ކުރީގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލްގެ ޝަރީއަތް ސިއްރުކޮށްފި

ރާއްޖޭގެ ކުރީގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލްގެ ޝަރީއަތް ސިއްރުކޮށްފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހެން ސިއްރުކޮށްފައިވާއިރު އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވަނީ ނަޝީދުގެ ވެރިކަމުގަައި އޭރު ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަދި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރުކޮށްގެން އާރަށުގައި ގެންގުޅުނު މައްސަލައިގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކްރިމިނަލް ކޯޓުން މިމައްސަލައިގެ ޝަރީއަތް 14:00 އަށް ބާއްވަން ތާވަލް ކޮށްފައިވާއިރު ކޯޓުން ބުނީ އެ ޝަރީއަތުގެ މަޖިލީހުގެ އަޑުއެހުން ސިއްރު ކުރަން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ އަޑުއެހުން ސިއްރުކުރާ ވަކި ސަބަބެއް ކްރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.

އޭރު ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަދި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރުކޮށްގެން އާރަށަށް ގެން ގޮސްފައިވަނީ ކޯޓު އަމުރެއް ނެތިއެވެ.

ޔާމީން ހައްޔަރުކޮށްފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ ޖުލައި މަހު 14 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. އަދި އާރަށުގައި ބަންދުކޮށްފައި ބެހެއްޓުމަށް ފަހު ރައީސް ޔާމިން ދޫކޮށްލާފައިވަނީ ޖުލައި 23 ވަނަ ދުވަހުގައެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެނަމަ އޭނާ އަށް ވެސް ދިގު މުއްދަތެއްގެ ޖަލު ޙުކުމެއް އަންނާނެކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.