މަސްވެރިކަމުގެ ދާއިރާއަށް ކުރިއެރުންތައް ލިބެމުންދާކަން މަސްވެރިކަމުގެ ތަފާސްހިސާބުތަކުން ފެންނަން އެބަހުރި: ރައީސް ޔާމީން

މަސްވެރިކަމުގެ ދާއިރާއަށް ކުރިއެރުންތައް ލިބެމުންދާކަން މަސްވެރިކަމުގެ ތަފާސްހިސާބުތަކުން ފެންނަން އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބާ ފާހަގަ ކުރުމަށް ގއ. ގެމަނަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެންވެރިކަން ރަނގަޅުކޮށް އެންވެރިކަމުގެ އެހެން ވައްތަރެއް ތަޢާރަފްކުރުމުގެ ބޮޑު މަޝްރޫޢުވެސް ކުރިއަށްދާ ކަމަށެވެ.

އިޝްތިހާރު Below Header ad

އަދި މަސްވެރިކަމުގެ މެނިފެސްޓޯގައި ކަނޑައެޅި ކަންކަން ނުވާ ކަމަށް ފާޑުކިޔަމުންދާއިރު މަސްވެރިންގެ ކުރިއެރުމާއި ތަރައްޤީއަށް ސަރުކާރުން ކުރާ މަސައްކަތުގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ނުދައްކާތީ ހައިރާންވެވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ބޭރު ދުނިޔެއަށް ފަތުރާ ނުބައި ތަޞައްވަރުގެ އަސަރު މަސްވެރިކަމުގެ ދާއިރާއަށްވެސް ކުރާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ނާއުއްމީދީ މެސެޖްތަކެއް ސަރުކާރުން ދޭން ރައްޔިތުން ނޭދޭ ކަމަށާއި ނާއުއްމީދުގެ ތެރޭގައި ރައްޔިތުން ބައިތިއްބާފައި މަޑުން ނުހުންނަވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.