“ސްމާޓް ހޮލިޑޭ” ޚާއްޞަ ހަރަކާތަކެއް މަނަދޫގައި

ނ. އަތޮޅު މަނަދޫގެ ޖަމްޢިއްޔާއެއް ކަމަށްވާ ސޯޝިއަލް މޯރަލް އެކްޓިވިޓީސް އެންޑް ރިހެބިލިޓޭޝަން ޓްރެއިނިންގ (ސްމާޓް)ގެ ފަރާތުން ސްމާޓް ހޮލިޑޭގެ ނަމުގައި ޚާއްޞަ ހަރަކާތްތަކެއް މަނަދޫގައި ބޭއްވުމަށް ނިންމައިފިއެވެ.

މި ހަރަކާތާއިބެހޭގޮތުން އެ ޖަމިއްޔާއިން ބުނީ 5 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ހަރަކާތްތައް އޮންނާނީ މި ޑިސެންބަރު މަހުގެ 20 ން 24 އަށް ކަމަށެވެ. އަދި އެ ހަރަކާތްތައް އަމާޒުކޮށްފައިވަނީ ގްރޭޑް 8، 9 އަދި 10ގެ ދަރިވަރުންނަށް ކަމަށެވެ.

އިޝްތިހާރު Below Header ad

ސްމާޓް ޖަމްޢިއްޔާއިން ހިންގަން ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި އަދަބު، އަޚްލާޤް، ދުޢާ، އަޅުކަން، ކުޅިވަރާއި ކަސްރަތު، ފެތުން ފީނުން، ރެސްކިއު ސެލްފް ޑިފެންސް ހިމެނެއެވެ. މީގެ ތެރެއިން ފިޒިކަލް އެކްޓިވިޓީސްތައް ހިންގުމަށް މަނަދޫ ޕޮލިސް ސްޓޭޝަނާއި މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެފަރާތުން ފެހި ސިގްނަލް ލިބިފައިވާ ކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ. އަދި އެހެނިހެން ހަރަކާތްތައް ހިންގާނީ ޝައިޚް ޢަލީ ޒާހިރު ބިން ޤާސިމް އާއި ޝައިޚް އަޙްމަދު މާޖިދު ކަމަށްވެސް ސްމާޓް ޖަމްޢިއްޔާއިން ބުންޏެވެ.

އެ ޖަމްޢިއްޔާއިން ބުނީ ސްމާޓް ހޮލިޑޭ ހަރަކާތްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 9100551 ނަމްބަރ ފޯނަށް ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ. އަދި މި ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ބާއްވާ އޮރިއެންޓޭޝަން މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ބާއްވާނެ ކަމަށެވެ.

މި ހަރަކާތްތަކުން އެންމެ ރަނގަޅު 3 ދަރިވަރުން ހޮވާ އިނާމު ދިނުމަށް ނިންމާފައިވާ އިރު، ހަރަކާތްތައް ނިންމާލުމުގެ ގޮތުން އިޖުތިމާޢީ މަސައްކަތެއް ކުރުމަށްވެސް ވަނީ ނިންމާފައެވެ. ސްމާޓް ހޮލިޑޭގެ ހަރަކާތްތައް ނިންމާ ބައިވެރިންނަށް އިނާމާއި ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.