ތިންރަށެއްގެ ނަރުދަމާގެ ޢަމަލީ މަސައްކަތް ކުރާނެ ފަރާތެއް ހޯދަނީ..

ތިންރަށެއްގެ ނަރުދަމާގެ ޢަމަލީ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ތިމާވެއްޓާއި ހަކަތަ އާބެހޭ ވުޒާރާއިން އިޢުލާކު ކޮށްފިއެވެ.

އެ ވުޒާރާއިން ކޮށްފައިވާ އިޢުލާނުގައިވަނީ އައިޑީބީ ލޯނުގެ ދަށުން ނަރުދަމާ ޤާއިމްކުރުމަށް ހަމަޖެހިފައިވާ 5 ރަށެއްގެ ތެރެއިން ކ.ހިންމަފުށި، ކ.ތުލުސްދޫ އަދި ހދ.ނޮޅިވަރަންފަރުގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

އިޝްތިހާރު Below Header ad

އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑުގެ ލޯނު އެހީއާއި ދިވެހި ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫޢަށް ފައިސާ ހަމަޖެހުމަށްފަހު ނަރުދަމާގެ ނިޒާމު ޑިޒައިންކޮށް ޢަމަލީ މަސައްކަތް ބަލަހައްޓާނެ ފަރާތެއް ކަނޑައަޅާފައިވަނީ ފަންޑިންގ އެޖެންސީ ގެ ބެލުމުގެ ދަށުން އިންޓަރނޭޝަނަލް ޓެންޑަރގެ ތެރެއިންނެވެ.

މިގޮތުން މި މަޝްރޫޢުގެ ޑިޒައިން މަސައްކަތާއި ޓެންޑަރ ޑޮކިއުމަންޓު ތައްޔާރުކުރުމުގެ މަސައްކަތް ކޮންސަލްޓަންޓުންނާއި ހަވާލު ކޮށްފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ. އެއަށްފަހު ކަމާގުޅޭ ސަރވޭތައް ނިންމާ ޑިޒައިން މަސައްކަތްތައް ފުރިހަމަކޮށް ޢަމަލީ މަސައްކަތުގެ ޓެންޑަރ ޑޮކިއުމަންޓު ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކުގެ ހުއްދަތައް ހޯދުމުގެ މަސައްކަތްތައްވަނީ ކުރިއަށް ގެންގޮސްފައެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ކަނޑައެޅިފައިވަނީ 14  ފެބުރުއަރީ 2016 ވަނަ ދުވަހު މިނިސްޓްރީއޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށެވެ.

އަދި މި މަޝްރޫއުގެދަށުން ނަރުދަމާ ޤާއިމްކުރުމަށް ހަމަޖެހިފައިވާ އަނެއް ދެރަށް ކަމުގައިވާ ޅ.ނައިފަރާއި ތ.ވޭމަންޑޫގެ ޢަމަލީ މަސައްކަތް ކުރާނެފަރާތެއް ހޯދުމަށް މީގެކުރިން އިޢުލާނު ކޮށްފައިވާ އިރު، ނައިފަރާއި ވޭމަންޑޫގެ ނަރުދަމާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ކަނޑައެޅިފައިވާ ތާރިޚަކީ 25 ޑިސެމްބަރ 2016 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން މި 5 ރަށުގައި ނަރުދަމާގެ ވިއުގައެއް ޤާއިމްކޮށް ރަށުގެ ގޭބިސީތަކަށާއި އެހެނިހެން ޢިމާރާތްތަކަށް ޚިދުމަތް ގުޅައިދެވޭނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.