ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން މި އަހަރު 183 ދަރިވަރުން ދަސްވެނިވެއްޖެ

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން މި އަހަރު ހިންގި 7 ކޯހަކުން  183 ދަރިވަރުން ދަސްވެނިވެ ސެޓްފިކެޓް ޙާޞިލްކޮށްފިއެވެ.

ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ބޭއްވި ޙަފްލާގައި ކޯސްތަކުން އެންމެމަތީ ވަނަތައް ޙާޞިލުކުރި ދަރިވަރުންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ މި ޙަފްލާގެ ޝަރަފުވެރި މެހުމާން ހޯމް މިނިސްޓަރ އަޒްލީން އަޙުމަދެވެ. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން މި އަހަރު ވަނީ ދިގު މުއްދަތުގެ 17 ކޯހެއް ހިންގާފައެވެ. އޭގެތެރޭގައި ޑިޕްލޮމާ ލެވެލްގެ ކޯސްތަކާއި ސެޓްފިކެޓް ލެވެލްގެ ކޯސްތައް ހިމެނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ޙަފްލާ ޝަރަފްވެރި ކޮށްދެއްވާ ހޯމް މިނިސްޓަރ އަޒްލީން އަޙުމަދު ދެއްކެވި ވާހަކައިގާ ވިދާޅުވީ އުނގެނުމުގެ އެންމެ ބޮޑު ބޭނުމަކީ އެމީހެއްގެ އުޅުމާއި އަޚްލާޤުން އެ އުނގެނުނު އެއްޗެއްގެ ފައިދާ ފެންނަން ހުރުން ކަމަށެވެ.

މިގޮތުން އެހެން މީހުންނަށް އިހްތިރާމު ކުރުމާއި މަސައްކަތުގެ މާޙައުލުގައިވެސް އެ އުނގެނުނު އެއްޗެއްގެ ބޭނުން ހިފަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުން ހޯދަމުންދާ ތަރައްޤީގެ ޙަޤީޤީ މަސައްކަތްތެރިންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުންކަން ފާހަގަކުރައްވާ ސަރުކާރުގެ އަމާޒަކީ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މަސައްކަތުގެ މައިދާނުގައި ފަހި މާހައުލެއް ހޯއްދަވައިދެއްވުން ކަމަށްވެސް ވިދާޅުވިއެވެ.

މި ޙަފްލާގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ދެއްކެވި ވާހަކައިގާ ސިވިލް ސަރވިސްގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މިހާރު ކުރިޔަށްގެންދާ ސިވިލް ސަރވިސް އިދާރާތަކުގެ ހިއުމަން ރިސޯސް އޯޑިޓް މަސައްކަތުގެ އެންމެފަހުގެ ތަފްޞީލުތައް ޙިއްޞާކުރެއްވިއެވެ. މިގޮތުން މިއަހަރު ނިމޭއިރު 15 މިނިސްޓްރީއެއްގެ ހިއުމަން ރިސޯސް އޯޑިޓްގެ މަސައްކަތް ނިމި، އަންނަ އަހަރުގެ ތެރޭގައި މި ރިޕޯޓުތަކުން ފާހަގަކުރެވޭ ކަންކަމުގެ މައްޗަށް އެކްޝަން ޕްލޭނެއް އެކުލަވާލައި މަސައްކަތްތައް ކުރިއަށް ގެންދެވޭނެކަމަށް ޑރ. ޢަލީ ޝަމީމު  ވިދާޅުވިއެވެ.

މީގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަނުގެ އަމާޒަކީ 2020 ވަނަ އަހަރު އަންނައިރު ސިވިލް ސަރވިސްގެ ހުރިހާ އިދާރާތަކަކީ އައި.އެސް.އޯ ސެޓިފައިޑް ތަންތަނަށް ހެއްދެވުންކަމުގައިވެސް ޑރ. ޢަލީ ޝަމީމު ވިދާޅުވިއެވެ.

މި ޙަފްލާގައި ވާހަކަދައްކަވަމުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ޑިރެކްޓަރ  ފާޠިމަތު ޙަބީބާ ވަނީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހޯދާފައިވާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަދައްކަވާފައެވެ.

މިގޮތުން އަތޮޅުތަކުގައި ތިބި ސިވިލް ސަރވިސްގެ މުވައްޒަފުން ތަމްރީނު ކުރުމަށް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައި ޤާއިމުކޮށްފައިވާ ވަރޗުއަލް ކްލާސް ރޫމު މެދުވެރިކޮށް ވަރަށް އަވަހަށް ތަމްރީނުތައް ފެށިގެންދާނެކަން ޙަބީބާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަކީ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މިހާރުވެސް ކުރުމުއްދަތާއި ދިގު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތައް ފުޅާދާއިރާއެއްގައި ރާވައި ހިންގަމުން ގެންދާ އިންސްޓިޓިއުޓެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.