ހިނައިގަންނަ ކޮންމެ ފަހަރަކު އަންހެން މީހާގެ އިސްތަށިގަނޑު ދޮންނަން ޖެހޭނެތަ؟

ސުވާލު:

ޖިމާޢުވެ ހިނައިގަންނަ ކޮންމެ ފަހަރަކު އަންހެން މީހާގެ އިސްތަށިގަނޑު ދޮންނަން ޖެހޭނެތަ؟ މިގޮތަށް ކޮންމެ ދުވަހަކު ދޮވުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާތީ މަތިމަތިން ފެންފޮހެލުމުން ކަމުދާނެތޯ؟

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޖަވާބު:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ހިނައިގަތުމުގައި ދެގޮތެއްވެއެވެ. އެއީ: ފުދޭ މިންވަރާއި، ފުރިހަމަ މިވަރެވެ.

ފުދޭމިންވަރަކީ ހިނައިގަތުމުގެ ސުންނަތްތައް ފިޔަވައި، ވާޖިބު ހުރިހާ ކަމެއް ފުރިހަމަ ކުރުމެވެ. އެގޮތުން މުޅި ހަށިގަނޑު އެއްކޮށް ޝާމިލްވާ ގޮތަށް ގަޔަށްފެންއެޅުމެވެ. މީގެ ތެރޭގައި އަގަޔަށް ފެންލުމާއި ނޭފަތަށް ފެންލުންވެސް ހިމެނިގެންވެއެވެ.

ފުރިހަމަ މިންވަރަކީ: ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކުރެއްވިގޮތަށް ކުރުމެވެ. އެގޮތުން ފުރަތަމަ ދެއަތްތިލަ ދޮވެފައި، ކުރިމަތީފަރާތާއި މަނީގެ އަޘަރުކޮށްފައި ހުރިތަންތަން ދޮވެ ސާފުކޮށްލާނީއެވެ. އެއަށްފަހު ފުރިހަމަ ވުޟޫ އެއްކޮށް، ފުރަތަމަ ބޮލަށް ފެންއަޅާ ދޮވެލާނީ އެވެ. އެއަށްފަހު މުޅި ހަށިގަނޑު ދޮވެލާނީއެވެ.

ޖުނުބުވެރިކަމުން ހިނައިގަތުމާއި ޙައިޟު ނިފާސްކަމުން ޠާހިރުވުމަށް ހިނައިގަތުމުގައި ތަފާތެއް ނެތެވެ. އެހެންނަމަވެސް، ޙައިޟު ނިފާސް ކަމުން ޠާހިރުވުމަށްހިނައިގަތުމުގައި އިސްތަށިގަނޑު ތެރެއަށް ތަންކޮޅެއް ބޮޑަށް ފެން ފާއްދާލުން އެދެވިގެންވެއެވެ. މީގެ އިތުރުން ލޭގެ އަޘަރުކޮށްފައި ހުރިތަންތަނުގައި މީރުވަސްދުވާ އެއްޗެހިލައި ލޭގެ ވަސްފިލުވާލުން އެދެވިގެންވެއެވެ.

ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ވުޟޫ ކުރުމުގެ ކުރިންނާއި ހިނައިގަތުމުގެ ކުރިން ބިސްމިﷲ ކިޔުމަކީ އެދެވިގެންވާ ކަމެކެވެ. ނަމަވެސް ޙަންބަލީ މަޛްހަބުގައި އެއީ ވާޖިބުކަމެކެވެ.

އަނގަޔަށާއި ނޭފަތަށް ފެންލުމުގެ މައްސަލާގައި ޢިލްމުވެރިން ހަތަރު ގޮތަކަށް ވިދާޅުވެފައިވެއެވެ. އެއީ:

· ވުޟޫ ކުރުމުގައްޔާއި ހިނައިގަތުމުގައި އަނގަޔާއި ނޭފަތަށް ފެންލުމަކީ ސުންނަތެއް ކަމަށް ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިން ދެކިލައްވައެވެ.

· ވުޟޫ އާއި ހިނައިގަތުމުގައި އަނގަޔާއި ނޭފަތަށް ފެންލުމަކީ ވާޖިބެއްކަމަށާއި، އެޔާއި ނުލައި ވުޟޫ އާއި ހިނައިގަތުން ޞައްޙަ ނުވާނެކަމަށް ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިން ދެކިލައްވައެވެ.

· އަނގަޔާއި ނޭފަތަށް ފެންލުމަކީ ހިނައިގަތުމުގައި ވާޖިބެއްކަމަށާއި، ވުޟޫގައި ވާޖިބެއް ނޫންކަމަށް ޙަނަފީ މަޛްހަބުގެ ޢިލްމުވެރިން ދެކިލައްވައެވެ.

· ވުޟޫގައްޔާއި ހިނައިގަތުމުގައި އަނގަޔަށް ފެންލުމަކީ ވާޖިބެއް ކަމަށާއި، ނަމަވެސް ނޭފަތަށް ފެންލުމަކީ ވާޖިބެއް ނޫންކަމަށް އިމާމު އަޙްމަދު-ރަޙިމަހުﷲ- ގެ ކިބައިން ރިވާވެފައިވެއެވެ. އަދި އިބްނުލް މުންޛިރު-ރަޙިމަހުﷲ- މިފަދައިން ވިދާޅުވެއެވެ.

ރާޖިޙްގޮތް: ފަޟީލަތުއް ޝައިޚް ޢުޘައިމީން-ރަޙިމަހުﷲ- ދެކިލައްވާ ގޮތުގައި މީގެ ތެރެއިން އެންމެ ރައްކާތެރިކަން ބޮޑު ގޮތަކީ އަދި އެންމެ ރަގަޅު ގޮތަކީވުޟޫ އާއި ހިނައިގަތުމުގައިވެސް އަނގަޔަށާއި ނޭފަތަށް ފެންލުމަކީ ވާޖިބެއް ކަމަށާއި އަދި އެޔާއި ނުލައި ވުޟޫ އާއި ހިނެއުން ޞައްޙަ ނުވާނެ ކަމަށް ބުނާ ބުނުމެވެ.

ޖުނުބު ހިނެއުމުން ހިނައިގަންނަ އިރު ބޮލުގައި ފެންފޮހެލުމަކުން ހިނެއުން ޞައްޙަ އެއް ނުވާނެއެވެ. ހުރިހާ ގުނަވަނަކަށް ފެންފޯރަން ޖެހޭނެއެވެ.  والله أعلم

ޖަވާބު ދެއްވީ:ޑރ. މުޙައްމަދު ޢިޔާޟު ޢަްބދުއްލަޠީފު

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.