ޚަބަރު ފީތާ

އެއްބައިވަންތަކަމާއި ހަމަހަމަކަމަށް ލޯބި ކުރުމަކީ ޤައުމީ ވާޖިބެއް: ރައީސް

 

ހަމަހަމަ ކަމާއި އެއްބައިވަންތަކަމުގެ އުސޫލުތަކަށް ހުރުމަތްތެރުކޮށް ހިތުމަށް ރައީސް އަބްދުﷲ ޔާމީން އަބުދުލް ޤައްޔޫމް އިލްތިމާސްކުރައްވައިފި އެވެ.

ކީރިތި ރަސޫލާގެ އީދު މިލާދުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ރައީސް ޔާމީން ވިދާޅުވީ ކީރިތި ރަސޫލާ އީދު މިލާދީ ދުވަސް ފާހަގަ ކުރުމުގެ އެންމެ ބޮޑު ބޭނުމަކަށް ވާންޖެހޭނީ އެކަލޭގެފާނު ގެނެސްދެއްވި ހިދާޔަތުގެ މަތިވެރި އުސޫލުތަކުގައި ހިފެހެއްޓުން ކަމަށެވެ.

އަދި އެކަލޭގެފާނުގެ މަތިވެރި ހުލްގުފުޅާއި ސީރަތުން ލިބޭ  އިބްރަތް ހާސިލުކޮށް އެކަލޭގެފާނުގެ ހަޔާތްޕުޅުން ލިބޭ ފިލާވަޅަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށާއި އެހެން ކަމުން އެންމެން ދެމިތިބެން ޖެހޭނީ އެގޮތުގައި ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އެހެން ކަމުން އެކަކު އަނެކަކަށް އިހްތިރާމު ކުރުމާއި އޯގާތެރިވުން އެއީ އެކަމުން ލިއްބައިދޭ މަތިވެރި ފިލާވަޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ޚިތާބުގައި ދިވެހިންގެ މެދުގައިވާ އުހުއްވަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާ ކުރުމަށާއި ސުލްހަމަސްލަހަތު ދެމެހެއްޓުމުގެ އަޒުމް އާކުރުމަށްވެސް ގޮވާލާފައިވެއެވެ.

އަދި މިފަދަ މާތް މަތިވެރި މުނާސަބަތެއްގައި އަދާ ކުރަން ޖެހޭ ގައުމީ ވާޖިބެއްކަމަށް ވެސް ރައީސްގެ ޚިތާބުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

Rate this post