، ވިދާޅުވާށެވެ. – إِنَّ صَلَاتِي – ތިމަންކަލޭގެފާނުގެ صلاة (ނަމާދު، ދުޢާކުރުން ދެންނެވުން، – وَنُسُكِي – ތިމަން ކަލޭގެފަނު ކަތިލާއެއްޗިހި،- و وَمَمَاتِي  – އަދި ތިމަންކަލޭގެފާނުގެ މަރުވުން، – وَمَحْيَايَ – އަދި ދިރުންވެސް،-   لِلَّهِ رَبِّ الْعَالَمِينَ  – ޢާލަމްތަކުގެ ވެރިރަސްކަލާންގެއަށޭ މިލްކުވެވޮޑިގެންވަނީ، ޚާއްޞަވެގެންވަނީ މީގައި އެއްވެސް އެހެންފަރާތެއް ބައިވެރި އެއްނުވެއެ. الله سبحانه وتعالى ގެ ތަޤުވާވެރި އަޅުން ނަދުރު ބުނެފައިވަނީ ހަމައެކަނި الله سبحانه وتعالى އަށް. عيسى عليه السلام ގެ މަންމާ ފުޅު، مريم عيه السلام ، ވިދާޅުވަނީ ކީކޭ، عيسى عليه السلام އުފަންވެވަޑައިގަތުމުން އެކަލޭގެފާނު އަތްމައްޗށް ލައިގެން ވަޑައިގެންނެވީ ޤައުމުގެ މީހުންގެ ގާތަށް، އެވަޤުތުގައި ޤައުމުގެ މީސްތަކުން އައިސް ސުވާލުކުރާނެތީވެ އެކަމަށް ޖަވާބުދޭން އެކަމަނާ އަށް ދަތިވާނެވަރު ވިސްނީ. އެކަން އެގޮތައް އޮތީތީވެ އެކަމަނާ ﷲ އަށް ބިރުވެތިވެ ވަޑައިގެންނެވީމަ الله سبحانه وتعالى އަމުރު ކުރެއްވި، އެބައިމީހުން އައިސް ކަމަނާޔާ ތިބޭފުޅާޔާބެހޭގޮތުން ސުވާލު ކޮއްފިނަމަ،އެމީހުނަށް އަންގާށޭ، إِنِّي نَذَرْتُ لِلرَّحْمَٰنِ صَوْمًا (مريم: ٢٦) . ތިމަންނަ މިހިރީ ރަޙްމާން، الرحمن އަށްޓަކައި ނަދުރުބުނެގެންނޭ އެއްވެސް މީހަކާ ވާހަކަ ނުދައްކަން. އެހިނދުގައި عيسى عليه السلام ޖަވާބު ދެއްވި، އަދި مريم عيه السلام ގެ މަންމާފުޅު، އޭގެމާކުރިން ނަދުރު ބުނެފި ﷲ އަށްޓަކައި. إِنِّي نَذَرْتُ لَكَ مَا فِي بَطْنِي مُحَرَّرًا (آل عمران: ٣٥ )  ތިމަންކަމަނާގެ ބަނޑުގައި މިއޮތް ދަރިފުޅު އިބަރަސްކަލާނގެ ވަޖްހުފުޅައްޓަކައި އިބަރަސްކަލާނގެ ދީނަށްޓަކައި ވަޤުފް ކުރުމަށް ތިމަންނާ ނަދުރުބުނެފީމެވެ. ކާކަށްތޯ ނަދުރުބުނީ؟ މެދުޒިޔާރަތަށްތޯ؟ ނޫނީ އުތީމުގަނޑުވަރަށްތޯ؟ ނޫން! ﷲގެ ޛާތުފުލަށް، ﷲގެ ރުއްސެވުމަށް އެއިލާހު އަންގަވާފައިވާ ހެޔޮކަންތައްތައް ކުރުމުށް ހަމައެކަނި ނަދުރު ބުނަން ޖެހޭނީ. ނަދުރުގެ ތެރޭގައި ޝިރުކު އެކުލެވޭގޮތަށް ނަދުރު ބުނެވިއްޖެއްޔާ ދުވަސް ދިޔައީ. މިސާލަކަށް ޢަބްދުލް ޤާދިރު ޖީލާނީ އަށްޓަކައި ތިމަންނާ މިވެނި ކަމެއް ކުރާނަމޭ، ނުވަތަ ތިމަންނާގެ މިގެއްލިގެންއުޅޭ އެތި ހޯދައިދީފީމު، ނުވަތަ ތިމަންނަޔަށް ފެނިޖެއްޔާ ބޯހުނި އަލިބެޔަށް ނަދުރު ބުނެފާނެ، الله سبحانه وتعالى ނޫން އެއްވެސް ޛާތަކަށް ޣައިބު އެނގިގެންނުވޭ، އެއްވެސް ފަރާތަކަށް ޣައިބުނެ ކަންތައްތަކެއް ނޭނގޭ އެއްވެސް ފަރާތަކަށް ކުޅަދާނަކަމެއް ލިބިގެނެއްނުވޭ. ކިހިނެތްތޯ އަޅުގަނޑުމެން އެފަރާތް ދޫކޮށްފައި އެފަރާތުން ހައްދަވައިފައިވާ ނިކަމެތި ބަލިކަށި އަދި މަރުވެގޮސްފަ ފަނާވެގޮސްފައިވާ ބައެއްގެ ވާހަކަ ނަންގަނެވޭނީ؟ ރަގަޅު އަޅުގަނޑު ނުބުނަށް ހުރިހާ ދިވެހިން ނަދުރު ބުނަނީ ޝިރުކަށްވާ ގޮތަކަށޭ.  الله سبحانه وتعالى  ތިމަންނަގެ މިވެނިކަމެއް ކޮށްދެއްވައިފީމު، ތިމަންނަ މެދުޒިޔާރަތަށް ދުންއަޅާނަމޭ ނުވަތަ އެތަނުގައި މިވެނި ކަމެއްކުރާނަމޭ ބުނުން، އޭގެ ޒާތުގައި ޝިރުކަކަށް ނުވިޔަކަސް އެއީވެސް ޙަރާމް ވެގެންވާ ކަމެއް. އެގޮތަކީ އެއީކީ ހެޔޮ ޢަމަލެއްނޫން މެދުޒިޔާރަތަށް ނުވަތަ ކޮންމެސް އެހެން މާތް މީހެއްގެ ޤަބުރަށް ނުވަތަ ކޮންމެވެސް ކަހަލަ ރަގަޅުހެންހީވާތާކަށް ގޮސްދުންއެޅުން ނުވަތަ އެތަންތަނަށް ކާބޯ ތަކެތި ހަދިޔާކުރުން، ނުވަތަ އެތަންނަތައް ކަންތައްތައް ކުރުމަކީ އެއީކީ ހެޔޮކަމެއްނޫން. الله سبحانه وتعالى ނުވަތަ އެކަލާނގެ ރަސޫލާ ހެޔޮކަމެއްކަމުގައި އަނގަވާފައިވާ ކަންތަކަށް ނަދުރު ބުނަނީ.ރޯދަ ހިފުމަށް ނަމާދުކުރުމަށް ޞަދަޤާތު ހައިރާތު ކުރުމަށް، ނުވަތަ އެހެންވެސް އާދަމްގެ ދަރިޔަކަށް މާތް ރަސްކަލާނގެ އަޅަކަށް ދަތިޙާލު ޖެހިގެނއުޅޭމީހަކަށް އުނދަގޫ ފިއްލަވައިދިނުން. ދެން އަނެއްކޮޅުން ނަދުރަކީމީ އަޅުގަނޑުމެންނަށް އެގެންޖެހޭއެއްޗެއް. ވަރަށް ގިނައިން ނަދުރުބުނާމީހުންނަކީ އެއީ ޙަޤީޤަތުގައި އީމާންކަން ވަރަށް ބަލިކަށިމީހުން. އެހެން މިބުނަން ޖެހުނީ رسول الله صلى الله عليه وسلم އެކަމަށް ތާޢީދު ކުރައްވާފައިނެތީމަ. ކުރީގެ އުންމަތް ތަކުގައި ނަދުރު ބުނުން އައިސްފަ އެބަހުރި އެހެންނަމަވެސް އަޅުގަނޑުމެން މިބުނާ ގޮތަކަށްނޫން އެމީހުން ނަދުރު ބުނަނީ. ދިވެހިން ނަދުރު ބުނުންކަމުގައި ދެކެނީ، އެއްޗެއްގެ ބަދަލުގައި އެއްޗެއް ދިނުން. އެނަދުރުގެ ވާހަކަ އަޅުގަނޑު މިބުނަނީ އެއްގޮތަކަށްވެސް އޮޅުވާނުލާތި. ޝަރީޢަތުގައި ކަނޑައެޅިފައިވާ ނަދުރަކީ ﷲ އަށްޓަކައި ކަމެއްކުރުމަށް ތިމާގެ ނަފްސަށް ވާޖިބުކުރުން. ތިމާޔަށް ކަމެއް ލިބުނަސް ނުލިބުނަސް މައްސަލަޔެއްނެތް الله سبحانه وتعالى އަކަށް ޝަރުތެއް ނުކުރޭ އިބަރަސްކަލާނގެ މިއަޅާއަށް، އެވެނިއެއްޗެއް ދެއްވައިފީމު ތިމަންނަވެއް އިބަރަސްކަލާނގެއަށް އެވެނިއެއްޗެއް ދޭނަމެ. މިއީ ކޮންކަހަލަ ނަދުރެއްތޯ؟ رسول الله صلى الله عليه وسلم ޙަދީޘްފުޅު ކުރައްވަނީ،  وإنما يستخرج به من البخيل ، މިކަހަލަ ނަދުރު ނިކުންނާނީ ބަޚީލުންގެ އަނގައިންނެ. ﷲ އަށްޓަކައި ކަމެއްކޮށްދޭއިރުގައި ޖެހޭތޯ ޝަރުޠުކުރަން؟ ތިމަންނަޔަށް ކަމެއް ކޮށްދެއްވައިފިއްޔާ ތިމަންނަވެސް ކޮށްދެއްވާނަމެވެ. الله سبحانه وتعالى އެބައުޅޭތޯ އަޅުގަނޑުމެންގެ ޢަމަލުތަކާ އަޅުގަނޑުމެންގެ ހަދިޔާތަކަށް ބޭނުންވެގެން. އެކަލާނގެޔަކީ فَإِنَّ اللَّهَ غَنِيٌّ عَنِ الْعَالَمِينَ (سورة آل عمران)97 ، މުޅިޢާލަމްތަކުން ފުދިވޮޑިގަންނަވާ އިލާހު، އެހެންވީމާ ޝަރީޢަތުގައި ކަނޑައެޅިފައިވާ ނަދުރަކީ الله سبحانه وتعالى އަށް ކުއްތަންވުމުގެ ގޮތުން، އެއިލާހުގެ ރުއްސެވުން ހޯދުމަށްޓަކައި އެއިލާހު ވާޖިބުނުކުރައްވާކަމެއް ތިމާއަމިއްލަ ނަފްސަށް ވާޖިބުކޮށްގެން ކުރުން މިސާލަކަށް، مريم عيه السلام ގެ މަންމާފުޅު ވިދާޅުވިފަދައިން، އޭގައި އެބައޮތްތޯ އެއްވެސް ޝަރުތެއް؟ ދަރުރު ވިދާޅުވަނީ ތިމަން ކަމަނާގެ ބަނޑުގައި މިއޮތް ދަރި، ދަރިކަލުން ނުވަތަ ދަރިކަނބަލުން، އެކަމަނާ ހީކުރެއްވީ ފިރިހެންކުއްޖަކަށް ވާނެކަމަށް، ތިމަންނާގެ ދަރިކަލުން ނުވަތަ ދަރިކަނބަލުން ބަނޑުގައިމިވާ ކުއްޖާ އިބަރަސްކަލާނގެ ވަޖްހު ފުޅަށްޓަކައި މިނިވަން ކުރާނަމެވެ. އެއީ ނަދުރަކީ. مريم عيه السلام ވިދާޅުވީ ކީކެ؟ ﷲ އަށްޓަކައި ތިމަންނާ މިހިރީ ނަދުރުބުނެގެންނޭ އެއްވެސްމީހަކާ ވާހަކަނުދަށްކަން. އެހެންވީމާ އަޅުގަނޑުމެންނަށް ނަދުރު ބުނެވިދާނެ،  الله سبحانه وتعالى އަށްޓަކައި ތިމަންނާ ރޯދައެއް ހިފާނަމެ. ނުވަތަ ނަމާދެއް ކުރާނަމެ، ނުވަތަ ޞަދަޤާތެއް ކުރާނަމެ. އެކަލާނގެ ޙަޟްރަތުން އެއްވެސް އެއްޗެއްގެ ބަދަލަކަށްއެދިގެނެއް ޝަރުތު ކޮށްގެނެއްނޫން. އެހެންވީމާ އެ ޝަރުތުކުރުމަކީ އެއީ ޢިލްމުވެރުން ވަރަށް މަނާކުރައްވާ ކަމެއް އަނެއްކާ رسول الله صلى الله عليه وسلم އެއީ! ބަޣީން ދަހިވެތިންގެ އަގައިން ނިކުންނަ އެއްޗެއް ކަމުގައި ޚަބަރު ދެއްވާފައި ވާކަމެއް. ވީމާ އާންމުކޮށް ކިޔަވާކުދިން ޓެސްޓުން ފާސްވޭތޯ ނުވަތަ އެހެންވެސް އުޅޭ ބައްޔަކު ބައްޔެއްވީމަ އެބަލިން ޝިފާއެއްލިބޭތޯ އެބުނާ ނަދުރަކީ އެހާބޮޑަށް އެދެވިގެންވާ ނަދުރެއްނޫން. އެހެންނަމަވެސް އެޙަރާމްގެ ދަރަޖަޔަކަށް ޢިލްމުވެރިންނެއް ވިދާޅެއްނުވޭ އެކަމަކު މަކްރޫހަ ދަރަޖަޔަށް ޢިލްމުވެރިން އެކަމާބެހޭގޮތުން ވިދާޅުވޭ އެހެންވީމާ މީ ވަރަށްބޮޑަށް ވިސްނާ ދެނެގަންންޖެހޭނެކަމެއް. ކޮންމެއަކަސް އަޅުގަނޑުމެން މިކުރި ތަޢުރީފާ އިލާހީ ވަޙީން އެއިލާހު އަދާކުރުމަށް އަންގަވާފައިވާ އަޅުކަންތަކަށް ބަލައިލާއިރުގައި އަޅުގަނޑުމެނަށް އެގިއްޖެ ތައުޙީދަކީ ކޮބައިކަން. ތައުޙީދަކީ الله سبحانه وتعالى އެއިލާހުގެ ޛާތުފުޅަށް އަދާކުރުމަށް ޚާއްޞަ ކުރައްވައިފައިވާ އެންމެހައި އަޅުކަންތަކެއް، ދުޢާ ކުރުމާ ދެންނެވުމާ މުޞީބާތް ތަކުން ފިއްލެވުމަށް އެދުމާ ނަޞްރާ ކާމިޔާބަށް އެދުމާ ނަދުރު ބުނުމާ އެކަލާނގެ ޙަޟްރަތަށް އުންމީދުކުރުމާ އެއިލާހަށް ބިރުވެތިމުވާ މިހެންގޮސް ހުރިހާ ޚާއްޞަ އަޅުކަންތަކެއް ހަމައެކަނި ﷲ އަދާކުރުން. އޭގައި އެއްވެސް ފަރާތެއް ބައިވެރި ނުކުރުން. އެގޮތަށް الله سبحانه وتعالى އަޅުކަން ކުރަން އަޅުގަނޑުމެނަށް (މުއުމިނުންނަށް) އަމުރު ކުރައްވާފައިވަނީ وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا ۖ (النساء: )٣٦ ތިޔަބައިމީހުން ﷲ އަށް ޚާލިޞްކޮށް އަޅުކަން ކުރާށެ އެކަލާނގެއާ އެއްވެސް ފަރާތެއް ބައިވެރި ނުކުރާށެވެ. أَلَا لِلَّهِ الدِّينُ الْخَالِصُ  (الزمر: ٣) . الله سبحانه وتعالى ވަޙީ ކުރައްވަނީ، فَاعْبُدِ اللَّهَ مُخْلِصًا لَّهُ الدِّينَ  (الزمر: ٢) ތިޔަބައިމީހުން އަޅުކަންކުރާށެ އިޚްލާޞް ތެރިކަމާއެކުގައި ކުރާށެ އޭގައި އެއްވެސް ދެއްކުންތެރިކަމެއް އެއްވެސް ފަރާތަކަށް ބައެއް އެޅުމެއް ނުބާއްވާ. – أَلَا لِلَّهِ الدِّينُ الْخَالِصُ  (الزمر: ٣) – އެހެނީ ޚާލިޞް ވެގެންވަ ޠާހިރު ފުރިހަމަ އަޅުކަމާ އެދީން ޙައްޤު ވެގެންވަނީ ﷲ އަށް އެކަންޏެވެ. އެއީ އެކަލާނގެއީ ހުރިހާ ނިޢުމަތްތަކުގެ ވެރި ރަސްކަލާނގެއަކީ. މިގޮތަށް އަޅުގަނޑުމެން އަޅުކަން ކުރީމާ އަޅުގަނޑުމެންނަށް الله سبحانه وتعالى އުފައްދަވާފައިވާ މަޤްޞަދު ކާމިޔާބު ވާނީ  وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ ﴿٥٦﴾ الذاريات. الله سبحانه وتعالى އިންސީންނާ ޖިންނީން އުފެއްދެވީ ހަމައެކަނި އެއިލާހަށް ޚާލިޞްކޮށް އަޅުކަން ކުރުމަށްޓަކައި، އެއްވެސް އެހެންފަރާތެއް ބައިވެރި ނުކުރުމަށްޓަކައި، ކިތަންމެ ގިނަ އަޅުކަމެއް ﷲ އަށް އަދާކޮށްފަ ކުޑަކުޑަ ކަމެއްގައި، ކުޑަ ކުޑަ ކަމެއްގައި ﷲ ނޫން އެހެންފަރާތަކަށް އަދާކުރިޔަސް އެމީހާގެ ހުރިހާ ކުރިމަސަތްކަތެއް ބޭކާރުވެގެން އެދިޔައީ، ހުރިހާ އެއްޗެއް ފަނާވެގެންދިޔައީ، الله سبحانه وتعالى ވަޙީކުރައްވަނީ(( أنا أغْنى الشُّركاء عن الشِّركِ، مَنْ عَمِل عَمَلا أشرك فيه مَعي غيري تركتهُ وشِرْكَهُ ))  ތިމަން ﷲ އަކީ ޝަރީކު ކުރެވޭ ހުރިހާ ފަރާތްތަކުން އެންމެ ފުދިވޮދިގެންވާ އިލާހެވެ. އެކަލާނގެއީ ފުދިވޮޑިގެންވާ އިލާހު. ތިމަން ﷲ ކުރެވޭ އަޅުކަމެއްގައި އެއްވެސް ފަރާތެއް ބައިވެރި ކޮށްފިނަމަ الله سبحانه وتعالى ވަޙީ ކުރައްވަނީ ތިމަން ﷲ تركتهُ وشِرْكَهُ  އެނާ އެކުރި ޢަމަލާ، އޭނާ ޝިރުކު ކުރިބަޔާ، ތިމަންﷲ އަށް އެޅިބަޔާ ހުރިހާ އެއްޗެއް ތިމަން އިލާހު ދޫކުރައްވާނަމެވެ. الله سبحانه وتعالى އަކަށް ބޭނުމެއްނުވޭ އެކަލާނގެޔަށް ކުރެވޭ ކަންތަކުގައި އެހެންފަރާތެއް ބައިވެރި ކުރާކަށް. ބައިވެރުކޮށްފިނަމަ الله سبحانه وتعالى ހުރިހާ އެއްޗެއް ދޫކުރައްވާނެ. …….

ނުނިމޭ…………..

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.