ޚަބަރު ފީތާ

އއ. އުކުޅަހަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ގެއްލުންތަކެއް ވެއްޖެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާއިގައި އއ. އުކުޅަހަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ އެރަށުގެ ގިނަ އަދަދެއްގެ ގެތަކަށް ފެންވަދެއްޖެއެވެ.

މިއަދު ހެނދުނު އއ އުކުޅަހަށް މެދު ނުކެނޑި ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ ގެތަކަށް ފެން ވަދެފައިވާއިރު ބައެއް ތަކެއްޗައްވެސް ވަނީ ގެއްލުންވެފައެވެ.

އެރަށުގައި މަގުތަކުގައި ގާތް ގަނޑަކަށް 2 ފޫޓަށް ވުރެ މައްޗަށް ފެންބޮޑުވެ އެރަށު ގޭގެއަށް ފެން ވަދެ ހިފާގެންގުޅޭ ބައެއް ތަކެއްޗަށާއި ކާޑުގެ ބާވަތްތަކަށް ވެސް ވަނީ ގެންލުން ތަކެއް ލިބިފައެވެ.

އަދި މީގެއިތުރުން ފެންބޮޑުވުމުގެ ސަބަބުން ރަށުގެ ބައެއް ހިސާބުތަކުގެ ޖަންގުޝަންތަކުން ނަޖިސް ބޭރުވެ ގެނާއެކު މަގުތަކަށް ފެތުރިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައެވެ.

މިކަން ކަށަވރުކޮށްދެމުން އެރަށު ކައުންސިލުން ވިދާޅުވީ ރަށުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމައްޓަކައި މިހާރުވެސް މަސައްކަތް ކުރަކުން ގެންދާ ކަމަށާއި އެގޮތުން ރަށުގެ ބައެއް ސަރަަހައްދުތަކުން ކޯރު ކަނޑާފައިވާކަމަށެވެ.

ރެއިން ފެށިގެން އުކުޅަހަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެފައިވާއިރު އަދިވެސް އެރަކަށް ބޯކޮށް ވާރޭ ވެހެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

އއ. އުކުޅަހަކީ އާބާދީގައި 1000 މީހުން ތިބި ރަށެކެވެ.

Rate this post