”މިހާރުގެ އުޞޫލު، ޖުމްހޫރީ އުޞޫލު ރޭވިފައި އޮންނަގޮތުން ކޮންމެ ފަސް އަހަރަކުން އެއްފަހަރު ރައްޔިތުންނަށް އަނެއްކާ ފުރުޞަތެއް އެބަދޭ އެބައިމީހުންގެ މިދެންނެވި މަތިވެރި މަޤާމަށް ނަގާފަހުރި މީހާ، އެ މީހާ އެމަޤާމުގައި ބަހައްޓާނީތޯ، އެމީހާ އެހެން މަޤާމަކަށް ބަދަލުކޮށް އަލުން ބޭކަލަކު އެތަނަށް ގެންނާނީތޯ ދިވެހި ރާއްޖޭގެ ރައްޔިތުންގެ ކުރިމައްޗަށް، ކޮންމެ ފަސް އަހަރަކުން އެއްފަހަރު އެކަން އެބަ އާދޭ.
އެއީ މިޒަމާނުގެ ޑިމޮކްރަސީގައި އޮތް މޮޅުކަމެކޭ ބުނެވިދާނެ، ވެރިކަމުގެ އެންމެ ބޮޑުބާރު އޮތް ރައްޔިތުންގެ އަތްމައްޗަށް ފަސް އަހަރުން ފަސް އަހަރުން އަނެއްކާ އެބާރު ދެނީ، އެބައި މީހުން ބޭނުން މީހަކު ހޮވަން.
މީ އަޅުގަނޑުމެން ހަނދާން ކުރަންވާނެ. އަޅުގަނޑުމެނގެ ތެރޭގައި ތި އެކިއެކި ސަޚްސިއްޔަތުތަކަށް ދިވެހި އުންމަތުގެ ރައްޔިތުން ވިސްނަވަންވާނެ، އެކަން އަދާކުރުމުގެ ޤާބިލިއްޔަތާއި ލިޔާޤަތު ހުރި ފަރާތްތަކުގެ މައްޗަށް އަޅުގަނޑުމެން ފިކުރު ކުރަންވާނެ،
ވޯޓުދޭ ދުވަހު، މީ… ލަވާލައިގެން ބަޔަކު ގެނަދިޔައީމާ ދާގޮތަށްގޮސް އެތާނގަ އަކުރެއް އަޅާފަ އައުމުން އަޅުގަނޑުމެން ރައްޔިތުންގެ ޤާނޫނީ ވާޖިބު އަދާވީއްޔޭނޫން، އެކަން ރަނގަޅައް ދަންނަންވާނެ، އަޅުގަނޑުމެނގެ ބޮލުގައި އެޅިފައި އޮތް، ޤުދުރަތުން އަޅުއްފާފައި އޮތް މަސްއޫލިއްޔަތެއްކަން މީ، އެކަން އަޅުގަނޑުމެން އަދާ ނުކުރުން، އެވަނީ ދީނީ ގޮތުންވެސް، އަޅުގަނޑު ވިސްނާ ހަމައިގައި، ހަމަނޫން ކަމަށް.
އެއީ ﷲ سبحانه وتعالى އަޅުގަނޑުމެންގައިގައި އެޅުއްވި އަމާނަތުގެ ބޮޑު މަސްއޫލިއްޔަތު އަދާ ނުކޮށް އެމީހާ އެހެރީ، އެބާވަތުގެ ކޮންމެ ކަމެއްގައ ރައްޔިތުންގެ ޙިއްޞާވެ، މިދެންނެވިހެން ވިސްނާއިރު، ސަލާމަތް ބުއްދި ހުރި މީހަކަށްވިއްޔާ ވިސްނޭނެ، އަޅުގަނޑުމެންގެ ރާއްޖެ އޮތްތަނާއި އަޅުގަނޑުމެންގެ ރާއްގެ އަދު އޮތްތަނާއި އަޅުގަނޑުމެންގެ ރާއްޖެ މާދަމާ ދާންވީތަން. މި ދިވެހި ރާއްޖޭގެ ނައުގެ ހުންގާނު އަޅުގަނޑުމެން ޙަވާލު ކުރި މީހަކު އެކަން ކުރަމުންދާ ގޮތާއި ދިވެހި ރާއްޖޭގެ ނައު ދާންވީ މިސްރާބާއި ދަތުރު ކުރަންވީ ތަނާ އެދިމާލަށް ދަތުރު ކުރެވޭނެ ކުޅަދާނަކަން އެ ހުންގާނުގައި ހިފަން އެކަށީގެންވަނީ ކާކުތޯ! ހިފައިގެން ހުރި މީހާ އެދަތުރު ކުރީ މިހާތަނަށް ކިހިނެތް ކަމައި، ވަރަށް ސާފުކޮށް އަޅުގަނޑުމި ދަންނަވަނީ، އެއީ އަޅުގަނޑުމެންނަށް ވިސްނޭނެ އެއްޗެއް، އޭގެ، އަބަދުވެސް މާޒިއާ، ޙާލުގެ ވިސްނުމުގެ މައްޗަށް ސަލާމަތް ބުއްދި ހުރި ބަޔަކު މުސްތަޤުބަލް ބިނާކުރާނީ “ – އޮނަރަބަލް އިބްރާހީމް ޝިހާބު (رحمه الله) – ( ޖުމްހޫރީ ދުވަހުގެ ޖަލްސާ 1987)
އެދުވަހުގެ ވާހަކަ ކޮޅުގެ ވީޑިއޯ……