ދިވެހި ސަރުކާރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުގެ ދަށުން އިތުރު ޕްރޮޖެކްޓުތަކެއް ކުރުމަށް ޙަވާލުކޮށްފި

ދިވެހި ސަރުކާރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުގެ ދަށުން އިތުރު ޕްރޮޖެކްޓުތަކެއް ކުރުމަށް އެކި ކުންފުނިތަކާއި ޙަވާލުކޮށްފިއެވެ.

އެގޮތުން މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ ވަށާފާރު ރޭނުން ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަނާއެވެ. އެ ކުންފުންޏާއި މި މަސައްކަތް ޙަވާލުކޮށްފައިވަނީ 797,226.00 ރުފިޔާއަށް 35 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އެކަމުގެ އެއްބަސްވުމުގައި މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ އަޙްމަދު ނަޞީމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަދި ވިލިމާލޭ ކުނި މެނޭޖްކުރާ މަރުކަޒުގެ ވަށާފާރު ރޭނުމަށް ތަޝީޝާ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ. 48 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 372,479.87 ރުފިޔާއަށް ޙަވާލުކުރި މި އެއްބަސްވުމުގައި ތަޝީޝާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޙުސައިން ޝިފާންއެވެ.

މީގެ އިތުރުން ސ. ހުޅުމީދޫ އާއި ފުވައްމުލައް ސިޓީ އާއި ގދ. ތިނަދޫ އަދި ގއ. ވިލިނގިލީގައި ކުނި މެނޭޖްކުރަން ބޭނުންވާ އިކުއިޕްމެންޓް ފޯރުކޮށްދިނުމަށްވެސް ވަނީ ބަޔަކާއި ޙަވާލުކޮށްފައެވެ. އެ މަސައްކަތް ނިއޯމެޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރީ 7,364,329.86 ރުފިޔާ އަށެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ރަޝީދެވެ.

ހަމަމިއާއެކު ރީޖަނަލް ވޭސްޓްމެނޭޖްމެންޓަށް ވެސެލްސް (2 ކޮޅުވެއްޓި) ހޯދުމަށް އިބްރާހިމް ޔާސިރާއި ވަނީ ޙަވާލުކޮށްފައެވެ. އޭނާއާ މި މަސައްކަތް ޙަވާލުކޮށްފައިވަނީ 8 މަސްދުވަހުގެ ތެރޭގައި އެ އުޅަނދުތައް ގެނައުމަށެވެ.

މި ހުރިހާ އެއްބަސްވުމެއްގައިވެސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިޕިއުޓީ މިނިސްޓަރ ޢަލީ ޢާމިރެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.