ގެމަނަފުށީގައި އަލަށް ޢިމާރާތްކުރި މިސްކިތާއި އައިސްޕްލާންޓު ހުޅުވައިދެއްވައިފި

ގއ. ގެމަނަފުށީގައި އަލަށް ޢިމާރާތްކުރި މިސްކިތާއި އައިސްޕްލާންޓު ހުޅުވައިދެއްވައިފިއެވެ.

ހުވަދުއަތޮޅު އުތުރުބުރީގެ ދެ ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިހާރުކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހަވީރު ގެމަނަފުށީގައި އެމަނިކުފާނު ހުޅުއްވައިދެއްވި މިސްކިތުގެ ނަމަކީ މަސްޖިދުލް އިބްރާހީމްއެވެ. މިއީ ގެމަނަފުށީ ބަޑިޔާގޭ އަލްމަރްޙޫމް އިބްރާހީމް އަޙްމަދުގެ ހަނދާނުގައި ބިނާކުރި މިސްކިތެކެވެ. ޝީޝާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ގެމަނަފުށީގައި ބިނާކުރި މި މިސްކިތަކީ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

އިޝްތިހާރު Below Header ad

މި ރަސްމިއްޔާތުގައި ޝީޝާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަޙްމަދު ޙަސަން މަނިކު ވަނީ މަސްޖިދުލް އިބްރާހީމްގެ މިހުރާބެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ.

މިސްކިތް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތަށްފަހު ރައީސް ޔާމީނު ވަނީ ގެމަނަފުށީގެ ބަނދަރު ސަރަހައްދަށް ވަޑައިގެން، އައިސް ޕްލާންޓް ހުޅުއްވާދެއްވާފައެވެ.

Gemanafushi Ice Plant 13.12.2016
ފޮޓޯ: ޖަމީލް އުޘްމާން ޓްވިޓަރ

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.