މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން

މެޑަމް އިލްހާމް ހުސައިންގެ އިސްނެންގެވުމުގެ މަތިން 2010 ވަނަ އަހަރު ވުޖޫދަށް ގެނެސް މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން އޯޓިޒަމް ހުންނަ ކުދިންނަށް ތެރަޕީއާއި އެހެނިހެން ޚިދުމަތްތައް ދިނުމަށްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުގައި ރަޖިސްޓްރީ ކޮށްގެން” މާލޭ އޯޓިޒަމް ސެންޓަރ” ގެ ނަމުގައި ސެންޓަރ އެއް ޤާއިމް ކުރެވިގެންހިންގާ ސެންޓަރއެކެވެ.

 

އިޝްތިހާރު Below Header ad

2016 އަހަރު 92 ކުދިން ތެރަޕީ ނަގަމުންދާއިރު  މިހާތަނަށް 60 ކުދިން ވެއިޓްލިސްޓް ކުރެވިފައިވެއެވެ. ވޭތުވެދިޔަ 7 އަހަރުބަލާއިރު 500 އަށް ވުރެ ގިނަ ކުދިންނަށް އެކި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވޭ. އޭގެ ތެރޭގައި ކޮންސަލްޓަންސީ ހެދުމާއި، ހޯމް ޕްރޮގްރާމް ހެދުން ހިމެނެއެވެ.

އަދި މީގެ އިތުރުން ވެސް އެކިއެކި ހަރަކާތްތަކަށް އެސޯސިއޭޝަނުގައި ރަޖިސްޓްރީ ކުރެވިފައިވާ ކުދިން ގެނެސްގެން  އެހެންކުދިންނާއެކު އުޅުމުގެ ފުރުސަތު ހޯދައިދައިދެވެ.

އޯޓިޒަމް އެސޯސިއޭޝަނުގެ މައިގަނޑު މަގުޞަދުގެ ތެރޭގައި އިސްކަމެއްދީގެން އަޅުގަނޑުމެން ކުރާ އެއްކަމަކީ މެއިންސްޓްރީމަށް ގެންދެވޭވަރަށް ކުއްޖާގެ ހުނަރު ތަރައްގީ ކުރުމެވެ. މިގޮތުން ވޭތުވެދިޔަ އަހަރުތަކުގައި  އަޅުގަނޑުމެން ސްކޫލުގައި ގްރޭޑް 1އަށް ދާ ކުދިން ފަލާހް ޕްރީ ސްކޫލަށް ފޮނުވައިގެން މެއިންސްޓްރީމް ކުލާހުގައި ކިޔެވުމުގެ ފުރުސަތު ހޯދައިދެވެ.

އަދި އެސޯސިއޭޝަންގެ ދަރިވަރުންގެ ހުނަރުތައް ތަރައްޤީ ކުރުމުގެ ގޮތުން ކޮންމެއަހަރަކު އާރޓް އެގްޒިބިޝަނާއި ޓެލެންޓް ޝޯވ އަދި ސްޕޯރޓްމީޓް ފަދަ އެކްޓިވިޓީސްތައް ބޭއްވޭ.

އޯޓިޒަމް ސްކޫލް ކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސެވުމުގެ ގޮތުން  “ޤުރުއާން ކިޔެވުމުގެ ހުނަރު”ގެ ނަމުގައި ޤުރުއާން ކިޔެވުމުގެ ދުވަހެއް ކޮންމެއަހަރަކު ބޭއްވޭ.

އަދިކުޅިވަރުގެ ތެރެއިން ކުދިންނަށް ކަސްރަތު ކުރުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން “ނިއު ލެގޫންސް ސްވިމިންގ ކްލަބާއި” ގުޅިގެން ފަތަންދަސް ކުރުމުގެ ޕްރޮގްރާމްވެސް ގެންދެވޭ މިޕްރޮގްރާމްގައި އޯޓިޒަމްގެ 10 ކުދީންބައިވެރިވެފައިވެއެވެ.

އަދި މީގެ އިތުރުން އެހެނިހެން ޖަމްޢިއްޔާ ތަކުންނާއި ސަރުކާރުން ހިންގޭ ހަރަކާތްތަކުގައިވެސް އޯޓިޒަމް ދަރިވަރުން ދަނީ ބައިވެރިވަމުން. މިގޮތުން 2015 ވަނަ އަހަރު އޯޓިޒަމް ސްކޫލް ކުދިން ބައިވެރިވެރިވާ ޙަރަކާތްތަކުގެ ތެރޭގައި:

= ހުރިހާ ކުދިންގެ ހަވީރު

= ދިރާގު ސްޕެޝަލް ސްޕޯރޓް އިވެންޓް

= އެމް.އޭ.ޕީ.ޑީ އޮޕަޗުނިޓީ ވޯކް

= ޖެންޑާ މިނިސްޓްރީއިން ބާއްވާ “ރެދަން”،

ސްކޫލްގައި ހިންގޭ ޕްރޮގުރާމް ތަކަކީ :

މި އެސޯސިއޭޝަންގެ ޕްރޮގްރާމްތައް ހިންގޭނީ ސަރުކާރުން ކަނޑައެޅި ފައިވާ އެކެޑެމިކް ކަލަންޑަރާއި އެއްގޮތަށެވެ.

ވަން އޮން ވަން ސެޝަން

މިއީ ހަފްތާއަކު 5 ދުވަހު ކޮންމެ ކުއްޖަކަށް ޓީޗަރެއް ހުރެގެން ނަގައިދެވޭ 1 ގަޑިއިރާއި 30 މިނެޓްގެ ސެޝަންތަކެކެވެ. މި ސެޝަންގައި މަސައްކަތް ކުރެވޭނީ އެކުއްޖަކަށް އެންމެފުރަތަމަ ކުރިއަރުވަންޖެހޭ ކަމަކަށް ބިނާކޮށް އެކުލަވާ ލެވިފައިވާ ވަކި ޕްރޮގްރާމެއްގެ ދަށުންނެވެ.

މި ސެޝަންތައް ކުރިއަށް ދާނީ ހެނދުނު 8:00 އިން 16:00 ގެ ދޭތެރެއިން އެކުއްޖަކަށް ހަމަޖެހޭ 1 ގަޑިއިރާއި 30 މިނެޓްއަށެވެ.

ގްރޫޕް ސެޝަން

މިއީ ހަފްތާއަކު 5 ދުވަހު ކޮންމެ 2 ކުއްޖަކަށް ޓީޗަރެއް ހުރެގެން ނަގައިދެވޭ 3 ގަޑިއިރުގެ ސެޝަންތަކެކެވެ. މި ސެޝަންގައި މަސައްކަތް ކުރާނީ މޮޑިފައިކުރެވިފައިވާ ކަރިކިއުލަމެއްގެ އެހީގައި ގުރޭޑް 1 އަށްދެވޭވަރަށް ތައްޔާރުކުރުމެވެ.

މި ސެޝަންތައް ކުރިއަށް ދާނީ ހެނދުނު 8:00 އިން 16:00 ހަމަޖެހޭ 3 ގަޑިއިރަށެވެ.

އަލަށް ހިންގާ ބައެއް ޕްރޮގުރާމްތައް

  • ރީޑިން ޕްރޮގުރާމް ފޯ ސްޓްރަގަލިން ކިޑްސް

މިއީ ހަފްތާއަކު 5 ދުވަހު ކޮންމެ 3 ކުއްޖަކަށް ޓީޗަރެއް ހުރެގެން ނަގައިދެވޭ 1 ގަޑިއިރާއި 30 މިނެޓް ގެ ސެޝަންތަކެކެވެ. މި ސެޝަންގައި މަސައްކަތް ކުރާނީ ކުދީންނަށް ރަގަޅަށް ލިޔަންށާއި ކިޔަން ދަސްކޮށްދިނުމާއި އެކު ލިއުމަށްބާރުއެޅުމަށެވެ. މި ސެޝަންތައް ކުރިއަށް ދާނީ ހެނދުނު 8:00 އިން 16:00 .

ޝެޝަން ފޯ ސްލޯ ލާރނަރސް

މިއީ ހަފްތާއަކު 5 ދުވަހު ކޮންމެ 3 ކުއްޖަކަށް ޓީޗަރެއް ހުރެގެން ނަގައިދެވޭ 1 ގަޑިއިރާއި 30 މިނެޓް ގެ ސެޝަންތަކެކެވެ. މި ސެޝަންގައި މަސައްކަތް ކުރާނީ  ކުދީންގެހުރި މައްސަލަތަކަށް ބިނާކޮށް އެކުލަވާ ލެވިފައިވާ ވަކި ޕްރޮގްރާމެއްގެ ދަށުންނެވެ. ސެޝަންތައް ކުރިއަށް ދާނީ ހެނދުނު 8:00 އިން 16:00.

ބެލެނިވެރިންގެ ސަޕޯރޓް ގްރޫޕް

މި ގްރޫޕަކީ އިތުބާރު ކުރެވޭ މާހައުލެއްގައި ކުއްޖާއަށް ދިމާވާ އުނދަގޫތައް ހިއްސާކޮށް އެހެން ބެލެނިވެރިންގެ ހިޔާލު ހޯދުމަށް ހެދިފައިވާ ގްރޫޕެކެވެ. ކޮންމެ ދެ މަހުން އެއް މަހު މަންމަމެން އަދި ބައްޕަމެން ވަކިން ބޭއްވުމަށް ހަމަޖެހިފައިވާ ސަޕޯރޓް ގްރޫޕް މީޓިންގް އޮންނާނެއެވެ. އަދި ކޮންމެ ދެ މަހުން އެއް މަހު މަންމަމެން އަދި ބައްޕަމެން އެކުގައި ބޭއްވުމަށް ހަމަޖެހިފައިވާ  ސަޕޯރޓް ގްރޫޕް މީޓިންގް އޮންނާނެއެވެ.

  • ބެލެނިވެރިންގެ ޓްރެއިނިން ސެޝަން

މިސެޝަން ތަކަކީ ސެމިސްޓާރ އަކު 2 ފަހަރު، އެ ކުއްޖެއްގެ ޓީޗަރުންގެ ޓީމް އާއި އެކު ބެލެނިވެރިންނަށް ކްލާހުގައި ބޭއްވޭ ޓްރެއިނިން ތަކެކެވެ. މިސެޝަންތަކުގައި ކުއްޖާ މަސައްކަތް ކުރަމުންދާ ގޯލްތަކާއި މިގޯލްތަކަށް މަސައްކަތްކުރުމަށް އަމާޒުކުރެވިފައިވާ ސަބަބުތައް ކިޔާ ދެވޭނެއެވެ. މީގެ އިތުރުން އެކުއްޖަކާއި އެކު މި ގޯލް ތަކަށް ޓީޗަރުން މަސައްކަތް ކުރާ ގޮތް ދައްކާ މިހެން ގޭގައި މަސައްކަތް ކުރުމުގެ ޓްރެއިނިން ބެލެނިވެރިންނަށް ދެވޭނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.