މަޖީދީ މަގާއި ގުޅިފައިވާ ބައެއް ސަރަހައްދުތަކުން މާދަމާ ފެން ކަނޑާލަނީ..

ފެނުގެ ޑިސްޓްރިބިއުޝަން ނެޓްވާރކް އަޕްގްރޭޑް މަސައްކަތްތަކެއް ކުރުމަށް މަޖީދީ މަގާއި ގުޅިފައިވާ ބައެއް ސަރަޙައްދުތަކުން މާދަމާ ފެން ކަނޑާލުމަށް ނިންމައިފިއެވެ.

މާލޭ ވޯޓަރ ސްވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ބުނީ ފެން ކަނޑާލުމަށް ނިންމާފައިވަނީ 16 ޑިސެމްބަރ ދުވަހުގެ ރޭގަނޑު 22:00 އިން ފެށިގެން ހެނދުނު 06:00 އަށް ކަމަށެވެ.

އިޝްތިހާރު Below Header ad

އެގޮތުން ފެން ކަނޑާލުމަށް ނިންމާފައިވަނީ 195 ންމަބަރ ކޮށިން ފެށިގެން 198 ނަމްބަރ ކޮއްޓާއި ހަމައަށާއި 228 ނަމްބަރ ކޮށިން ފެށިގެން 230 ނަމްބަރ ކޮއްޓާއި ހަމައަށް ކަމަށެވެ. އަދި 241 ނަމްބަރ ކޮއްޓާއި 258،259 އަދި 263 ނަމްބަރ ކޮށިން ފެށިގެން 265 ނަމްބަރ ކޮއްޓާއި ހަމައަށްވެސް ފެން ކަނޑާލުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން 275 ނަމްބަރ ކޮށިންވެސް ފެން ކަނޑާލުމަށް ވަނީ ނިންމާފައެވެ.

މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް އެ ކުންފުނިން ނިހާޔަތަށް މަޢާފަށް އެދެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.