މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ތިން ރަށެއްގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފި

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ރާއްޖޭގެ މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރި އަމާންތަނަކަށް ހެދުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ތިން ރަށެއްގައި ރަށެއްގައި ޓްރެފިކް އޮޕަރޭޝަން ތަކެއް ހިންގައިފިއެވެ.

ޓްރެފިކް އޮޕަރޭޝަންތައް ކުރިޔަށް ހިންގާފައިވަނީ ދ. މީދޫ އާއި ތ. ވިލުފުށީގެ އިތުރުން ތ. މަޑިފުށީގައެވެ.

އިޝްތިހާރު Below Header ad

ޑިސެމްބަރު މަހުގެ 23 އަދި 24 ވަނަ ދުވަހު އެރަށްރަށުގައި ވަކިވަކުން ހިންގި ޓްރެފިކް އޮޕަރޭޝަންތަކުގައިވަނީ  އުޅަނދު ތަކަކީ ގަވައިދާ އެއްގޮތަށްހުރި އުޅަނދު ތަކެއްތޯ ބަލާފައެވެ. އެގޮތުން އެއްގަމުގައި ދުއްވާ އުޅަނދު ތަކުގެ އަހަރީފީ ސްޓިކަރ، ރޯޑުވަރދިނަސް ސްޓިކަރ، އަދި އިންސްއަރެންސް ސްޓިކަރ ހުރިތޯއާއި ސްޓިކަރ ތަކުގެ މުއްދަތު ހަމަވެފައިވޭތޯ ބަލާފައިވެއެވެ.

މި އޮޕަރޭޝަންތަކުގެ ތެރެއިން ދ.މީދޫގައި ހިންގި އޮޕަރޭޝަންގައިވަނީ 7 ބަލައިފާސްކޮށްފައެވެ. އަދި ތ. މަޑިފުށީގައި ހިންގި އޮޮޕަރޭޝަނުގައި 10 އުޅަނދެއް ބަލައިފާސްކޮށްފައިވާއިރު ތ. ވިލުފުށީގައި ހިންގި އޮޕަރޭޝަނުގައި 15 އުޅަނދެއް ބަލައިފާސްކޮށްފައިވެއެވެ. މީގެއިތުރުން މި އޮޕަރޭޝަންތަކުގައި ފާހަގަކުރެވުނު ކަންކަން ރަނގަޅުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

މީދޫ، މަޑުފުށި އަދި ވިލުފުށީގައި ފުލުހުން ހިންގި މި ޓްރެފިކް އޮޕަރޭޝަންތައް ކުރިއަށް ދިޔައިރު އެރަށްރަށުގެ ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ދަނީ ސިލްސިލާކޮށް ޓްރެފިކް އޮޕަރޭޝަންތައް ހިންގުމުގެ އިތުރުން ހޭލުންތެރިކުރުމުގެ ގޮތުން ޕްރޮގްރާމްތައް ހިންގަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.