ފިލިޕީންސްގެ ފެރީއެއްގައި އަލިފާން ރޯވެ ފަސް މީހުން މަރުވެ 87 މީހުން ގެއްލިއްޖެ

ފިލިޕީންސްގެ މަޝްހޫރު ފަތުރުވެރި ސަރަޙައްދެއް ކަމަށްވާ ޕަލަވަން ޕްރޮވިންސް ކައިރިން ދަތުރުކުރި ފެރީއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައި، ފަސް މީހުން މަރުވެ 87 މީހުން ގެއްލިފައިވާ ކަމަށް އެ ޤައުމުގެ ކޯސްޓްގާޑުން ބުނެފި އެވެ.

ކޯސްޓްގާޑުން މަޢުލޫމާތު ދޭ ގޮތުގައި، ”އެމް.ވީ ޖޫން އެސްޓަރ“ ނަމަކަށް ކިޔާ މި އުޅަނދުގައި އަލިފާން ރޯވީ ބުދަ ދުވަހުގެ އިރުއޮއްސުނު ވަޤުތު، އަތިރިމަތިން ގާތްގަނޑަކަށް 2.2 ކިލޯމީޓަރު ބޭރުގަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ޙާދިޘާގައި މަރުވި ފަސް މީހެއްގެ ހަށިގަނޑު މިހާރު ވަނީ އެއްގަމަށް ގެނެވިފަ އެވެ. ކޯސްޓްގާޑުން ފޭސްބުކްގައި ޙިއްސާކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، އުޅަނދުގެ ބޮޑު ބައެއްގައި ވަނީ ރޯވެފަ އެވެ.

ކޯސްޓްގާޑުގެ ކެޕްޓަން ނޯމީ ކަޔަބްޔާބް އާދީއްތަ ދުވަހު ރޭޑިއޯ މެދުވެރިކޮށް ވިދާޅުވި ގޮތުގައި، މިހާތަނަށް 42 މީހަކު ވަނީ ސަލާމަތް ކުރެވިފަ އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ސަލާމަތްވި މީހުންނާއި މަރުވި މީހުންގެ އަދަދުތަކަށް ބަލާއިރު، އަދިވެސް 87 މީހުންގެ ޚަބަރެއް ނުވާ ކަމަށެވެ. އުޅަނދުގެ މެނިފެސްޓްގައިވާ ގޮތުން އޭގައި ޖުމްލަ 134 ފަސިންޖަރުންނާއި ފަޅުވެރިން ތިއްބެވެ.

”މިއީ މިވަގުތަށް ލިބިފައިވާ މަޢުލޫމާތު، ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާތީ މި އަދަދުތަކަށް ބަދަލު އައުން އެކަށީގެންވޭ،“ ކެޕްޓަން ކަޔަބްޔާބް ވިދާޅުވި އެވެ. ސަލާމަތްކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ 38 ފަސިންޖަރުންނާއި ހަތަރު ފަޅުވެރިންނެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ސަލާމަތްވި މީހުންނާ އަދި ވާހަކަދެއްކޭ ގޮތް ނުވާތީ، ޙާދިޘާއާ ގުޅޭ އިތުރު މަޢުލޫމާތު އަދި ސާފެއް ނުވެ އެވެ. އަދި އުޅަނދުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތްވެސް ދަނީ މެދުނުކެނޑި ކުރަމުންނެވެ. ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ބުދަ ދުވަހުގެ ރެއާ ހަމައަށް 43 މީހުން ވަނީ ސަލާމަތް ކުރެވިފަ އެވެ.

މި ފެރީއަކީ މެނީލާއިން ފުރައިގެން ޕަލަވަންގެ ކޯރޮންއަށް ދަތުރުކުރި އުޅަނދެކެވެ. އޭގައި އަލިފާން ރޯވީ މަންޒިލާ ގާތްވެފައި ވަނިކޮށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.