އަލް އަޞްރުގެ ”އޮޑެސީ އޮފް ދައުވާ“ މި ހަފްތާ ބަންދުގައި ރާއްޖޭގެ ތިން ހިސާބެއްގައި

”އޮޑެސީ އޮފް ދައުވާ“ އަކީ އަލް އަޞްރުގެ ފަރާތުން އެކި ރަށްރަށުގައި އެކި އުމުރުފުރާގެ ރައްޔިތުންނަށް ތަފާތު ޕްރޮގްރާމް ތަކަކާއި އެކު ކުރިއަށް ގެންދާ ދަތުރުތަކެކެވެ.

އަލް އަޞްރުގެ ފަރާތުން މަޢުލޫމާތު ދެއްވާ ގޮތުގައި މި ޑިސެންބަރ މަހުގެ 08 ވަނަ ދުވަހުން 10 ވަނަ ދުވަހަށް ރާއްޖޭގެ ތިން ރަށެއްގައި ކުރިއަށްދާނެއެވެ. އެގޮތުން ދ.ބަނޑިދޫ. ޅ.އޮޅުވެލިފުށި އަދި ކ.ދިއްފުށީގައި ”އޮޑެސީ އޮފް ދައުވާ“ ގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަލް އަޞްރުގެ ފަރާތުން ކުރިއަށް ގެންދާ ޕްރޮގްރާމް ތަކުގެ ތެރެއިން ކޮފީ ވިތް ޝެއިހް އަދި ބެލެނިވެރިންނަށް ހާއްސަކޮށްގެން ގެންދާ ދަރިން ތަރުބިއްޔަތު ކުރުމާ ބެހޭ ވޯރކްޝޮޕް ވަނީ ރޭވިފައެވެ. އަދި އެ ރަށްރަށުގެ މިސްކިތްތަކުގައި ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރު ތަކުގައި އައްޝެއިހް މުހައްމަދު ޝާފިއު، އައްޝެއިހް މުހައްމަދު ޝާހިދު އަދި އައްޝެއިހް އަބްދުއްރަހީމް ބައިވެރިވެ ލައްވާނެއެވެ.

އަލް ޢަސްރުގެ މިފަދަ ޕްރޮގްރާމްތަކަށް ފުރުސަތު ބޭނުންފުޅުވެ ލައްވާނަމަ އަލް އަޞްރުގެ ނަންބަރ 7925277 ގުޅާލައްވައިގެން ނުވަތަ ވައިބަރ ކޮށްލައްވައިގެން ހަމަޖެއްސުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.